ފެނަކަ ކޯޕަރޭޝަން ލިމިޓެޑްގެ ހިރިލަންދޫ އައު އޮފީސް ރަސްމީކޮށް ހުޅުވައިފިއެވެ.
ހިރިލންދުއަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މި އޮފީސް ރަސްމީކޮށް ހުޅުވައިދެއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙެވެ.
އޮފީސް ހުޅުވުމުގެ ރަސްމިއްޔާތުގައި ފެނަކައިގެ މެނޭޖިންގ ޑިރެކްޓަރު އަޙްމަދު ސަޢީދާއި ދައުލަތުގެ ބައެއް އިސް ވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.

ހިރިލަންދޫ ފެނަކަ އޮފީހަކީ އައިއޯއެސްގެ ސްޓޭންޑަޑަށް ހަދާފައިވާ އިމާރާތެކެވެ. މި އޮފީސް ހުޅުވުމާ ގުޅިގެން ކަސްޓަމަރުންނަށް ޚިދުމަތް ދިނުމަށް ފަސޭހަތަކެއް ލިބިގެންދާނެއެވެ.