ބޮލީވުޑްގެ މަޝްހޫރުކަން ހޯދާފައިވާ މާދުރީޑިކްސިޓްގެ މަންމަ ސްނެހްލާތާ ޑިކްސިޓް މަރުވެއްޖެއެވެ.
މުމްބާއިގައި އާއިލާގެ މީހުންގެ ގާތުގައި އުމުރުން 91 އަހަރުގައި އޭނަ މަރުވީ އިއްޔެ ހެނދުނުގެ ވަގުތެއްގަ އެވެ.
ބޮލީވުޑްގެ އެންމެ ރީތި އަދި އެންމެ ކާމިޔާބު އަދި އެހާމެ ހުނަރު ބަތަލާއެއްގެ ގޮތުގައި ފާހަގަކޮށްލެވުނު މަދޫރީއާ އެކީ ސްނޭހާލަތާ އަށް ލިބިފައި ވަނީ ހަތަރު ކުދިންނެވެ. އެއީ ތިން އަންހެން ކުދިންނާއި ފިރިހެން ކުއްޖެކެވެ. ނަމަވެސް މަދޫރީ ފިޔަވައި އެ އާއިލާގެ އެއްވެސް މީހަކީ ފިލްމީ ދާއިރާގައި އުޅޭ މީހެއް ނޫނެވެ.
މަދޫރީގެ ބައްޕަ ޝަންކަރް ޑިކްސިޓް ވަނީ 2013 ގައި މަރުވެފަ އެވެ.
ސްނެހެލާތާ ވަނީ މާދުރީއާ އެކު 2013 ވަނަ އަހަރު ރިލީޒްކުރި ފިލްމު ”ގުލާބް ގޭންގް“ ގައި ވެސް މަސައްކަތް ކޮށްފައެވެ.