ތ.ހިރިލަންދޫ މެޖިސްޓްރޭޓު ކޯޓުގެ އިސް މެޖިސްޓްރޭޓް އަލްއުސްތާޒު ޢަބްދުﷲ ޙުސައިން ކިނބިދޫ މެޖިސްޓްރޭޓް ކޯޓުގެ އިސް މެޖިސްޓްރޭޓް މަގާމަށް ބަދަލުކުރަން ނިންމައިފިއެވެ.
ޖުޑީޝަލް ސަރވިސް ކޮމިޝަނުން މިއަދު ބުނީ މިއަދު ފެށިގެން މެޖިސްޓްރޭޓް ޢަބްދުﷲ ޙުސައިން ކިނބިދޫ މެޖިސްޓްރޭޓް ކޯޓުގެ އިސް މެޖިސްޓްރޭޓް މަގާމަށް ބަދަލުކުރަން ނިންމާފައިވާ ކަމަށެވެ.
އެ ގޮތަށް ނިންމީ ފަނޑިޔާރުން އަމިއްލައަށް އެދިގެން މަސައްކަތް ކުރަމުން އައި ކޯޓާ އެއް ދަރަޖައެއްގެ އެހެން ކޯޓަކަށް ބަދަލުކުރުމުގައި ޢަމަލުކުރާނެ ގޮތުގެ ގަވާއިދުގެ ދަށުން ކަމަށް ޖޭއެސްސީން ބުންޏެވެ.