ކޮންމެ މިހަކީ ވެސް ހަށިގަނޑު ރީތި ބައްޓަމެއްގައި ހުންނަން ބޭނުންވާނެ މީހެކެވެ.
އެގޮތުން ކަސްރަތު ކޮށް ޑައިޓް ކުރުމުން ވެސް ބައެއް މީހުންގެ ހަށިގަނޑަށް ބަދަލު ނާންނަ ވާހަކައަކީ އާއްމުކޮށް އިވޭ ޝަކުވާ އެކެވެ.
ދިރާސާ ތަކުން ދައްކާ ގޮތުގައި ގިނަ ފަރާތް ތަކުގެ ހަށިގަނޑަށް ބަދަލެއް ނާންނަނީ ކަސްރަތު ކޮށްގެން ކެވޭ އެއްޗެހީގެ ސަބަބުންނެވެ. އާއްމު ކޮށް ކަސްރަތު ކުރުމަށް ފަހުގައި ކެއުމަކީ ގިނަ މީހުން ކޮށް އުޅޭ ކަމެކެވެ.
ހިކެން މަސައްކަތްކުރާ މީހުންގެ ބަރުދަން ލުއިވެގެން ދިޔަ ނަމަވެސް އެހެން މީހުންނަށް ޚިޔާލަށް ވެސް ނުގެނެވޭނެ މިންވަރަކަށް މިފަދަ މީހުންނަށް ބަނޑުހައިކަން އިހްސާސް ވާނެ އެވެ. އެގޮތުން ހިކެން މަސައްކަތްކުރާ މީހުންގެ ބަރުދަން ލުއިވެގެން ދިޔަ ނަމަވެސް އެހެން މީހުންނަށް ޚިޔާލަށް ވެސް ނުގެނެވޭނެ މިންވަރަކަށް މިފަދަ މީހުންނަށް ބަނޑުހައިކަން އިހްސާސް ވާނެ އެވެ.
ސަރުބީ ވިރުވާ ނިޒާމުގެ މަސައްކަތް ލަސްލަހުން ކުރަމުން ދިޔަ ކަމުގައި ވިޔަސް ގައިގެ ބަރުދަން ލުއިވާވަރުގެ ތިން ގުނަ އެމީހަކަށް ބަނޑުހައިކަން އިހްސާސްވާނެ ކަމަށް ވެސް އެފަރާތް ތަކުން ވަނީ ހާމަކޮށްފައެވެ.
ނަމަވެސް ބައެއް މީހުންއަށް ބައްޔެއްގެ ސަބަބުން ވެސް ހަށިގަނޑުން ބަރުދަން ލުއި ކުރުމަށް އުނދަގޫ ތަކާއި ކުރިމަތިވެއެވެ.
ތިޔަ ސުރުޚީއަކާ ލިޔެފައި އޮތް އެޗަކާ ޑިމާވޭތޯ؟ 🤣