އަންގާރަ, ޖޫން 6, 2023
DhiDaily
  • ފުރަތަމަ ސަފުހާ
  • ޚަބަރު
  • ރިޕޯޓް
  • ދުނިޔެ
  • ދީން
  • ވިޔަފާރި
  • ކުޅިވަރު
  • ވާހަކަ
  • މުނިފޫހިފިލުވުން
  • ތަފާތް
  • ގެލެރީ
  • ENG
No Result
View All Result
  • ފުރަތަމަ ސަފުހާ
  • ޚަބަރު
  • ރިޕޯޓް
  • ދުނިޔެ
  • ދީން
  • ވިޔަފާރި
  • ކުޅިވަރު
  • ވާހަކަ
  • މުނިފޫހިފިލުވުން
  • ތަފާތް
  • ގެލެރީ
  • ENG
No Result
View All Result
DhiDaily
No Result
View All Result

ރައީސް ޔާމީންގެ މައްސަލަތައް ނިންމާ ފަނޑިޔާރަށް ލިބޭ ޕްރޮމޯޝަނަކީ މިއަދު އޮތް ވަރަށް ބޮޑު ބިރެއް: ޖަމީލު

މުހައްމަދު އާސިފް ލިޔުނީ: މުހައްމަދު އާސިފް
ފެބްރުއަރީ 22, 2023
ޚަބަރު
0
ރައީސް ޔާމީންގެ މައްސަލަތައް ނިންމާ ފަނޑިޔާރަށް ލިބޭ ޕްރޮމޯޝަނަކީ މިއަދު އޮތް ވަރަށް ބޮޑު ބިރެއް: ޖަމީލު

ކުރީގެ ރައީސް ޔާމީން ޢަބްދުލްޤައްޔޫމްގެ މައްސަލަތައް ހަމަ ނިމުމާއެކީ އެ މައްސަލަ ނިންމަވާ ފަނޑިޔާރަށް ލިބޭ ޕްރޮމޯޝަނަކީ މިއަދު ކުރިމަތިވެފައި އޮތް ބޮޑު ބިރުވެރިކަމެއް ކަމަށް ޔާމީންގެ ގާނޫނީ ޓީމުގެ އިސް ވަކީލު, ކުރީގެ ނައިބު ރައީސް ޑރ.މުޙައްމަދު ޖަމީލު އަޙްމަދު ވިދާޅުވެއްޖެއެވެ.

ޖަމީލު މިހެން ވިދާޅުވީ ވ.އާރަށް ކުއްޔަށް ދޫކުރުމުގައި ޚިޔާނާތް ހިންގާފައިވާ މައްސަލައިގައި ކްރިމިނަލް ކޯޓުން ރައީސް ޔާމީނަށް އިއްވެވި ހުކުމުގެ އިސްތިއުނާފާ ގުޅޭ ގޮތުން މައުލޫމާތު ދެއްވުމަށް ގާނޫނީ ޓީމުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ.

ޖަމީލު ވިދާޅުވީ ރައީސް ޔާމީންގެ ޝަރީއަތް ހިނގަނީ އިންސާފުވެރިކޮށެއް ނޫން ކަމަށާއި ރައީސް ޔާމީންގެ ޝަރީއަތުގައި ފޮރުވިފައިވާާ ކަންތައްތަކެއް އެބަހުރި ކަމަށެވެ. ރައީސް ޔާމީންގެ ޝަރީއަތް ހިންގާ ކޮންމެ ފަހަރަކު ސަރުކާރުން ނުފޫޒު ފޯރުވާ ކަމަށާއި ނުފޫޒު ފޯރުވަނީ ސިއްރަކުން ވެސް ނޫން ކަމަށް ޖަމީލު ވިދާޅުވިއެވެ.

”ރައީސް ޔާމީންގެ ޝަރީއަތް ހިންގާ ކޮންމެ ފަހަރަކު ދައުލަތުގެ ނުފޫޒު އެބަ ވަދެއޭ. ސަރުކާރުން ކަނޑައެޅިގެން ނުފޫޒު އެބަ ފޯރުވައޭ. ފޯރުވަނީ ސިއްރަކުން ވެސް ނޫނޭ. އަޅުގަނޑު މިއަދު ގަބޫލުކުރާ ގޮތުގަ ރާއްޖޭގެ ރައްޔިތުން މި ވާހަކަ ދައްކަންޖެހޭ.“

”ރައީސް ޔާމީންގެ މައްސަލަތަކުގަ ހަމަ މައްސަލަ ނިންމުމާއެކީގަ އެ ނިންމާ ފަނޑިޔާރަށް ލިބޭ ޕްރޮމޯޝަނަކީ އަޅުގަނޑުމެންނަށް މިއަދު އޮތް ވަރަށް ބޮޑު ބިރެއް. އޭގެ މާނައަކީ ކޮބައިތޯ. މާނައަކީ އަޅުގަނޑުމެން އެބަޖެހެއޭ މި ވާާހަކަ ދައްކަން.“ ޖަމީލު ވިދާޅުވިއެވެ.

ޖަމީލު ވިދާޅުވީ މިހެންވާނަމަ ގާނޫނު ނެގެހެއްޓޭ ކަމަކަށް ރައްޔިތުން ގަބޫލެއް ނުކުރާނެ ކަމަށެވެ. ޖުޑިޝަރީގެ އަމިއްލަ އިސްނެންގެވުމުގެ މަތިން މިވާާ ގޮތެއް ބަލަންޖެހިފައިވާ ކަމަށް ވެސް ޖަމީލު ވިދާޅުވިއެވެ.

އެމްއެމްޕީއާރްސީގެ ޚިޔާނާތުގެ މައްސަލައިގައި ރައީސް ޔާމިންގެ މައްޗަށް ފުރަތަމަ އުފުލި މަނީ ލޯންޑަރިންގެ ކުށުގެ ދަޢުވާގެ ޝަރީޢަތް ކްރިމިނަލް ކޯޓުގައި ކުރިއަށް ގެންދެވީ އެ ކޯޓުގެ ކުރީގެ ފަނޑިޔާރު އަޙްމަދު ހައިލަމެވެ. ނަމަވެސް ރައީސް ޔާމީންގެ މައްސަލައިގެ ހުކުމްކުރުމަށް ދެތިން ގަޑިއިރަށްވެފައި ވަނިކޮށް ހައިލަމް ސަސްޕެންޑްކުރުމަށްފަހު, ކްރިމިނަލް ކޯޓު ހިންގެވުން ވަގުތީ ގޮތުން ހަވާލުކުރެއްވީ ފަނޑިޔާރު ޢަލީ ރަޝީދާއެވެ.

ވޮޑަމުލާ މައްސަލައިގައި ރައީސް ޔާމީނަށް 5 އަހަރުގެ ޖަލު ހުކުމް އިއްވެވީ ވެސް ފަނޑިޔާރު ޢަލީ ރަޝީދެވެ.

އޭގެ ދުވަސްކޮޅެއް ފަހުން ފެނިގެންދިޔައީ ޢަލީ ރަޝީދު ސްޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް އައްޔަން ކުރެއްވި ތަނެވެ.

2021 ގައި ހައިލަމް އާންމުކުރެއްވި ބަޔާނެއްގައި ވިދާޅުވެފައިވަނީ އިދިކޮޅު ސިޔާސީ ލީޑަރެއްގެ ގޮތުގައި ހުރި ފަރާތެއްގެ ޝަރީޢަތް އަވަސް އަރުވާލައިގެން ކުރިއަށް ގެންދިޔަ އިސްތިއުނާފީ ކޯޓެއްގެ ތަޖުރިބާ ނެތް ފަނޑިޔާރަކަށް, ސުޕްރީމް ކޯޓުގެ ގޮނޑި ލިބިވަޑައިގަތީ އިއްތިފާގަކުން ނޫންކަން އޭނާއަށް އެ ގޮނޑި ދިން މީހުން ނޫން އެންމެން ގަބޫލުކުރާނެ ކަމަށެވެ.

Tags: ރައީސް ޔާމީން

ގުޅުންހުރި ލިޔުންތައް

ނަޝީދު އެމްޑީޕީ މެންބަރުންނަށް އިންޒާރު ދެއްވަމުން ގެންދަވާތީ ކަންބޮޑުވުން ފާޅުކުރައްވައިފި

ނަޝީދު އެމްޑީޕީ މެންބަރުންނަށް އިންޒާރު ދެއްވަމުން ގެންދަވާތީ ކަންބޮޑުވުން ފާޅުކުރައްވައިފި

ޖޫން 6, 2023
ކަނޑު އޮތްގިރި ބަނދަރު މަޝްރޫއުގެ %59 ނިމިއްޖެ

ކަނޑު އޮތްގިރި ބަނދަރު މަޝްރޫއުގެ %59 ނިމިއްޖެ

ޖޫން 6, 2023
ދިވެހި ރައްޔިތުންނަށް ހިލޭ ގޯތިނުދިނުމަށާއި، ގޯތި ވިއްކަން މެންބަރު އަސްލަމް ގޮވާލައްވައިފި

މަޖިލީހުގެ ރައީސްކަން ހުށަހަޅައިފިނަމަ ހިތުގެ އަޑިން އެކަން ގަބޫލުކުރާނަން: އަސްލަމް

ޖޫން 6, 2023
މަޖިލީހުގެ %100 އިތުބާރު އަޅުގަނޑަށް އެބައޮތްކަން ޔަގީން ކަށަވަރު: ނަޝީދު

މަޖިލީހުގެ %100 އިތުބާރު އަޅުގަނޑަށް އެބައޮތްކަން ޔަގީން ކަށަވަރު: ނަޝީދު

ޖޫން 6, 2023

Leave a Reply Cancel reply

ކިޔުންތެރިންގެ ހިޔާލު

ADVERTISEMENT

މަގުބޫލް ލިޔުންތައް

  • މާލެ ސިޓީ ކައުންސިލުން މާލެއާއި ހުޅުމާލޭގައި ބަހުގެ ޚިދުމަތް ފަށައިފި

    މާލެ ސިޓީ ކައުންސިލުން މާލެއާއި ހުޅުމާލޭގައި ބަހުގެ ޚިދުމަތް ފަށައިފި

    0 shares
    Share 0 Tweet 0
  • ދުނިޔޭގެ އެންމެ ފުރިހަމަ ހޮޓަލުގެ އެވޯޑު ރާއްޖޭގެ ރިސޯޓަކަށް ލިބިއްޖެ

    0 shares
    Share 0 Tweet 0
  • ރ. އަތޮޅު ކޮޓަފަރުގައި ސަނީ ލިއޯން ޗުއްޓީ ހެދަކޮށްލުމަށް ރާއްޖެ އައިސްފި

    0 shares
    Share 0 Tweet 0
  • ކަޅު ހެދުން ދޮންނަ އިރު އެލްމެނިޔުން ފޮއިލް އަޅަނީ ކީއްވެކަން އެނގޭތަ؟

    0 shares
    Share 0 Tweet 0

DhiDaily©2020

No Result
View All Result
  • ފުރަތަމަ ސަފުހާ
  • ޚަބަރު
  • ރިޕޯޓް
  • ދުނިޔެ
  • ދީން
  • ވިޔަފާރި
  • ކުޅިވަރު
  • ވާހަކަ
  • މުނިފޫހިފިލުވުން
  • ތަފާތް
  • ގެލެރީ
  • ENG

DhiDaily©2020

Login to your account below

Forgotten Password?

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In