އުދުހިފައި ދިޔަ ބޯޓެއްގެ އިމަޖެންސީ ދޮރު ހުޅުވަން އުޅުނު މީހަކު އެމެރިކާގައި ހައްޔަރުކޮށްފި އެވެ.
ލޮސް އެންޖެލްސްއިން ފުރައިގެން ބޮސްޓަން އަށް އުދުހިފައި ދިޔަ ފްލައިޓަކުން ދަތުރުކުރި އުމުރުން 33 އަހަރުގެ ސުއެރޯ ޓޮރޭސް ފްލައިޓުގެ ތެރޭގައި ހުރެފައި ކުއްލިއަކަށް ބޯޓުގެ އިމަޖެންސީ ދޮރު ހުޅުވަން ވަނީ މަސައްކަތް ކޮށްފައެވެ.
ސުއެރޯ ޓޮރެސް ދޮރު ހުޅުވަން އުޅުމުން އެކަން ހުއްޓުވަން އުޅުނު ފްލައިޓުގެ ކުރޫއަށް ތޮރެސް ވަނީ ހަމަލާ ދީފައެވެ. ނަމަވެސް އެހެން ކުރޫންނާއި ފަސިންޖަރުންގެ އެހީގައި ޓޮރެސް މައިތިރިކޮށް ވަނީ ހައްޔަރުކޮށްފަ އެވެ.
ލޮސް އެންޖެލްސް އިން ބޮސްޓަންއަށް ދަތުރުކުރި ފްލައިޓްގެ ޕައިލެޓް ވަގުތުން ހިއުސްޓަން އެއާޕޯޓަށް އ ެހާދިސާގެ ޚަބަރު އެންގިއެވެ. އޭގެ ފަހުން ފްލައިޓް އެއާޕޯޓަށް ޖެއްސުމާއެކު އެއާޕޯޓުގެ ސަލާމަތީ އޮފިޝަލުން ވަނީ ސުއެރޯ ޓޮރޭސް ހައްޔަރުކޮށް އެމީހުންގެ ބެލުމުގެ ދަށަށް ގެންގޮސްފަ އެވެ.
ޚަބަރު ލިބިފައިވާ ގޮތުގައި ސުއެރޯ ދަތުރުކުރި ޔުނައިޓެޑް އެއާލައިންސް އިން މިހާރު ވަނީ އޭނާ އެ އެއާލައިނުން، އުމުރަށް އުދުހުން މަނާކޮށްފަ އެވެ.
ސުއެރޯ ޓޮރޭސްގެ މައްޗަށް އުފުލާފައި ވަނީ ނުރައްކާތެރި ހަތިޔާރެއްގެ ބޭނުންކޮށް އުދުހޭ ބޯޓުގެ ކްރޫއެއްގެ މަސައްކަތަށް ހުރަސް އަޅައި އެހެން މީހުންނަށް ނުރައްކާވާފަދަ އަމަލެއް ހިންގުމުގެ ދައުވާ އެވެ.