މި އަހަރު ހައްޖަށް ގެންދިއުމަށް ރާއްޖެއަށް ލިބިފައިިވަނީ 1,000 ކޯޓާ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ.އަޙްމަދު ޒާހިރު ޙުސައިން ވިދާޅުވެއްޖެއެވެ.
މިނިސްޓަރު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ސަޢޫދީ ސަރުކާރުން ރާއްޖެއަށް ރަސްމީކޮށް ހަމަޖައްސައިދީފައިވަނީ 1,000 ކޯޓާ ކަމަށެވެ. އެ އަދަދު އިތުރު ކުރުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
ކޮވިޑުގެ ބަލިމަޑުކަމުގެ ކުރިން އާންމު ގޮތެއްގައި ރާއްޖެއިން ކޮންމެ އަހަރަކު ވެސް ހައްޖަށް ދިއުމަށް ފުރުސަތު ލިބެނީ ހާހެއްހައި މީހުންނަށެވެ. ނަމަވެސް ކޮވިޑާ ގުޅިގެން ސަޢޫދީން އެޅި ފިޔަވަޅުތަކާއެކު، މިދިޔަ އަހަރު ހައްޖަށް ދިއުމަށް ފުރުސަތު ލިބުނީ 453 މީހުންނަށެވެ.
މި އަހަރުގެ ހައްޖުގެ އަޅުކަން އަދާކުރުމުގެ ކަންތައް ކުރިއަށް ގެންދަން ހަމަޖައްސާފައިވަނީ ކޮވިޑުގެ ބަލިމަޑުކަމުގެ ކުރިން އޮތް އާންމު އުސޫލުން ކަމަށް ސަޢޫދީން ވަނީ ބުނެފައެވެ.