ސަރުކާރުގެ ގެދޮރުވެރިން ޕްރޮގްރާމުގެ ދަށުން ފުލެޓާއި ގޯތި ލިބޭނެ ފަރާތްތައް ކަނޑައެޅުމަށް ކޮމިޓީއެއް އުފައްދައިފިއެވެ.
ޕްލޭނިންގ މިނިސްޓްރީން މިއަދު ބުނީ ސަރުކާރުގެ ގެދޮރުވެރިން ޕްރޮގްރާމުގެ ދަށުން ހިންގާ ބިންވެރިޔާ އަދި ގެދޮރުވެރިޔާ ސްކީމަށް ކުރިމަތިލާފައިވާ ފަރާތްތައް އިވެލުއޭޓްކޮށް، ބިމާއި ފްލެޓް ދޭނެ ފަރާތްތައް ކަނޑައަޅާނީ އެ ކޮމިޓީން ކަމަށެވެ.
”ގެދޮރުވެރިންގެ ކޮމިޓީ“ ގެ ނަމުގައި އުފެއްދި ކޮމިޓީ އެކުލެވިގެންވަނީ 5 މެންބަރުންގެ މައްޗަށެވެ.
ކޮމިޓީގައި ތިއްބަވާ މެންބަރުން:
1.ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން (ޗެއަރޕަރސަން)
- އަލްއުސްތާޛު އަނަސް އަބްދުއްސައްތާރު (ކޯ-ޗެއަރޕަރސަން)
3.މަރިޔަމް ނާޒިމާ، މއ.އެރިޒޯނާ
4.ޢާއިޝަތު ރަޝީދާ، ހ.ރެޖީނާ ހައުސް
5.މުހައްމަދު އާރިފް، ހއ.އިހަވަންދޫ/ނެދުންގެ
މި ކޮމިޓީގެ ފުރަތަމަ ބައްދަލުވުން އިއްޔެ ބާއްވާފައިވާ ކަމަށް މިނިސްޓްރީން ބުންޏެވެ.