މަސްތުވާތަކެއްޗާއި ބަނގުރާ ގެންގުޅެ އެތަކެތީގެ ވިޔަފާރި ކުރާކަމުގެ ތުހުމަތުގައި މާފަންނު ހުޅަނގު ދާއިރާގެ މެންބަރު މުޙައްމަދު ފަލާޙްގެ ދަރި އަޙްމަދު ޠައިބާން މުޙައްމަދާއި އިތުރު ދެ މީހަކު ހައްޔަރުކޮށް ބަންދުގެ މުއްދަތު ޖަހައިފިއެވެ.
ޠައިބާންގެ އިތުރުން މި މައްސަލައިގައި ހައްޔަރުކުރީ ބަންގްލަދޭޝްގެ ޑިޑަރ އަލަމް ބުއިޔަން ކިޔާ މީހަކާއި ރައްޔާން އާތިފް ކިޔާ ދިވެއްސެކެވެ.
އެ ތިން މީހުންގެ ބަންދާމެދު ގޮތެއް ނިންމަން އިއްޔެ ކްރިމިނަލް ކޯޓަށް ހާޒިރު ކުރުމުން ޠައިބާނާއި ރައްޔާންގެ ބަންދަށް ޖެހީ 3 ދުވަހެވެ. ޑިޑަރ އަލަމް ބުއިޔަންގެ ބަންދަށް ޖެހީ 15 ދުވަހެވެ.
އެ ތިން މީހުން ހައްޔަރުކުރީ މަސްތުވެގެން އެއް ކޮޓަރިއެއްގައި ތިއްބާ ކަމަށް ބައެއް ރިޕޯޓުތައް ބުނެއެވެ.