ހޮނިހިރު, ޖޫން 3, 2023
DhiDaily
  • ފުރަތަމަ ސަފުހާ
  • ޚަބަރު
  • ރިޕޯޓް
  • ދުނިޔެ
  • ދީން
  • ވިޔަފާރި
  • ކުޅިވަރު
  • ވާހަކަ
  • މުނިފޫހިފިލުވުން
  • ތަފާތް
  • ގެލެރީ
  • ENG
No Result
View All Result
  • ފުރަތަމަ ސަފުހާ
  • ޚަބަރު
  • ރިޕޯޓް
  • ދުނިޔެ
  • ދީން
  • ވިޔަފާރި
  • ކުޅިވަރު
  • ވާހަކަ
  • މުނިފޫހިފިލުވުން
  • ތަފާތް
  • ގެލެރީ
  • ENG
No Result
View All Result
DhiDaily
No Result
View All Result

ސަލްމާން ރުޝްދީއަށް ހަމަލާދިން ޒުވާނާއަށް 1،000 އަކަމީޓަރުގެ ބިމެއް އީރާނުން ދޭން ނިންމައިފި

މުޙައްމަދު ސަޢީދު މޫސާ ވަޖުދީ ލިޔުނީ: މުޙައްމަދު ސަޢީދު މޫސާ ވަޖުދީ
ފެބްރުއަރީ 23, 2023
ދުނިޔެ
0
ސަލްމާން ރުޝްދީއަށް ހަމަލާދިން ޒުވާނާއަށް 1،000 އަކަމީޓަރުގެ ބިމެއް އީރާނުން ދޭން ނިންމައިފި

ސަލްމާން ރުޝްދީއަށް ވަޅިއަކުން ހަމަލާދީ އޭނާއަށް ބޮޑެތި ގެއްލުންތަކެއް ދިން 24 އަހަރުގެ ޒުވާނާ ހާދީ މުޠަރަށް 1000 އަކަމީޓަރުގެ ބިމެއް ދިނުމަށް އީރާނުގެ ޖަމާއަތަކުން ނިންމައިފިއެވެ.

އީރާނުގެ ރަސްމީ މީޑިއާއިން ބުނި ގޮތުގައި ޚުމޭނީގެ ފަތުވާތައް ތަންފީޒުކުރާ ފައުންޑޭޝަންގެ ސެކްރެޓަރީ މުޙައްމަދު އިސްމާޢީލް ޒާރީ ވަނީ އިނާމެއްގެ ގޮތުގައި އުމުރުން 24 އަހަރުގެ ހާދީ މުޠަރަށް 1،000 އަކަމީޓަރުގެ ދަނޑު ބިމެއް ދިނުމަށް އިއުލާން ކުރައްވާފަ އެވެ.

މުޙައްމަދު އިސްމާޢީލް ޒަރީ ވިދާޅުވީ ހާދީގެ ހަމަލާއަށް ފަހު ސަލްމާން ރުޝްދީގެ ހާލު މަރުވުމަށް ވުރެ ވެސް ގޯސް ކަމަށެވެ. އޭނާ ވަނީ ހިނގައިބިނގާވެ އުޅޭ މަރުވެފައިވާ މީހަކަށް ވެފައެވެ. އެހެންކަމުން އެ ޒުވާނާއަށް އިމާމް ޚުމޭނީގެ ފަތުވާއަށް ތަބާވުމުގެ އިނާމު ލިބެންޖެހޭނެ އެވެ.

މިދިޔަ އަހަރުގެ އޮގަސްޓް މަހު ނިއު ޖާޒީގެ  ޒުވާން ހާދީ، ސަލްމާން ރުޝްދީއަށް ވަޅިއަކުން ހަމަލާދިނުމުގެ ސަބަބުން، ސަލްމާން ރުޝްދީގެ އެއްލޮލުގެ އަލިކަން ގެއްލި އެއް އަތް ވަނީ ވާވެފައެވެ.

ހަމަލާ ދިން ވަގުތު ސަލާމަތީ މުވައްޒަފުން އެ ޒުވާނާ ހިފެހެއްޓި ނަމަވެސް އެ ޒުވާނާ ވަނީ ސަލްމާން ރުޝްދީއަށް ވަރަށް ބޮޑަށް ގެއްލުންދީފަ އެވެ.

އެމެރިކާއަށް އުފަން އެ ޒުވާނާ ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް ހައްޔަރުކޮށްފައެވެ. އަދި އޭނާގެ މައްސަލައިގެ ޝަރީޢަތް ކޯޓުގައި ހިނގަމުން އެބަދެއެވެ.

މީގެ 33 އަހަރު ކުރިން ސަލްމާން ރުޝްދީ، ހެއްދެވި ފަރާތަށާއި ކީރިތި ރަސޫލާއަށް ފުރައްސާރަކޮށް ލިއުނު ފޮތަކާ ގުޅިގެން އޭނާ މަރާލުމަށް އީރާނުގެ ދީނީ ލީޑަރ ޚުމޭނީ ވަނީ ފަތުވާ ނެރުއްވާފައެވެ. ނަމަވެސް 1997 އިން 2005 އަށް އީރާނުގެ ރައީސްކަން ކުރެއްވި މުޙައްމަދު ޚާތަމީގެ އިސްލާހީ ސަރުކާރުން އިމާމް ޚުމޭނީގެ މި ފަތުވާއާ ބާތިލު ކުރައްވާފައި ވަނިކޮށް ޚާމަނާއީ ވަނީ ސަލްމާން ރުޝްދީ މަރާލުމާ ގުޅޭ ފަތުވާ ބާތިލު ނުކުރެވޭނެ ކަމަށް ކަނޑައަޅުއްވާފައެވެ.

”އަހަރެމެން އުފާވޭ އޭނާ އެކަން ކުރި ކަމަށްޓަކައި.“ ސަލްމާން ރުޝްދީއާ ދެކޮޅު މީހުން ބުނެފައި ވެއެވެ.

ޒަރައި ވިދާޅުވީ ސަލްމާން ރުޝްދީއަށް ހަމަލާދިން ހިތްވަރުގަދަ ޒުވާނާއަށް  1000 އަކަމީޓަރުގެ ފަހި އަދި އަގުހުރި ދަނޑުވެރި ބިންތަކެއް ލިބުން ހައްގުކަމަށެވެ.

ހާދީ މަޠަރު ބަންދުގައި ހުރުމުން އިނާމު އޭނާގެ އާއިލާގެ ކޮންމެ ވެސް މީހަކާ ނުވަތަ އޭނާގެ ގާނޫނީ މަންދޫބަކާ ހަވާލު ކުރާނީ ހާއްސަ ރަސްމިއްޔާތެއްގައެވެ.

މުރުތައްދުވެފައިވާ ސަލްމާން ރުޝްދީއަށް ދިން ހަމަލާ އީރާނުގެ އިސްމާޢީލް އަޒާރީ ސިފަކުރީ ހިތްވަރުގަދަ އަމަލެއްގެ ގޮތުގައެވެ.

ސަލްމާން ރުޝްދީއަށް ހަމަލާދީފައި ވަނީ 2022 ވަނަ އަހަރުގެ އޮގަސްޓް މަހުގެ 12 ވަނަ ދުވަހުގައެވެ.

ސަލްމާން ރުޝްދީ ލިޔެ 1989 ވަނަ އަހަރުގެ ފެބްރުއަރީ މަހު ނެރުނު ”ޝައިޠާނީ އާޔަތްތައް“ މި ފޮތް މުޅި އިސްލާމީ ދުނިޔެއިން ކުފުރުގެ ފޮތެއްކަމަށް ބުނެ އެ ފޮތާއި ސަލްމާން ރުޝްދީއާ ދެކޮޅަށް ވަރަށް ބޮޑަށް މުޒާހަރާ ކުރި އެވެ. އޭނާގެ ހިމާޔަތުގައި ނިކުތީ މުސްލިމުންގެ ދުޝްމަނުންނެވެ.

އާއްމުތަންތަނަށް އާއްމުކޮށް ނިކުމެ ނޫޅޭ ސަލްމާން ރުޝްދީއަށް ހަމަލާދިން ހާދީ މަޠަރަކީ އެމެރިކާގެ ރައްޔިތެކެވެ. އޭނާގެ މައިން ބަފައިންނަކީ ލުބުނާންގެ ބައެކެވެ.  

ގުޅުންހުރި ލިޔުންތައް

އިސްރާޢީލުގެ ސިފައިން ދިން ހަމަލާއެއްގައި ފަލަސްޠީނުގެ ތުއްތު ކުއްޖަކު ޒަހަމުކޮށްލައިފި

އިސްރާޢީލުގެ ސިފައިން ދިން ހަމަލާއެއްގައި ފަލަސްޠީނުގެ ތުއްތު ކުއްޖަކު ޒަހަމުކޮށްލައިފި

ޖޫން 3, 2023
ގަލްފުގެ މެރިޓައިމް ސެކިއުރިޓީ ކޯލިޝަނުން ޔޫއޭއީ ވަކިވެއްޖެ

ގަލްފުގެ މެރިޓައިމް ސެކިއުރިޓީ ކޯލިޝަނުން ޔޫއޭއީ ވަކިވެއްޖެ

ޖޫން 2, 2023
އެމެރިކާއިން ހުށަހެޅި ދިފާއީ ވަޒީރުންގެ ބައްދަލުވުމަށް ޗައިނާ އިން ނޫނެކޭ ބުނެފި

އެމެރިކާއިން ހުށަހެޅި ދިފާއީ ވަޒީރުންގެ ބައްދަލުވުމަށް ޗައިނާ އިން ނޫނެކޭ ބުނެފި

ޖޫން 1, 2023
މޮސްކޯއަށް ދިން ޑްރޯން ހަމަލާއަކީ ރައްޔިތުންގެ ހިތްތަކުގައި ބިރުވެރިކަން އުފެއްދުމަށް ދިން ހަމަލާއެއް- ރަޝިޔާ

މޮސްކޯއަށް ދިން ޑްރޯން ހަމަލާއަކީ ރައްޔިތުންގެ ހިތްތަކުގައި ބިރުވެރިކަން އުފެއްދުމަށް ދިން ހަމަލާއެއް- ރަޝިޔާ

ޖޫން 1, 2023

Leave a Reply Cancel reply

ކިޔުންތެރިންގެ ހިޔާލު

ADVERTISEMENT

މަގުބޫލް ލިޔުންތައް

  • އަހަރެން ފުނޑާލަން ފަންޑުކުރީ ޒެނީޝާ، އަޑީގައި ފުލުހެއް ވެސް ބައިވެރިވޭ- ހިޝާން

    އަހަރެން ފުނޑާލަން ފަންޑުކުރީ ޒެނީޝާ، އަޑީގައި ފުލުހެއް ވެސް ބައިވެރިވޭ- ހިޝާން

    0 shares
    Share 0 Tweet 0
  • އިންޑިޔާގެ ކޮޗިންއަށް ފުރި މޯލްޑިވިއަންގެ ފްލައިޓެއް އަނބުރާ ޖައްސައިފި

    0 shares
    Share 0 Tweet 0
  • ދުނިޔޭގެ އެންމެ ފުރިހަމަ ހޮޓަލުގެ އެވޯޑު ރާއްޖޭގެ ރިސޯޓަކަށް ލިބިއްޖެ

    0 shares
    Share 0 Tweet 0
  • އަހަރެން ބަރަހަނާކުރަން ޑައިރެކްޓަރަކު އުޅުން- ޕްރިޔަންކާ

    0 shares
    Share 0 Tweet 0

DhiDaily©2020

No Result
View All Result
  • ފުރަތަމަ ސަފުހާ
  • ޚަބަރު
  • ރިޕޯޓް
  • ދުނިޔެ
  • ދީން
  • ވިޔަފާރި
  • ކުޅިވަރު
  • ވާހަކަ
  • މުނިފޫހިފިލުވުން
  • ތަފާތް
  • ގެލެރީ
  • ENG

DhiDaily©2020

Login to your account below

Forgotten Password?

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In