ހޮނިހިރު, ޖޫން 3, 2023
DhiDaily
  • ފުރަތަމަ ސަފުހާ
  • ޚަބަރު
  • ރިޕޯޓް
  • ދުނިޔެ
  • ދީން
  • ވިޔަފާރި
  • ކުޅިވަރު
  • ވާހަކަ
  • މުނިފޫހިފިލުވުން
  • ތަފާތް
  • ގެލެރީ
  • ENG
No Result
View All Result
  • ފުރަތަމަ ސަފުހާ
  • ޚަބަރު
  • ރިޕޯޓް
  • ދުނިޔެ
  • ދީން
  • ވިޔަފާރި
  • ކުޅިވަރު
  • ވާހަކަ
  • މުނިފޫހިފިލުވުން
  • ތަފާތް
  • ގެލެރީ
  • ENG
No Result
View All Result
DhiDaily
No Result
View All Result

މިސްރުގެ މުސްކުޅި އަންހެނަކު އުމުރުން 80 އަހަރުގައި މާސްޓާސް ހަދައިފި

މުޙައްމަދު ސަޢީދު މޫސާ ވަޖުދީ ލިޔުނީ: މުޙައްމަދު ސަޢީދު މޫސާ ވަޖުދީ
ފެބްރުއަރީ 23, 2023
ދުނިޔެ, ތަފާތް
0
މިސްރުގެ މުސްކުޅި އަންހެނަކު އުމުރުން 80 އަހަރުގައި މާސްޓާސް ހަދައިފި

މިސްރުގެ މުސްކުޅި އަންހެނަކު އުމުރުން 80 އަހަރުގައި މާސްޓާސް ފުރިހަމަ ކޮށްފިއެވެ.

މާސްޓާސް ފުރިހަމަ ކުރި އަމާލު އިސްމާޢީލު މިހާރު ތައްޔާރު ވަމުން ދަނީ ޕީއެޗްޑީ ފުރިހަމަ ކުރުމަށެވެ.

ޕްރައިމަރީ ތައުލީމަށްފަހު އަމާލުގެ ކިޔެވުން މެދުކެނޑުނެވެ. އޭގެ ފަހުން އޭނާއަށް ޖެހުނީ ކައިވެނީގެ ހަޔާތެއް ފަށާށެވެ. ދަރީން ލިބި ދަރީން ތަރުބިއްޔަތު ކުރުމުގެ މަސައްކަތުގައި އުޅެނިކޮށް އުމުރުން 38 އަހަރުގައި އޭނާއަށް ކެންސަރު ޖެހުނެވެ.

ކެންސަރު ބައްޔަށް ފަރުވާކޮށް ރަނގަޅު ވީތާ އެތައް އަހަރެއް ފަހުން އާމާލު ކިޔެވުމުގެ ރޮނގުން ކުރިއަށްދާންފެށިއެވެ. އޭރު އޭނާގެ އުމުރަކީ 70 އަހަރެވެ.

އަމާލު އިސްމާއީލު ޑިސްޓިންކްޝަނާ އެކު މާސްޓާސް ޑިގްރީ ހާސިލުކުރީ ޤާހިރާގެ އުތުރުގައި އޮންނަ ސިޓީއެއް ކަމަށްވާ މަންސޫރާގެ ފެކަލްޓީ އޮފް އާޓްސް އިންނެވެ.

އަމާލު މާސްޓާސް ފުރިހަމަ ކުރުމުން އޭނާގެ މާމަދަރިން އުފައު ފާޅުކޮށް އޭނާ ލިއުނު ތީސީސްއާ މެދު ބަހުސް ކޮށްފައެވެ.

އަލް އަރަބިޔާ ޑޮޓް ނެޓަށް މައުލޫމާތު ދެމުން އަމާލު ބުނީ ތައުލީމު ކުރިއަށް ގެންދިއުމަށް ދިގު އަދި ހިތި ދުވަސްތަކެއް ކުރިމަތިވި ކަމަށެވެ.

އަމާލު: ޒުވާނުންނަށް ދައްކަނީ ރީތި މިސާލެއް

އޭނާ ބުނި ގޮތުގައި ފިރިމީހާ މަރުވުމުން އެކަނި ދިރިއުޅެން ޖެހުމަކީ ވެސް ތައުލީމަށް އެޅުނު ހުރަހެއް ކަމަށެވެ.

އަމާލު ބުނިގޮތުގައި އުމުރުން 70 އަހަރު ފުރުމުން ސެކަންޑަރީ ސްކޫލަކަށް ވަދެ، ކިޔެވުމުގެ ތެރޭގައި ވަރަށް ގިނަ ދަތިތަކާ ކުރިމަތިލާން ޖެހުނެވެ. އަދި އެހެން މީހުންގެ ނުރުހުމުގެ އަމާޒަކަށް ވީކަމުގައި ވެސް ބުންޏެވެ.

”އެކަންތައްތަކުން އަހަރެންގެ އަޒުމު ވަރުގަދަވި.“ އޭނާ ބުނެފައިވެއެވެ.

އޭނާގެ ހައި ސްކޫލް ތައުލީމު ފުރިހަމަ ކުރީ މާމަދަރިންގެ އެހީގައެވެ. އެއަށްފަހު ފެކަލްޓީ އޮފް އާޓްސްއާ ގުޅިގެން ބެޗްލަރސް ޑިގްރީ ހާސިލުކުރިއެވެ. ދެން  ފެކަލްޓީގެ ސޯޝިއޮލޮޖީ ޑިޕާޓްމަންޓާ ގުޅިގެން މާސްޓާސް ފުރިހަމަކުރިއެވެ.

”މާސްޓާސްއަށް ކިޔެވުމުގެ ތެރޭގައި އަޅުގަނޑަށް ސިއްހީ ދަތިތަކާ ކުރިމަތިލާން ޖެހުނު.“ އަމާލު ބުނެފައިވެއެވެ.

އަމާލު އިސްމާއީލުގެ ތީސީސް ބިނާކުރީ  އޭނާގެ އުމުރުގެ މީހުންގެ މައްޗަށެވެ. މުސްކުޅި އުމުރުފުރާތަކުގެ އިޖުތިމާއީ އަދި ސަގާފީ ދިރިއުޅުމުގެ ވައްޓަފާޅީގެ މައްޗަށް ބިނާކޮށެވެ.

މާސްޓާސް ޑިގްރީ ހާސިލު ކުރުމަށްފަހު  ތައުލީމީ ހުރިހާ އުންމީދެއް ފުރިހަމަ ކުރުމަށްޓަކައި އޭނާ މިހާރު ދަނީ އަދަބިއްޔާތުގެ ދާއިރާއިން ޕީއެޗްޑީ ފުރިހަމަ ކުރުމަށް މަސައްކަތް ކުރަމުންނެވެ.

އޭނާ ބުނިގޮތުގައި ޢިލްމުގެ ބޭނުންތެރިކަން އެއްވެސް އުމުރެއްގައި ހުއްޓިފައި އޮވެގެން ނުވާނެއެވެ. ”އަނެއްކޮޅުން ތަޖުރިބާތަކުން ސާބިތުވެފައިވާ ގޮތުގައި ދިރިއުޅުން ހުއްޓޭނީ އިލްމެއް ނެތުމުން.“ އޭނާ ބުނެފައިވެއެވެ.

އުމުރުން 80 އަހަރުގެ މުސްކުޅި އަމާލު ޒުވާނުންނަށާއި ދުނިޔެއަށް ދައްކަމުން ދަނީ ދިރިހުރި މިސާލެކެވެ.

ގުޅުންހުރި ލިޔުންތައް

ފައިތިލައަކީ މޫނަށްވުރެ ބޮޑަށް ތިބާގެ ޝަޚްސިއްޔަތު ހުރި މިންވަރު ދައްކުވައިދޭ ގުނަވަނެވެ!

ފައިތިލައަކީ މޫނަށްވުރެ ބޮޑަށް ތިބާގެ ޝަޚްސިއްޔަތު ހުރި މިންވަރު ދައްކުވައިދޭ ގުނަވަނެވެ!

ޖޫން 3, 2023
އިސްރާޢީލުގެ ސިފައިން ދިން ހަމަލާއެއްގައި ފަލަސްޠީނުގެ ތުއްތު ކުއްޖަކު ޒަހަމުކޮށްލައިފި

އިސްރާޢީލުގެ ސިފައިން ދިން ހަމަލާއެއްގައި ފަލަސްޠީނުގެ ތުއްތު ކުއްޖަކު ޒަހަމުކޮށްލައިފި

ޖޫން 3, 2023
މި އޮތީ މަސްދަޅުގައި މަސްބަތް ތައްޔާރުކުރާނެ ގޮތުގެ ރެސިޕީއެއް!

މި އޮތީ މަސްދަޅުގައި މަސްބަތް ތައްޔާރުކުރާނެ ގޮތުގެ ރެސިޕީއެއް!

ޖޫން 2, 2023
ކަޅު ހެދުން ދޮންނަ އިރު އެލްމެނިޔުން ފޮއިލް އަޅަނީ ކީއްވެކަން އެނގޭތަ؟

ކަޅު ހެދުން ދޮންނަ އިރު އެލްމެނިޔުން ފޮއިލް އަޅަނީ ކީއްވެކަން އެނގޭތަ؟

ޖޫން 2, 2023

Leave a Reply Cancel reply

ކިޔުންތެރިންގެ ހިޔާލު

ADVERTISEMENT

މަގުބޫލް ލިޔުންތައް

  • އަހަރެން ފުނޑާލަން ފަންޑުކުރީ ޒެނީޝާ، އަޑީގައި ފުލުހެއް ވެސް ބައިވެރިވޭ- ހިޝާން

    އަހަރެން ފުނޑާލަން ފަންޑުކުރީ ޒެނީޝާ، އަޑީގައި ފުލުހެއް ވެސް ބައިވެރިވޭ- ހިޝާން

    0 shares
    Share 0 Tweet 0
  • އިންޑިޔާގެ ކޮޗިންއަށް ފުރި މޯލްޑިވިއަންގެ ފްލައިޓެއް އަނބުރާ ޖައްސައިފި

    0 shares
    Share 0 Tweet 0
  • ދުނިޔޭގެ އެންމެ ފުރިހަމަ ހޮޓަލުގެ އެވޯޑު ރާއްޖޭގެ ރިސޯޓަކަށް ލިބިއްޖެ

    0 shares
    Share 0 Tweet 0
  • އަހަރެން ބަރަހަނާކުރަން ޑައިރެކްޓަރަކު އުޅުން- ޕްރިޔަންކާ

    0 shares
    Share 0 Tweet 0

DhiDaily©2020

No Result
View All Result
  • ފުރަތަމަ ސަފުހާ
  • ޚަބަރު
  • ރިޕޯޓް
  • ދުނިޔެ
  • ދީން
  • ވިޔަފާރި
  • ކުޅިވަރު
  • ވާހަކަ
  • މުނިފޫހިފިލުވުން
  • ތަފާތް
  • ގެލެރީ
  • ENG

DhiDaily©2020

Login to your account below

Forgotten Password?

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In