ހަށިވިއްކާ ކަމަށް ތުހުމަތުކުރެވޭ މައްސަލައެއްގައި 4 މީހަކު ހައްޔަރުކޮށްފިއެވެ.
އެ މީހުން ހައްޔަރުކުރީ ފުލުހުން މާލޭގައި ރޭ ހިންގި އޮޮޕަރޭޝަނެއްގައި ރޯޅި ގެސްޓުހައުސްއިންނެވެ.
ހައްޔަރުކުރީ 43 އަހަރުގެ ދިވެހި ފިރިހެނަކާއި 43 އަހަރުގެ ބިދޭސީ ފިރިހެނަކާއި 31 އަހަރުގެ ބިދޭސީ އަންހެނަކާއި 36 އަހަރުގެ ބިދޭސީ އަންހެނެކެވެ.
މި ހަތަރު މީހުންގެ ތެރެއިން ދިވެހި ފިރިހެން މީހާއާއި ބިދޭސީ އަންހެނަކު ހައްޔަރުކުރީ ޖިންސީ ގުޅުން ހިންގަމުން ދަނިކޮށް ކަމަށް ފުލުހުން ބުންޏެވެ.