ހޯމަ, ޖޫން 5, 2023
DhiDaily
  • ފުރަތަމަ ސަފުހާ
  • ޚަބަރު
  • ރިޕޯޓް
  • ދުނިޔެ
  • ދީން
  • ވިޔަފާރި
  • ކުޅިވަރު
  • ވާހަކަ
  • މުނިފޫހިފިލުވުން
  • ތަފާތް
  • ގެލެރީ
  • ENG
No Result
View All Result
  • ފުރަތަމަ ސަފުހާ
  • ޚަބަރު
  • ރިޕޯޓް
  • ދުނިޔެ
  • ދީން
  • ވިޔަފާރި
  • ކުޅިވަރު
  • ވާހަކަ
  • މުނިފޫހިފިލުވުން
  • ތަފާތް
  • ގެލެރީ
  • ENG
No Result
View All Result
DhiDaily
No Result
View All Result

ޔަހޫދީން ފަލަސްޠީނުގެ ދިހަ މީހުން ޝަހީދުކޮށްލައިފި

މުހައްމަދު ޝަރީފް ލިޔުނީ: މުހައްމަދު ޝަރީފް
ފެބްރުއަރީ 23, 2023
ދުނިޔެ
0
ޔަހޫދީން ފަލަސްޠީނުގެ ދިހަ މީހުން ޝަހީދުކޮށްލައިފި

ޔަހޫދީން ވެރިވެގަނެފައިވާ ފަލަސްޠީނުގެ ހުޅަނގު އައްސޭރިއަށް ޓެރެރިސްޓު އިސްރާޢީލުގެ ސިފައިން އަރައި ހިންގަމުންދާ ލާއިންސާނީ އުދުވާންތަކުގައި ފަލަސްޠީނުގެ ދިހަ މީހުން ޝަހީދުކޮށްލައިފިއެވެ.

ޔަހޫދީ ސިފައިން ނާބްލުސްއަށް އަރާފައި ވަނީ ބަރުހަތިޔާރާ އެކުގައެވެ. މި އުދުވާންތަކުގައި 97 އަށްވުރެ ގިނަ މީހުން މިހާތަނަށް ވަނީ ޒަޚަމުކޮށްލާފައެވެ.

ޔަހޫދީ ސިފައިން ދީފައިވާ ބަޑީގެ ހަމަލާތަކުގައި ޒަޚަމުވެފައިވާ މީހުންގެ ތެރެއިން ހަ މީހެއްގެ ހާލު ސީރިޔަސް ކަމަށާއި، އެ މީހުންނަށް ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާދެމުންދާ ކަމުގައި ފަލަސްޠީނުގެ ޞިއްޙަތާ ބެހޭ ވުޒާރާއިން ބުންޏެވެ. މި އުދުވާންތަކުގައި ޝަހީދުކޮށްލާފައިވާ މީހުންގެ ތެރޭގައި އުމުރުން 72 އަހަރުގެ އަދުނާން ސާބީ ބާރާއާއި، 61 އަހަރުގެ ޢަބްދުލްޙާދީ އަޝްޤަރު ހިމެނެއެވެ.

ޔަހޫދީ ޖައްބާރު ސިފައިން ނާބްލުސްއަށް އަރާފައި ވަނީ، ފަލަސްޠީނުގެ މިނިވަންކަމަށް ޖިހާދު ކުރަމުންދާ މުޖާހިދުންގެ ޖަމާޢަތަކަށް ނިސްބަތްވާ ދެ މީހަކު ހައްޔަރު ކުރުމުގެ ނަމުގައެވެ. މި އުދުވާންތަކުގައި އެ ދެ މީހުން ވެސް ވަނީ ޝަހީދުކޮށްލާފައެވެ. އަދި، ނާބްލުސްއަށް ވަނުމުގެ ކުރިން، ޔަހޫދީ ޓެރެރިސްޓު ސިފައިން ވަނީ އެ ރަށަށް ވަދެނިކުމެވާން އޮތް ހުރިހާ މަގެއް ބަންދުކޮށްފައެވެ.

ފަލަސްޠީނުގެ މުޖާހިދުންގެ ޖަމާޢަތެއް ކަމުގައިވާ ”ދަ ލަޔަންސް ޑެން“އިން ވަނީ، އެ ޖަމާޢަތުގެ މުޖާހިދުން ޔަހޫދީ އިސްރާޢީލުގެ ޓެރެރިސްޓު ސިފައިންނާ ކުރިމަތިލާފައިވާ ކަމަށް ބުނެފައެވެ. އަދި، މި ކުރިމަތިލުންތަކުގައި މުޖާހިދުންގެ އެހެން ޖަމާޢަތެއް ކަމުގައިވާ ”ބަލާތާ ބްރިގޭޑްސް“ގެ މުޖާހިދުން ވެސް ބައިވެރިވަމުންދާ ކަމަށް ރިޕޯޓުތައް ބުނެއެވެ.

މި އުދުވާންތަކާ ގުޅިގެން ފަލަސްޠީނުގެ ސިޔާސީ ޕާޓީތަކުން ވަނީ ރާމަاللهގެ އިތުރުން ނާބުލުސްގައި ޔަހޫދީ އިސްރާޢީލުން ގާއިމުކޮށްފައިވާ ޗެކް ޕޮއިންޓްތައް ކައިރިއަށް އެއްވެ، ޔަހޫދީންގެ އިސްތިޢުމާރީ ވެރިކަމާ ދެކޮޅަށް މުޒާހަރާ ކުރުމަށް ޕާޓީތަކުގެ މެންބަރުންނާއި ޢާންމު ރައްޔިތުންނަށް ގޮވައިލާފައެވެ.

ފަލަސްޠީނުގެ އެތަކެއް ސަތޭކަ މުސްލިމުންނެއް ޝަހީދުކޮށްލުމުގެ ފަހަތުގައި ހުރި ޖައްބާރު ބެންޖަމިން ނަތަންޔާހޫ އިސްރާޢީލުގެ ވެރިކަމާ އަލުން ހަވާލުވި ފަހުން، ޔަހޫދީން ވެރިވެގަނެފައިވާ ފަލަސްޠީނުގެ ބިންތަކަށް ޓެރެރިސްޓު ސިފައިން ފޮނުވައިގެން ލާއިންސާނީ އުދުވާންތައް ހިންގުން ވަނީ އިތުރުކޮށްފައެވެ. އަދި، ފަލަސްޠީނުގެ ރައްޔިތުންގެ ލޭއޮހޮރުވައިލުމަކީ ކޮންމެ ދުވަހެއްގެ ޢާންމު ހާލަތަށް ހަދާފައެވެ.

ޔަހޫދީ ޖައްބާރު ސިފައިން މި އަހަރުގެ މިހާތަނަށް ހިންގާފައިވާ ލާއިންސާނީ އުދުވާންތަކުގައި ޝަހީދުކޮށްލާފައިވާ ފަލަސްޠީނުގެ ރައްޔިތުންގެ ޢަދަދު މިހާރު ވަނީ 57 އަށްވުރެ މައްޗަށް އަރާފައެވެ. މީގެ ތެރޭގައި 12 ކުޑަކުދިން ވެސް ހިމެނެއެވެ. އަދި، އުމުރުން ދުވަސްވީ އަންހެނެއް ވެސް ހިމެނެއެވެ. އެ އަންހެން މީހާ މަރައިލާފައި ވަނީ އަމިއްލަ ގޭގައި ޤުރުއާނުގެ އާޔަތްތައް ކިޔަވަން އިންދައެވެ.

ހުސްވި 2022 ވަނަ އަހަރަކީ ވެސް އިސްރާޢީލުގެ ލޭއޮހޮރުވުންތައް ގިނަ އަހަރެކެވެ. އެ އަހަރު ޝަހީދުކޮށްލާފައިވާ ފަލަސްޠީނުގެ ރައްޔިތުންގެ އަދަދު 171 އަށް އަރައެވެ. މީގެ ތެރޭގައި 30 އަށްވުރެ ގިނަ ކުށެއް ނެތް ކުޑަކުދިން ވެސް ހިމެނެއެވެ.

ގުޅުންހުރި ލިޔުންތައް

ބޮޑު ހަރަދުކޮށްގެން އިންޑިޔާގައި އަޅަމުން ދިިޔަ ބްރިޖެއް ވެއްޓިއްޖެ

ބޮޑު ހަރަދުކޮށްގެން އިންޑިޔާގައި އަޅަމުން ދިިޔަ ބްރިޖެއް ވެއްޓިއްޖެ

ޖޫން 5, 2023
ނަފްރަތުގެ ބާޒާރުގައި ލޯބީގެ ފިހާރައެއް ހުޅުވަން ބޭނުން: ރާހުލް ގާނދީ

ނަފްރަތުގެ ބާޒާރުގައި ލޯބީގެ ފިހާރައެއް ހުޅުވަން ބޭނުން: ރާހުލް ގާނދީ

ޖޫން 4, 2023
ޔޫރަޕުގެ އިންފްލޭޝަން ރޭޓު މިހާތަނަށް ވެއްޓިފައި ނުވާހާ ދަށް

ޔޫރަޕުގެ އިންފްލޭޝަން ރޭޓު މިހާތަނަށް ވެއްޓިފައި ނުވާހާ ދަށް

ޖޫން 4, 2023
އިސްރާޢީލުގެ ސިފައިން ދިން ހަމަލާއެއްގައި ފަލަސްޠީނުގެ ތުއްތު ކުއްޖަކު ޒަހަމުކޮށްލައިފި

އިސްރާޢީލުގެ ސިފައިން ދިން ހަމަލާއެއްގައި ފަލަސްޠީނުގެ ތުއްތު ކުއްޖަކު ޒަހަމުކޮށްލައިފި

ޖޫން 3, 2023

Leave a Reply Cancel reply

ކިޔުންތެރިންގެ ހިޔާލު

ADVERTISEMENT

މަގުބޫލް ލިޔުންތައް

  • ދުނިޔޭގެ އެންމެ ފުރިހަމަ ހޮޓަލުގެ އެވޯޑު ރާއްޖޭގެ ރިސޯޓަކަށް ލިބިއްޖެ

    ދުނިޔޭގެ އެންމެ ފުރިހަމަ ހޮޓަލުގެ އެވޯޑު ރާއްޖޭގެ ރިސޯޓަކަށް ލިބިއްޖެ

    0 shares
    Share 0 Tweet 0
  • މާލެ ސިޓީ ކައުންސިލުން މާލެއާއި ހުޅުމާލޭގައި ބަހުގެ ޚިދުމަތް ފަށައިފި

    0 shares
    Share 0 Tweet 0
  • ރ. އަތޮޅު ކޮޓަފަރުގައި ސަނީ ލިއޯން ޗުއްޓީ ހެދަކޮށްލުމަށް ރާއްޖެ އައިސްފި

    0 shares
    Share 0 Tweet 0
  • ކަޅު ހެދުން ދޮންނަ އިރު އެލްމެނިޔުން ފޮއިލް އަޅަނީ ކީއްވެކަން އެނގޭތަ؟

    0 shares
    Share 0 Tweet 0

DhiDaily©2020

No Result
View All Result
  • ފުރަތަމަ ސަފުހާ
  • ޚަބަރު
  • ރިޕޯޓް
  • ދުނިޔެ
  • ދީން
  • ވިޔަފާރި
  • ކުޅިވަރު
  • ވާހަކަ
  • މުނިފޫހިފިލުވުން
  • ތަފާތް
  • ގެލެރީ
  • ENG

DhiDaily©2020

Login to your account below

Forgotten Password?

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In