ހޯމަ, ޖޫން 5, 2023
DhiDaily
  • ފުރަތަމަ ސަފުހާ
  • ޚަބަރު
  • ރިޕޯޓް
  • ދުނިޔެ
  • ދީން
  • ވިޔަފާރި
  • ކުޅިވަރު
  • ވާހަކަ
  • މުނިފޫހިފިލުވުން
  • ތަފާތް
  • ގެލެރީ
  • ENG
No Result
View All Result
  • ފުރަތަމަ ސަފުހާ
  • ޚަބަރު
  • ރިޕޯޓް
  • ދުނިޔެ
  • ދީން
  • ވިޔަފާރި
  • ކުޅިވަރު
  • ވާހަކަ
  • މުނިފޫހިފިލުވުން
  • ތަފާތް
  • ގެލެރީ
  • ENG
No Result
View All Result
DhiDaily
No Result
View All Result

140އަށްވުރެ ގިނަ ރަށުގައި ކުނި މެނޭޖްކުރާ ސެންޓަރު ޤާއިމުކުރެވިއްޖެ: ޝައުނާ

މުހައްމަދު އާސިފް ލިޔުނީ: މުހައްމަދު އާސިފް
ފެބްރުއަރީ 23, 2023
ޚަބަރު
0
140އަށްވުރެ ގިނަ ރަށުގައި ކުނި މެނޭޖްކުރާ ސެންޓަރު ޤާއިމުކުރެވިއްޖެ: ޝައުނާ

މިނިސްޓަރ އޮފް އެންވަޔަރަންމަންޓް ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީ އާއިނަތު ޝައުނާ

އަތޮޅުތެރޭގެ 144ރަށެއްގައި ކުނި މެނޭޖްކުރާ ސެންޓަރު ޤާއިމުކޮށް، ކުނި މެނޭޖްކުރުމާއި ގުޅޭ އިތުރު 88 މަޝްރޫޢެއްގެ މަސައްކަތް މިހާރުވެސް ކުރިއަށްދާ ކަމަށް މިނިސްޓަރ އޮފް އެންވަޔަރަންމަންޓް ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީ އާއިނަތު ޝައުނާ ވިދާޅުވެއްޖެއެވެ. މިނިސްޓަރ މިހެން ވިދާޅުވީ ވެމްކޯގެ އަހަރީ ދުވަސް ފާހަގަކުރުމަށް ބޭއްވި ޙަފްލާގައި ވާހަކަފުޅުދައްކަވަމުންނެވެ.

ވެމްކޯގެ އަހަރީ ދުވަސް ފާހަގަކުރުމަށް ބޭއްވި ހަފްލާގައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރ ޝައުނާ ވިދާޅުވީ ކުންޏާމެދު ދިވެހިން ދެކެމުން އައި ގޮތް ވެމްކޯއިން ބަދަލުކޮށްފައިވާކަމަށެވެ. ކުނި މެނޭޖްކުރުމަށް ޚާއްސަކޮށް ޤާއިމުކުރި ކުންފުންޏާއެކު، ރާއްޖޭގައި ކުނި މެނޭޖްކުރާ ގޮތްތައްވެސް ވަރަށް ބޮޑަށް ހަރުދަނާ ކުރެވިއްޖެކަމަށެވެ.

މާލޭގެ އިތުރުން ރ.ވަންދުއާއި، އައްޑުއާއި ފުވަމުލަކުގައިވެސް ކުނި މެނޭޖްކުރުމުގެ ޚިދުމަތް ދެނީ ވެމްކޯއިންނެވެ. މިނިސްޓަރ ވިދާޅުވީ ވެމްކޯއިން ކުރަމުންދާ މަސައްކަތަކީ ރާއްޖޭގެ ހުރިހާ ރަށަކަށްވެސް މިސާލެއްކަމަށެވެ. އަދި މިހާރު ކުރިއަށްދާ މަސައްކަތްތަކުގެ ތެރެއިން އައްޑޫ ސިޓީގައި ޤާއިމުކުރާ ވޭސްޓް ޓު އެނަރޖީ މަޝްރޫޢުގައިވެސް، އެ ފެސިލިޓީ މެނޭޖްކުރާނީ ވެމްކޯއިން ކަމަށް މިިނިސްޓަރ ވިދާޅުވިއެވެ. މިއީ ރާއްޖޭގެ އެންމެ ދެކުނުން ޒޯން 6،7ގެ ކުނި މެނޭޖުކުރުމަށް ޤާއިމުކުރާ ފެސިލިޓީއެކެވެ.

މިނިސްޓަރ ޝައުނާ ވިދާޅުވީ ރަށްރަށުގައި ރަށު ފެންވަރުގައި ކުނި މެނޭޖްކުރެވޭނެ ފެސިލިޓީ ޤާއިމުކުރުމަށްވެސް ގިނަ މަސައްކަތްތަކެއް ކުރިއަށްދާކަމަށެވެ. އެގޮތުން ކުނި ކޮށިތައް ހެދުމާއި، ރަށްރަށުގައި ޒަމާންވީ ކުނި ފުނިތައް ރަށުން ބޭރުކޮށް އަދި ރަށްރަށުގައި ކުނި މެނޭޖްކުރެވޭނެ ފެސިލިޓީތައް ޤާއިމުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރިއަށްދާކަމަށެވެ.

”140އަށްވުރެ ގިނަ ރަށުގައި ކުނި މެނޭޖްކުރާ ސެންޓަރު ޤާއިމުކުރެވިއްޖެ. ވަރަށް ގިނަ ރަށްރަށުގެ ޒަމާންވީ ކުނި ފުނިތައް ރަށުން ބޭރުކުރެވިއްޖެ. އަދި މިހާރުވެސް ކުނި މެނޭޖްކުރުމާއި ގުޅޭ 88 މަޝްރޫޢެއްގެ މަސައްކަތް ކުރިއަށްދޭ.“ މިނިސްޓަރ ޝައުނާ ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ މުޅިން އަލަށް އެކުލަވާލި، ކުނި މެނޭޖުކުރުމުގެ ޤާނޫނާއެކު ކުނި މެނޭޖްކުރުމުގެ ޚިދުމަތަކީ އާއްމު ޚިދުމަތެއްގެ ގޮތުގައި ކަނޑައެޅިގެން ހިނގައްޖެކަމަށެވެ. އަދި ކުންޏާ ގުޅޭ ވަރަށް ގިނަ އުސޫލުތައް ކަނޑައެޅިގެން ހިނގައްޖެކަމަށެވެ.

”ޤާނޫނުން އެބަ ބުނެދޭ ޤައުމީ ފެންވަރުގައި، ސަރަޙައްދީ ފެންވަރުގައި ނޫނީ ރަށު ފެންވަރުގައި ކުނި މެނޭޖްކުރަން ޖެހޭނެ ގޮތްތައް. އަދި ޢަމަލީ މަސައްކަތްތައް ގެންދާނެ ގޮތާއި، ކުނި މެނޭޖްކުރުމުގެ މަސައްކަތްތައް އުނގަންނައިދިނުމާއި، އަދި މިކަމަށް އިހުމާލުވާ މީހުންނަށް ޖޫރިމަނާ ކުރެވޭނެ އުސޫލުވެސް ވަނީ ކަނޑައެޅިފައި.“ މިނިސްޓަރ ޝައުނާ ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ ކުނީގެ މައްސަލަ އަތޮޅުތަކުގައި ބޮޑުކަމަށެވެ. ސަރުކާރުން މި ގެންނަ ބަދަލުތަކަކީ، މި މައްސަލަ ޙައްލުކޮށްދިނުމުގެ މުހިންމު ފެށުމެއްކަމަށެވެ. ޚާއްސަކޮށް ރަށުގައި ލޯކަލް ޓުއަރިޒަމްފަދަ ވިޔަފާރިތައް ފުޅާވަމުން އަންނައިރު، ކުނީގެ މައްސަލައަކީ ކޮންމެހެން ޙައްލު ހޯދަންޖެހޭ މައްސަލައަކަށްވެފައިވާކަމަށްވެސް މިނިސްޓަރ ޝައުނާ ވިދާޅުވިއެެވެ.

Tags: ވެމްކޯމިނިސްޓަރ އޮފް އެންވަޔަރަންމަންޓް ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީ އާއިނަތު ޝައުނާ

ގުޅުންހުރި ލިޔުންތައް

އަންހެން ކަބަލުންނަށް އިންސަލްޓްކުރަން މަޖުލީހުގައި ފުރުޞަދު ދީގެން ނުވާނެ، އުސްތާޛް ނިޝާން

އިތުބާރު ނެތްކަމުގެ މައްސަލަތަކުގައި މަޖުލީހަށް ހާޟިރުވުން ލާޒިމެއް ނޫން! ނިޝާން

ޖޫން 5, 2023
18 ކިލޯއަށްވުރެ ގިނަ މަސްތުވާތަކެއްޗާއެކު ދެ މީހަކު އަތުލައިގެންފި

ރާއްޖެ އެތެރެކުރަން އުޅުނު 10 ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފި

ޖޫން 5, 2023
ގޭތެރޭގައި ގެންގުޅޭ ކަރަންޓު ސާމާނު މަރާމާތުކުރަން ދަސްކޮށްދޭ ކޯހެއް ފަށަނީ

ގޭތެރޭގައި ގެންގުޅޭ ކަރަންޓު ސާމާނު މަރާމާތުކުރަން ދަސްކޮށްދޭ ކޯހެއް ފަށަނީ

ޖޫން 5, 2023
ދެކުނުގެ އީއީޒެޑް މައްސަލާއާއި ރައީސްގެ ސިޓީއަކާ އެއްވެސް ގުޅުމެއް ނެތް: ރިފްޢަތު

ދެކުނުގެ އީއީޒެޑް މައްސަލާއާއި ރައީސްގެ ސިޓީއަކާ އެއްވެސް ގުޅުމެއް ނެތް: ރިފްޢަތު

ޖޫން 5, 2023

Leave a Reply Cancel reply

ކިޔުންތެރިންގެ ހިޔާލު

ADVERTISEMENT

މަގުބޫލް ލިޔުންތައް

  • ދުނިޔޭގެ އެންމެ ފުރިހަމަ ހޮޓަލުގެ އެވޯޑު ރާއްޖޭގެ ރިސޯޓަކަށް ލިބިއްޖެ

    ދުނިޔޭގެ އެންމެ ފުރިހަމަ ހޮޓަލުގެ އެވޯޑު ރާއްޖޭގެ ރިސޯޓަކަށް ލިބިއްޖެ

    0 shares
    Share 0 Tweet 0
  • މާލެ ސިޓީ ކައުންސިލުން މާލެއާއި ހުޅުމާލޭގައި ބަހުގެ ޚިދުމަތް ފަށައިފި

    0 shares
    Share 0 Tweet 0
  • ރ. އަތޮޅު ކޮޓަފަރުގައި ސަނީ ލިއޯން ޗުއްޓީ ހެދަކޮށްލުމަށް ރާއްޖެ އައިސްފި

    0 shares
    Share 0 Tweet 0
  • ކަޅު ހެދުން ދޮންނަ އިރު އެލްމެނިޔުން ފޮއިލް އަޅަނީ ކީއްވެކަން އެނގޭތަ؟

    0 shares
    Share 0 Tweet 0

DhiDaily©2020

No Result
View All Result
  • ފުރަތަމަ ސަފުހާ
  • ޚަބަރު
  • ރިޕޯޓް
  • ދުނިޔެ
  • ދީން
  • ވިޔަފާރި
  • ކުޅިވަރު
  • ވާހަކަ
  • މުނިފޫހިފިލުވުން
  • ތަފާތް
  • ގެލެރީ
  • ENG

DhiDaily©2020

Login to your account below

Forgotten Password?

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In