ކ.ހިންމަފުށީގައި ބަނގުރަލާއި ހަށިވިއްކުން އާންމުވެފައިވާކަމަށް ބުނާ ވާހަކަ އެ ރަށު ކައުންސިލުން ދޮގުކޮށްފިއެވެ.
ހިންމަފުށީ ކައުންސިލުގެ އިދާރާއިން މިހެން ބުނީ އެ ރަށުގައި ބަނގުރަލާއި ހަށިވިއްކުން އާންމުވެފައިވާކަމަށް ބުނެ ”ދިޔަރެސް“ ނޫހުން ޝާއިއުކޮށްފައިވާ ޚަބަރަކާ ގުޅިގެން އެކަން ދޮގުކޮށް މިއަދު ނެރުނު ބަޔާނެއްގައެވެ.
ހިންމަފުށީ ކައުންސިލުގެ އިދާރާއިން ބުނީ އެ ޚަބަރަކީ ހަގީގަތާ ޚިލާފު ދޮގު މައުލޫމާތުގެ މައްޗަށް ބިނާކޮށް ލިޔެ އާންމުކޮށްފައިވާ ޚަބަރެއް ކަމަށާއި އެކަން ކުށްވެރި ކުރާ ކަމަށެވެ.
”އެހެނީ މިހާތަނަށް މި ރަށުގައި އެފަދަ ކަމެއް ހިނގައި ނުވަތަ އާންމުވާކަމަށް ބުނެ އެއްވެސް ފަރާތަކުން މި ކައުންސިލަށް ރިޕޯޓުކޮށްފައެއް ނުވެއެވެ. ހިތާމައަކީ ރަށުގައި ދިރިއުޅޭ ކޮންމެވެސް މީހަކު ބުނާހައި އެއްޗެއް އޭގެ ހަގީގަތް ބެލުމުގެ ގޮތުން މި ކައުންސިލާ އެއްވެސް ސުވާލެއްކޮށްލުމެއްނެތި ނޫސްވެެރިޔާގެ އަމިއްލަ އިބާރާތުގެ މައްޗަށް އެއްވެސް ޒިންމާދާރުކަމެއް ނެތް ގޮތުގައި މުޅި ރަށުގެ ނަން ބޭނުންކޮށް ރަށަށް ޒިޔާރަތްކުރާ އެންމެހައި ފަރާތްތަކުގެ މެދުގައި ބިރުވެރިކަމާއި ނާމާންކަން އުފެދޭ ގޮތަށް މި ޚަބަރު ހާމަކޮށްފައިވުމެވެ.“
އެހެންކަމުން މާތްވެގެންވާ އިސްލާމްދީނުގެ ހަމަތަކާއެކު، ޒިންމާދާރު ނޫސްވެރިކަމެއް ކުރުމުގެ ހެޔޮ ނިޔަތުގައި ކުރިއަށް ދިއުމަށް ”ދިޔަރެސް“ ނޫހަށް ގޮވައިލާ ކަމަށާއި، މިފަދަ ނާތަހުޒީބު ނޫސްވެރިކަމުން ދުރުހެލިވުމަށް ނަސޭހަތްތެރިވާކަމަށް ބަޔާނުގައިވެއެވެ.
mi ee pp kudhinge nooheh .abadhu mifadha ehchehi liyani