މި އަހަރުގެ ދިރާސީ އައު އަހަރުގެ ކިޔެވުން އަންނަ އޮގަސްޓު މަހުގެ 06 ވަނަ ދުވަހު ފަށަން ނިންމައިފިއެވެ.
އެޑިއުކޭޝަން މިނިސްޓްރީން އާންމުކޮށްފައިވާ އެކެޑަމިކް ކަލަންޑަރު 2024-2023 ގައިވާ ގޮތުން މި ހިނގާ ދިރާސީ އަހަރުގެ ދެވަނަ ޓާމުގެ ކިޔެވުން ނިމި ދަރިވަރުންނަށް ބޮޑު ޗުއްޓީ ލިބޭނީ ޖޫން މަހުގެ 25 އިން ފެށިގެންނެވެ.
އަދި ދިރާސީ އައު އަހަރުގެ ކިޔެވުން އަންނަ އޮގަސްޓު މަހުގެ 06 ވަނަ ދުވަހު ފަށަން ތާވަލުކޮށްފައިވާއިރު, އެ މަހުގެ 02 ވަނަ ދުވަހު މުދައްރިސުން ސްކޫލަށް ނުކުންނަން ޖެހެއެވެ.
ކަލަންޑަރުގައިވާ ގޮތުން ގްރޭޑް 11 ގެ ދަރިވަރުންގެ ކިޔެވުން ފަށާނީ ސެޕްޓެމްބަރު 18 ގައެވެ. އަދި ދިރާސީ އައު އަހަރުގެ ފުރަތަމަ ޓާމް ނިމޭނީ ޑިސެމްބަރު 21 ގައެވެ. ދެވަނަ ޓާމް ފަށާނީ ޖެނުއަރީ 08 ގައެވެ.