ކޮންމެ ދިވެއްސަކު ވެސް އަދާލަތު ޕާޓީއަށް ނޫނެކޭ ބުނަންޖެހޭ ކަމަށް ޝައިޚް ސައުދާން މިއަދު ވިދާޅުވެއްޖެއެވެ.
އަދާލަތު ޕާޓީން އެމްޑީޕީއާއެކު ކޯލިޝަން ހަދަން ނިންމުމުން ޝައިޚް ސައުދާން ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ވޭތުވެދިޔަ ފަސް އަހަރަކީ ރާއްޖެއަށް ކުރިމަތިވި އެންމެ ނާމާން އެންމެ ބިރުވެރި ފަސް އަހަރު ކަމަށެވެ.
”ދީނީ މިނިވަންކަމާއި ދުނިޔަވީ މަންފާތައް ހޯދައިގަތުމުގައި ތަނެއް ދޮރެއް ނުބަލައި ވެރިންގެ ޖީބު ބަރުކުރުމުގައި އަވަދިނެތި އުޅެމުން މިދަނީ. މިފަދަ ބަޔަކަށް ނޫނެކޭ ކޮންމެ ދިވެއްސަކު ބުނަންޖެހޭ.“ އަދާލަތު ޕާޓީން އެމްޑީޕީއާއެކު ކޯލިޝަން ހަދަން ނިންމުމުން އެކަމަށް އިޝާރަތް ކުރައްވައި ސައުދާން ވިދާޅުވިއެވެ.
ޝައިޚް ޒަމްޒަމް ފާރިޝް މިއަދު ވިދާޅުވީ އަދާލަތު ޕާޓީގެ ރައީސް ޝައިޚް އިމްރާންގެ އިރުޝާދުގެ ދަށުން އެ ޕާޓީން ނިންމާ އެންމެހާ ސިޔާސީ ނިންމުންތަކަކީ ރާއްޖޭގެ ވަރަށް ގިނަ ޢަދަދެއްގެ ދީނީ ޢިލްމުވެރިންގެ ވިސްނުމާ ފިކުރާ ދެކޮޅަށް ނިންމާ ނިންމުންތަކެއް ކަމުގައެވެ. ނަމަވެސް އެ ނިންމުންތަކާ ދެކޮޅަށް ފާޅުގައި މީސްމީޑިއާގައި އެ ބޭފުޅުން އަޑުގަދަ ނުކުރައްވާތީ އާންމުންނަށް ހީވެފައި އޮންނަނީ ގިނަ ދީނީ އިލްމުވެރިން ވެސް ތިއްބެވީ އިމްރާނާ އެއްކޮޅަށް ކަމަށެވެ.
އަޅުގަނޑަށް ނޭނގި އަޅުގަނޑު ވަނީ އަދާލަތު ޕާޓީގެ ރަޖިސްޓްރީގައި ހިމަނާފަ. މައްސަލަ ބެލޭނެ ގޮތެއް، ބަލާނެ މުއައްސަސާއެއް ނެތް.
Adhaalathakakee dhivehinge dheenee sikka tha????