ހުކުރު, މާރޗް 24, 2023
DhiDaily
  • ފުރަތަމަ ސަފުހާ
  • ޚަބަރު
  • ރިޕޯޓް
  • ދުނިޔެ
  • ދީން
  • ވިޔަފާރި
  • ކުޅިވަރު
  • ވާހަކަ
  • މުނިފޫހިފިލުވުން
  • ތަފާތް
  • ގެލެރީ
  • ENG
No Result
View All Result
  • ފުރަތަމަ ސަފުހާ
  • ޚަބަރު
  • ރިޕޯޓް
  • ދުނިޔެ
  • ދީން
  • ވިޔަފާރި
  • ކުޅިވަރު
  • ވާހަކަ
  • މުނިފޫހިފިލުވުން
  • ތަފާތް
  • ގެލެރީ
  • ENG
No Result
View All Result
DhiDaily
No Result
View All Result

އިންޑިއާގެ އަނިޔާ: ސަމަދު ބެއަކީ ޓެރަރިސްޓެއްނޫން! އެއީ ޙުއްބުލް ވަޠަނުން ފުރިފައިވާ ބަޠަލެއް

ފަޚުރުއްޒަމާން މުޙައްމަދު ލިޔުނީ: ފަޚުރުއްޒަމާން މުޙައްމަދު
ފެބްރުއަރީ 28, 2023
ރިޕޯޓް
1
އިންޑިއާގެ އަނިޔާ: ސަމަދު ބެއަކީ ޓެރަރިސްޓެއްނޫން! އެއީ ޙުއްބުލް ވަޠަނުން ފުރިފައިވާ ބަޠަލެއް

ބޮޑު ވަޒީރު މޯދީ ޖީއަށް

ހެއު އެދުމާއި ސަލާމާއި ނަމަސްތޭ!

ބެންގްލޯރަށް ބޭސްފަރުވާއަކަށް ދިޔަ ދިވެހި އާއިލާއެއްގެ ޒިއްމާދާރު ވެރިޔާ، އާއްމު ބަހުރުވައިން ބުނާނަމަ ސަމަދުބޭ، ދާދި ފަހުން ވަރަށް ލަދު ހުތުރު އަދި އަނިޔާވެރި ގޮތަކަށް އިންޑިއާއިން ނެރެ ބޭރުކޮށްލި ވާހަކަ މަނިކުފާނު އަޑުއެއްސެވިން ތޯއެވެ؟ އެކަން ހިނގީ މަނިކުފާނަށް އެނގިވަޑައިގެންކަމަށް ވިޔަސް، ނުވިޔަސް އެއީ އިންޑިއާއަށް ލިބުނު ވަރަށް ބޮޑު ހުތުރެކެވެ. އެއީ ދުނިޔޭގެ އެންމެ ބޮޑު ޑިމޮކްރަސީކަމަށް ބުނާ ތިބާގެ އިންޑިއާގައި ޖެހުނު ބޮޑު ގެރި ގުއި ލައްގަނޑެކެވެ. އެކަމާ ގުޅިގެން ވަރަށް ގިނަ ބަޔަކު އިންޑިއާއަކީ ވަރަށް ލަދު ހަޔާތް ކުޑަ ސިޔާސަތެއް ގެންގުޅޭ ޖަނަވާރުންގެ އުސޫލަށް ވެރިކަން ކުރާ ގައުމެކޭ ބުނެ  ވާހަކަ ދެއްކިއެވެ. މި ވާހަކަ ދެންނެވިޔަސް މަނިކުފާނުގެ ހިތްޕުޅުގައި ކުލުނުގެ ވިންދެއް ނުޖަހާނެކަން ވެސް އަޅުގަނޑަށް އެނގެއެވެ. އެހެނީ  އިންޑިއާގައި ކުށެއް ނެތް މުސްލުމުން ކޮންމެ ދުވަހަކުހެން ހިންދޫން ނިކުމެ މަރަމުން ދާއިރު ވެސް އެކަމާ ދެކޮޅަށް މަނިކުފާނުގެ ސަރުކާރަށް އެޅުއްވޭ ފިޔަވަޅެއް ވެސް ނެތެވެ.

މޯދީ ޖީ އެވެ!

ސަމަދުބެއަކީ ޓެރަރިސްޓެއް ނޫނެވެ. ކޮންގްރެސް ޕާޓީގެ މެންބަރެއް ވެސް ނޫނެވެ. އޭނާއަކީ ޕާކިސްތާނުގެ އެޖެންޓެއް ވެސް ނޫނެވެ. ޖާސޫސެއް ވެސް ނޫނެވެ. އޭނާ އިންޑިއާއަށް ދިޔައީ މޯދީ ޖީގެ ސަރުކާރު ވައްޓާލާކަށް ވެސް ނޫނެވެ. އޭނާއަކީ މުޒާހަރާ ކުރުމުގެ ޝައުގުވެރިކަމާއި ގާބިލުކަން ކިތަންމެ ވަރަކަށް ހުއްޓަސް ކޮންގްރެސް ޕާޓީއާ ގުޅިގެން މުޒާހަރާ ކުރަން ދިޔަ މީހެއް ވެސް ނުމެ ނޫންމެއެވެ. އޭނާ އިންޑިއާއަށް ދިޔައީ އާއިލާގެ ބަޔަކު ގޮވައިގެން ބޭސްފަރުވާ އަކަށެވެ. އޭނާ އިންޑިއާއަށް ދިޔައީ ޕީޕީއެމްގެ ދިދަ ހިފައިގެން ”އިންޑިއާ އައުޓް“ މިހެން ގޮވާކަށް ވެސް ނޫނެވެ.

ސަމަދުބެއަކީ ޙުބުއްވަޠަނުން ފުރިފައިވާ ބަޠަލެކެވެ.

ބޭރު ބައެއްގެ އަޅުވެތިކަމުގެ ދަށުން ގައުމެއް ސަލާމަތް ކުރެވޭނީ ޙުއްބުލްވަޠަނުން ފުރިފައިވާ ބަޠަލުންތަކެއް ގައުމުގައި އުފެދިގެންނެވެ.

އިންޑިއާގެ ސިފައިން ރާއްޖޭގައި ތިބުމާ ދެކޮޅަށް ދިވެހީންގެ ބަޔަކު މުޒާހަރާ ކުރަނީ

ސަމަދުބެ ހޮސްޕިޓަލުގައި ހުއްޓާ އޭނާއަށް އޮޅުވާލައިގެން އޭނާ ގެންގޮސް ބަންދުގައި ބެހެއްޓުމަށްފަހު އިންޑިއާއިން ނެރެ، ބޭރުކޮށްލީ ކޮން ކުށެއްކޮށްގެންކަމެއް އަދިއަދަށް ދާނވެސް ނޭގެއެވެ. ބާރު އޮތުމުން އަނިޔާ ކުރެވިދާނެ އެވެ. އޭނާގެ ކުށަކީ ”އިންޑިއާ އައުޓް“ މުޒާހަރާގައި ބައިވެރިވުންތޯ އެވެ؟

މޯދީ ޖީ އެވެ! އިންޑިއާގެ ގިނަ މަގުތަކުގައި ތާރުއަޅައި ނުނިމޭކަން މަނިކުފާނަށް ވެސް އެނގިވަޑައިގަންނަވާނެ އެވެ. ގައުމުން ފަގީރުކަން ނައްތައެއް ނުލެވެއެވެ. ރައްޔިތުންނަށް ސާފު ބޯފެނެއް ނުލިބެއެވެ. ފުރިހަމަ ސިއްހީ ފަރުވާ އެއް ރައްޔިތުންނަކަށް ނުލިބެއެވެ. ރައްޔިތުންނަށް ނަރުދަމާގެ ނިޒާމެއް ނުލިބެއެވެ. ކުޑަކަމުދާ ތަކެތީގެ ކޯރުތައް އިންޑިއާގެ މަގުތަކުގައި ދެމެމުންދެއެވެ.

ދިވެހިންގެ ގިނަ ބަޔަކު އިންޑިއާއަށް ދަނީ އިންޑިއާގެ ބައެއް ހޮސްޕިޓަލްތަކުން ރާއްޖެއަށްވުރެ ބޭސްފަރުވާގެ ޚިދުމަތް ރަނގަޅުވުމުން އެ ފަރުވާ އިންޑިއާއިން ބުނާ އަގަކަށް ހޯދަންވެގެންނެވެ. އެގޮތަށްދާ ބަލި މީހުންނަށް އަނިޔާ ކުރުމުގެ އޮތީ ކޮން ބޭނުމެއް ހެއްޔެވެ؟ އިންޑިއާގެ އާބަދީ ކިތަންމެ ގިނަ ވިޔަސް، އިންޑިއާގެ އިގުތިސާދު ކިތަންމެ ވަރުގަދަ ވަމުން ދިޔަޔަސް، ގައުމުން ފަގީރުކަން ނައްތައެއް ނުލެވެއެވެ. ކަން އެހެން އޮތްއިރު ގައުމުގައި ތިބި މުސްލިމުންނަށާއި ގައުމަށް ޒިޔާރަތްކުރާ މުސްލިމުންނަށް އަނިޔާކުރުމުގެ އޮތީ ކޮން ބޭނުމެއް ހެއްޔެވެ؟

މޯދީ ޖީ އެވެ! ދިވެހިން ވަނީ އިންޑިއާގެ ވޯރާ ވިޔަފާރިވެރިން ރާއްޖެއިން ފައްސާލާފައެވެ. މިހާރު ރާއްޖޭގައި އިތުރުވަމުންދާ ”ވޯރާ ވިޔަފާރިވެރިން“ ވެސް ރާއްޖެއިން ފައްސާލާނެ އެވެ.

މޯދީ ޖީ އެވެ! އިންޑިއާއިން ވަނީ އިންޑިއާ އަޅުވެތިކޮށްގެން ތިބި އިނގިރޭސީން އިންޑިއާއިން ”އައުޓް“ ކޮށްފަ އެވެ. ހަމަ އެގޮތަށް ރާއްޖެ އަޅުވެތި ކުރުމަށް އިންޑިއާ ބަޔަކު އުޅޭކަމަށް ދިވެހީންނަށް ގަބޫލު ކުރެވޭނަމަ ”އިންޑިއާ އައުޓް“ ކުރުމަށް ދިވެހީން ނިކުންނާނެއެވެ. އެއީ ޙުއްބުލް ވަޠަނުގެ އަލާމާތެކެވެ. އެކަމާ ރުޅި ފުއްޕައިގެން މުޒާހަރާގައި ބައިވެރިވިކަމަށް ބެލެވޭ މީހުން ހުނިޖަހައިގެން ހޮވައި އެ މީހުން ޑީޕޯޓުކޮށް ހެދުމަކީ ކޮންފަދަ ނާތަހުޒީބު އަދި އަނިޔާވެރި އަމަލެއް ހެއްޔެވެ؟ 

މޯދީ ޖީ އެވެ! އިންޑިއާއިން ދަނީ ރާއްޖޭގެ މައްޗަށް ބާރު ހިންގަމުންނެވެ. އިންޑިއާއިން ދަނީ ރާއްޖެއިން ފައިދާ ނަގަމުންނެވެ. ދިވެހީންނަށް އިންޑިއާއިން ނެގޭ ފައިދާއެއް ނެތެވެ. ބޭސްފަރުވާއަށް ދާން އެދޭ ބައެއް މީހުންނަށް ވިސާ ނުދީ އިންޑިއަން ހައިކޮމިޝަން ދޮށުގައި ބައެއް ފަހަރަށް ކުޑަކަކޫ ޖަހައިގެން ތިބެން މަޖުބޫރު ކުރުވައެވެ. ބޭސްފަރުވާއަށްދާ ކުށެއް ނެތް ބައެއް މީސްމީހުން ”ޑީޕޯޓް“ އެބަކުރެއެވެ.

މޯދީ ޖީ އެވެ! އިންޑިއާއަކީ ދިވެހީންގެ ހަގީގީ އެކުވެރިއެއް ކަމަށް ވާނަމަ ރާއްޖެއަށް މުށް ފުރެންދެން އެއްޗެއް ދީފައި މުށްކަވާފައި އެތިފަހަރެއް ޖެހުން ހުއްޓުވައި ދެއްވާށެވެ!

ގުޅުންހުރި ލިޔުންތައް

ފުރަތަމަ އިގުތިސާދު، އޭގެ ފަހުން ސިޔާސީ ބޭފުޅުން ސިޔާސީ ކުޅި ޖައްސަވާ!

ފުރަތަމަ އިގުތިސާދު، އޭގެ ފަހުން ސިޔާސީ ބޭފުޅުން ސިޔާސީ ކުޅި ޖައްސަވާ!

މާރޗް 13, 2023
ތާރީޚު ދިރާސާ ކުރައްވާ ބޭފުޅުންނަށް ރައީސް ދޫކޮށްލެއްވީ ބޮޑު ސުވާލެއް

ޝަހީދުންގެ ދުވަހުގެ އިރު އޮއްސިއްޖެ: ވަލިއްޔުލްޢަމްރުގެ ޝުޢޫރެއް، އިލްތިމާސެއް ނެތް

ފެބްރުއަރީ 21, 2023
މިފަހަރު ކުރިމަތިމިލަނީ ދިވެހި އިސްލާމީ ވެރިކަމެއް ކުރުމުގެ ނިޔަތުގައި: ނަޝީދު

ފިކުރެއްގެ ނިމުން

ފެބްރުއަރީ 14, 2023
ރައިސް ނަޝީދުގެ އިސްތިއުފާ، ބަޣާވާތަކަށް ވާނީ ކިހިނެއް؟

ރައިސް ނަޝީދުގެ އިސްތިއުފާ، ބަޣާވާތަކަށް ވާނީ ކިހިނެއް؟

ފެބްރުއަރީ 7, 2023

Comments 1

  1. ބޭބެ says:
    3 weeks ago

    މީނައަކީ ހުއްބުލް ވަތޮނެއްވެސްނޫން !
    އަނެއްކާ ސަހާބީއެކޭނުބުނިކަންނަޞީބުތާ!
    އަޅުގަނޑު ހަމަލޮލުން ދުށިން ތިޔަސަމަދު ހުކުރުދުދުވަހަކު
    ހުކުރަށް ގޮވިއިރު އަދިހުކުރުން އައިއިރުވެސް އަނެއްދުވަހު 10 ޖެހީންސުރެ މެންދުރު ފަސްވަންދޭއްޖެހިއިރުވެސް ނަމާދަށް ހުކުރަށް ނުގޮސް ޔާމީނުގެދިފާއުގަ މީހަކުލައްވާ
    ކެމެރާގަނޑެއްހިފައިގެން އެކިކަހަލަ ވީޑިއޯކޮޅާ ބަސްދީގަތުމެކޯ ހަދަން ހުއްޓަ އަޅުގަނޑުދުށިން
    ނަމާދަށް ހުކުރަށްނުގޮސް
    ﷲއެންގެވިކަންތަށްބަހައްޓާފަ ޔާމީނަށް އަޅުކަންކުރަނީބާވައޭހިތަށް އެރި އެދުވަހު!
    އެކަހަލަ އެއީހުއްބުލް ވަތޮންބާ? ނޫނީ ބޯގޯސް ވަތަންބާ?

    Reply

Leave a Reply Cancel reply

ކިޔުންތެރިންގެ ހިޔާލު

ADVERTISEMENT

މަގުބޫލް ލިޔުންތައް

  • ޒޯޔާ ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ފުލުހުން ބުނެފި

    ޒޯޔާ ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ފުލުހުން ބުނެފި

    0 shares
    Share 0 Tweet 0
  • މިކަންކަން ދިމާވާނަމަ ތިޔައީ ލޯބިވެރިޔާ އަށް މުހިއްމު މީހެއް ނޫން

    0 shares
    Share 0 Tweet 0
  • ވިލިމާލެއިން ގެއްލިގެން ހޯދަމުން ދިޔަ ކުއްޖާ ފެނިއްޖެ

    0 shares
    Share 0 Tweet 0
  • މަރާލާފައިވާ އަންހެނެއްގެ ހަށިގަނޑު ރޭލު ސްޓޭޝަނެއްގައި ބަހައްޓާފައި ހުރި ކުނިއަޅާ އެއްޗެއްގެ ތެރެއިން ފެނިއްޖެ

    0 shares
    Share 0 Tweet 0

DhiDaily©2020

No Result
View All Result
  • ފުރަތަމަ ސަފުހާ
  • ޚަބަރު
  • ރިޕޯޓް
  • ދުނިޔެ
  • ދީން
  • ވިޔަފާރި
  • ކުޅިވަރު
  • ވާހަކަ
  • މުނިފޫހިފިލުވުން
  • ތަފާތް
  • ގެލެރީ
  • ENG

DhiDaily©2020

Login to your account below

Forgotten Password?

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In