މިހާރު ހުޅުމާލޭގައި ކުރިއަށްދާ ގޯލްޑަން ފުޓްޝެލް ފުޓްބޯޅަ މުބާތުގެ ފޭވަރީޓު ޓީމެއްގެ ގޮތުގައި އޮތް ށ.ފޯކައިދޫ ފުޓްބޯޅަ ކުލަބުން ވަނީ އެއްވެސް މެޗަކުން ބަލިނުވެ ހުރިހާ މެޗަކުން މޮޅުވެގެން ފައިނަލަށް ގޮސް ށ.އަތޮޅު ޗެމްޕިއަންކަން ހޯދާފައެެވެ. އެހެންކަމުން މިހާރު މިބަލާލަނީ ފޯކައިދޫ ޓީމުގެ ބައެއްކުޅުންތެރިންނަށެވެ.
ޓީމުގެ ކޯޗު ހުސައިން ސައިފު، ފުޓްބޯޅައިގައި ލިބެން އަދި ހޯދެންހުރި ގިނަ ކާމިޔާބީތަކެއް ހާޟިލުކުރަމުން އަންނަ ޒުވާން ކޯޗް ސައިފުއަކީ ކޯޗުގެ އިތުރުން ޓީމުގެ މެނޭޖަރެއްގެ ރޯލްވެސް އަދާކުރާ، މިހާރު ފޯކައިދޫ ޓީމު ހޯދަމުން އަންނަ ކާމިޔާބީގެ އާރުކާޓީއެވެ. މިއީ ކުޅުންތެރިއެެއްގެ ގޮތުންނާއި ކޯޗާއި ރެފްރީއެއްގެ ގޮތުގެ އިތުރުން ޓީމުގެ ކަންކަން ނިންމުމަށް އެންމެ ކުދިކުދި ކަންކަންވެސް ޓީމަށް ހަމަޖައްސަ ދެމުން އަންނަ ފުޓްބޯޅައިގައި ޖެހުނު ކޮންމެ މަޤާމަކަށް ފިޓް ކޯޗެކެވެ.
އަބްދު ﷲ މާލިކު ށ.ފޯކައިދޫ/ ވައިލެޓްގެ، މިއީ ޖެހުނު ކޮންމެ މަޤާމަކަށް ކުޅެވޭ ފުޓްބޯޅައިގެ ލޭ ހުރި ހުނަރުވެރި ތަނބެކެވެ. ގޯލްޑަން ފުޓްޝެލް މުބާރާތުގައި ފޯކަައިދޫ ޓީމުގެ ރަސްމީ ގޯލްކީޕަރަށް އަނިޔާގެ މަައްސަލައެއް ދިމާވުމުން، ފޯކައިދޫއާއި ބިލެތްފަހި ކުޅުނު ސެމީފައިނަލް މެޗުގައި ފޯކައިދޫ ގޯލް ބަލަހަައްޓާ ޓީމު ފަައިނަލް ގެންދިޔުމުގައި މުހިންމު ދައުރެއް އަދާކޮށްފައިވާ ޓީމުގެ ފުރަތަމަ ލައިނަޕްގެ ކުޅުންތެރިއެކެވެ.
އަބްދުލް ފައްތާހް ށ.ފޯކައިދޫ/ ދޫރެސް، މިއީ ފުޓްބޯޅަައިގެ ޑިސިޕްލިންގަައި ފާހަގަކޮށްލެވޭ ކުޅުންތެެރިއެކެވެ. ގަޑިއަށް ހާޟިރުވުމާއި،ފުޓްބޯޅަައިގަައި ޖެހުނު ކޮންމެ މަސައްކަތެއްވެސް ކުރެވޭ، ފޯކައިދޫ ޓީމުގެ ފުލްޓީމުގެ ހުނަރުވެރި ކުޅުންތެރިއެކެވެ. ފޯކަައިދޫ ތަށި ހޯދުމުގަައި ފައްތާހުގެ ހިއްސާ ބޮޑުކަން ފާހަގަކުރެވޭ ފުރަތަމަ ލައިނަޕްގެ ކުޅުންތެރިއެކެވެ.
ނަދީމް ނަވާޒު ށ.ފޯކައިދޫ/ ދަނބުމާގެ، މިއީ ފޯކައިދޫ ޓީމުގެ މިހާރު ގޮސްފައިވާ ހިސާބަށް ގެންދިޔުމުގައި ކޯޗް ސައިފުއާއި އެކު މަސައްކަތްކުރި މުހިންމު އަދި ހުނަރުން ފުރިގެންވާ، ޓީމުގެ ފަހަތް ބަލަހައްޓަމުން އަންނަ ކުޅުންތެރިއާއެވެ. މިއީ ފޯކަައިދޫ ޓީމުގެ ފުރަތަމަ ލައިނަޕްގެ ކުޅުންތެެރިއެކެވެ.
ހުސައިން ފަޟީލް ށ.ފޯކަައިދޫ/ ފަތަގުމާގެ، ފޯކައިދޫ ޓީމުގެ ފުރަތަމަ ލައިނަޕްއިން އެންމެ ޅައުމުރުން ފެށިގެން ޖާގަ ހޯދަމުން އަންނަ މިކުޅުންތެރިއަކީ، ޒުވާންކުޅުންތެރިންނަށް ނަމޫނާދައްކަމުން އަންނަ ޑިސިޕްލިން ކުޅުންތެރިއެކެވެ. ފޯވާޑެއްގެ އިތުރުން ޓީމެއް ގޮވަައިގެން މަސައްކަތްކުރުމުގެ ހުނަރު ލިބިފަައިވާ މިކުޅުންތެރިޔާއަށް ފޯކައިދޫ ފުޓްބޯޅައިގައި ނުލިބޭ ކާމިޔާބެއްނެތެވެ. ފޯކައިދޫ ޓީމުގައި ހުރި އެންމެ ތަޖުރިބާކާރު ކުޅުންތެރިޔާ ވަނީ އެތަށް މުބާރާތެއްގައި ފުރަތަމަ ލައިނަޕްއިން ޖާގަ ހޯދާފައެވެ.
މުޙައްމަދު ރިޝްވާން ށ.ފޯކައިދޫ/ ޝޭޑީވިލާ، މިއީ ލަނޑުޖެހުމުގައި އިންސާނަކު ފެންފޮދެއްބޯލާހެން އެކަން ނިންމާ ކުޅުންތެރިއެކެވެ. މުބާރާތުގައި 3 މެޗުން 7 ގޯލް ޖަހާ، މުބާރާތުގައި އެންމެ ގިނަ ގޯލްޖަހާފައިވާ 2 ކުޅުންތެެރިންގެ ތެރޭގައި ހިމެނި، 3 މެޗުގެ ތެރެއިން 2 މެޗުގެ އެންމެ މޮޅު ކުޅުންތެެރިޔާގެ މަޤާމު ހޯދާފަައިވާ ޒުވާން މިކުންތެރިއަކީ މާލޭގެ ކުލަބުތަކުގެ ލޯ އަމާޒުވެފައިވާ ލަޑުމެޝިނެކެވެ.
އިބްރާހީމް މުޝީރު ށ.ފޯކައިދޫ/ ގްރީންޕާރލް، މިއީ ބޯޅަ ކޮއްޓުމާއި، ބޯޅަ ގެންގުޅުމުގައި ޖާދޫގަރެއްފަދަ ހުނަރުވެރި ފޯވާރޑެކެވެ. ފޯކައިދޫގައި އުފެދުނު އެންމެ ހުނަރުވެރި ކުޅުންތެރިންގެ ތެރޭގަައި ހިމެނޭ މިޅުންތެެރިއަކީ، އިދިކޮޅު ކޮަންމެ ޓީމަކުންވެސް ޖެހިލުންވާ ދުވެލިބާރު ކުޅުންތެރިއެެކެވެ. ކުޅުމުގެ ވައްޓަފާޅި އާޖެންޓީނާގެ މެސީއާއި ވައްތަރުކަމެއް ހުންނަ މިކުޅުންތެރިޔާ ހިފެހެއްޓުންވަނީ އިދިކޮޅަށް ބުރައަކަށެވެ.
ހުސައިން ނަބީހު ށ.ފޯކައިދޫ/ ފެހިތަރި، ފޯކައިދޫ ފުރަތަމަ ލައިނަޕްގައި ހިމެނޭ ޒުވާން މިކުޅުންތެރިއަކީ ހުނަރުވެރި، ޓީމު ހޯދަމުން އަންނަ ކާމިޔާބީގައި މުހިންމު ދަައުރެއް އަދާކުރާ، ފުޓްބޯޅައޭ ބުނުމުން ލޭ ކެކޭ ކުޅުންތެރިއެކެވެ.
އަބްދު ﷲ ޠާރިޤް ށ.ފޯކައިދޫ/ ނަލަގެ، ފޯކައިދޫ އާއި ކަނޑިތީމް ކުޅުން ފައިނަލް މެޗުގެ މޮޅު ކުޅުންތެެރިޔާގެ މަޤާމް ހޯދާފައިވާ ޒުވާން މިކުޅުންތެެރިޔާއަކީ ފޯކައިދޫ ޓީމުގެ އެއްނަންބަރު ކީޕަރެވެ. ފައިނަލް މެޗުގައި ދައްކާފައިވާ އަދަޔާ ހިލާފު ޖާދޫއިން އެތަށް ބައެއްގެ ލޯއަމާޒުވެފައިވާ މިކުޅުންތެެރިޔާއަކީ ރަނގަޅު ފުރުޞަތުތަކެއްް ހޯދަދެވިއްޖެނަމަ ރާއްޖޭގެ ޤައުމީ ޓީމުން ފެނުން ގާތް ކީޕަރެކެވެ.
އިބްރާހީމް އަލީ ށ.ފޯކައިދޫ/ ޕެޓޫނިޔާ، އަބް ﷲ ރުޝްދާން ށ.ފޯކަައިދޫ/ ކަރަންކާގެ އަކީވެސް ޓީމުގެ ކާމިޔާބީތަކިގައި ހިއްސާވާ ހުނަރުވެރި ކުޅުންތެރިންނެވެ. އަދި ޒުވާން ކުޅުންތެރިން ގޮތުގައި އަރަމުން އަންނަ ކުޅުންތެރިންނެވެ.