މިއަދު 38 ކައިވެނިކޮށްދިނުމަށް ހަމަޖެހިފައިވާ ކަމަށް ފެމިލީ ކޯޓުން ބުނެފިއެވެ.
ފެމިލީ ކޯޓުން ބުނީ އޭގެތެރެއިން 19 ކައިވެންޏެއް ކުރަނީ ރަސްމީ ގަޑީގައި ކޯޓުގައި ކަމަށެވެ. އަދި ބާކީ 19 ކައިވެނި ކުރަން ހަމަޖައްސާފައިވަނީ ނުރަސްމީ ގަޑީގައި ކޯޓުން ބޭރުގައި ކަމަށެވެ.
މި އަހަރުގެ އެންމެ ރީތި އެއް ތާރީޚު ކަމަށްވާ 23/2/23 ގައި މާލޭގައި 38 ކައިވެނި ކުރާއިރު, ރީތި ތާރީޚުތަކުގައި ކައިވެނި ކުރުމަކީ ފަހަކަށް އައިސް އާންމު ކަމެކެވެ.
އެންމެ ފަހުން މާލޭގައި ރީތި ތާރީޚެއްގައި ގިނަ ކައިވެނިތަކެއް ކޮށްފައިވަނީ 22/12/22 ގައެވެ.