ރައްޔިތުންގެ މަޖިލީހުގެ ކ. ގުރައިދޫ ދާއިރާގެ ޕީޕީއެމް މެންބަރު އިބްރާހީމް ރިޒާ އަވަހާރަވެއްޖެ އެވެ.
ގޮހޮރުގެ އާލާސްކަންފުޅަކަށް މެލޭޝިއާގައި ފަރުވާ ހޯއްދަވަނިކޮށް ރިޒާ އަވަހާރަވީ މިރޭގެ ވަގުތެއްގަ އެވެ.
ރިޒާ ފަރުވާ ހޯއްދަވަމުން ގެންދެވީ ކެންސަރު ބައްޔަށްކަން އެނގިފައި ވެއެވެ.
ގާނޫނީ ވަކީލުކަން ވެސް ކުރައްވާ ރިޒާ މީގެ ކުރިން ވަނީ ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގެ މެމްބަރު ކަން ވެސް ކުރައްވައިފައެވެ. އެކަމަކު، އޭނަގެ މައްޗަށް އިތުބާރު ނެތް ކަމުގެ ވޯޓު ނަގައި ފަހުން ވަނީ އެ މަގާމުން ވަކިކޮށްފައެވެ.
ރިޒާ ވަނީ ޖޭއެސްސީގެ ނައިބު ރައީސް ކަން ވެސް ކުރައްވައިފައެވެ.