ކުރީގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުޙައްމަދު ނަޝީދު އިސްވެ ހުންނަވައި ކުރިއަށް ގެންދަވާ ”ފިކުރެއްގެ ދިރުން“ ސިޔާސީ ހަރަކާތާ ގުޅެންޖެހޭ ހަމަ އެއްވެސް ސަބަބެއް ނެތްކަމަށް އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް ވިދާޅުވެއްޖެއެވެ.
ނަޝީދު އިސްވެ ހުންނަވައި ”ފިކުރެއްގެ ދިރުން“ މި ނަމުގައި އެމްޑީޕީތެރޭގައި ސިޔާސީ ހަރަކާތެއް ހިންގަވަން ނިންމެވީ މިދިޔަ މަހުގެ 28 ގައި ބޭއްވި އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙާއި ވާދަކުރައްވައި ނާކާމިޔާބުވެވަޑައިގަތުމުންނެވެ.
”އަޅުގަނޑު އެދެނީ ކޮންމެ ރަށެއްގަ ވެސް މިސާލަކަށް ފިކުރެއްގެ ދިރުން އެކެއް ދެއެއް ތިނެއް ހަތަރެއް ހަތަރު ގޮފި ފަސް ގޮފި ވިޔަސް ކޮންމެ ރަށެއްގަ ވެސް ކޮންމެ ތަނެއްގަ ވެސް މި ފިކުރުގެ ގޮފި އުފައްދައި 50,000 މީހުން އަޅުގަނޑުމެންގެ ފިކުރުގަ އެއް ގޮތްޕެއްގަ ތިބެވޭނެ ގޮތަކަށް އަޅުގަނޑުމެން އިންތިޒާމުވާން. އަޅުގަނޑު ދަންނަ ސިޔާސީ މަސައްކަތް ހިންގޭނީ އިންތިޒާމުވެގެން.“ ނަޝީދު ވިދާޅުވެފައިވެއެވެ.
”ފިކުރެއްގެ ދިރުން“ މެންބަރުން ހޯދުމުގެ މަސައްކަތް ކުރަމުން އަންނައިރު، މިހާތަނަށް 50,000 އަށްވުރެ ގިނަ މީހުން ސޮއިކޮށްފައިވާ ކަމަށް މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހިމް ރަޝީދު (ބޮންޑެ) ދާދިފަހުން ވަނީ ވިދާޅުވެފައެވެ.
ފިކުރެއްގެ ދިރުން ފެކްޝަނުން ވަނީ ވިލިމާލެ ފެރީ ޓަރމިނަލް ސަރަހައްދު (މާލެ) ގައި މިއަދު ފޯމު ފުރުމުގެ ހަރަކާތްތައް ކުރިއަށް ގެންދަން ނިންމާފައެވެ.
18 އަހަރު ފުރިފައިވާ ކޮންމެ ދިވެހި ރައްޔިތަކަށް ފޯމުގައި ސޮއިކުރެވޭނެ ކަމަށް ބުނެފައިވާތީ ރޮޒައިނާ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ކޮންމެ އެއްޗެއްގައި ވެސް ސޮއިކުރެވިދާނެ ކަމަށާއި އެކަމަކު ސޮއިކުރަންޖެހޭ އެއްވެސް ސަބަބެއް ފެނިވަޑައިނުގަންނަވާ ކަމަށެވެ.
”ތީ ކޯއްޗެއްތޯ. ކޮން ފިކުރެއްތޯ. ބަލިވީމަ ބަލި ގަބޫލުނުކުރެވޭ ފިކުރުތޯ. އެމްޑީޕީ ގަޑުބަޑުކުރާ ފިކުރުތޯ. އެމްޑީޕީ އޮންނަންޖެހޭނީ ތާ އުމުރަށް ވަކި މީހެއްގެ މުށުތެރޭ ކަމަށް ގަބޫލުކުރާ ފިކުރުތޯ. ޗީޑި.“
ބޮންޑޭ މީގެކުރިން ވިދާޅުވި ގޮތުގައި އެ ހަރަކާތުން މިހާރު އަމާޒު ހިފާފައިހުރީ 95,000 މީހުން ހަމަކުރުމެވެ. ކުރިއަށް އޮތް މަސްދުވަހުގެތެރޭ އެ އަމާޒަށް ވާސިލުވެވޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.
އިންތިޚާބުގެ ނަތީޖާ ގަބޫލު ނުކުރައްވާ ކަމަށާއި ފިކުރެއްގެ ދިރުމުގެ ފަރާތުން ތާއީދުކުރާ ރިޔާސީ ކެންޑިޑޭޓެއް ކަނޑައަޅާނީ ފަހުން ކަމަށް ނަޝީދު ވިދާޅުވެފައިވެއެވެ.
ރޮޒެއިނާާ މީހަކާދިމަކޮންލާފިއްޔާ ސަލާމަތެއްނުވާނެ އަބަދުވެސް ހުންނާނީ ކޮންމެވެސްމީހަކާޖައްސާލަފަ