މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަން (ބްރޯޑްކޮމް) އަށް މެންބަރަކު އައްޔަން ކުރުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް މިއަދު ރައްޔިތުންގެ މަޖިލީހަށް 4 ނަމެއް ފޮނުއްވައިފިއެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވަނީ ރައީސް ޞާލިޙް ފޮނުއްވި ސިޓީ އިއްވައިފައެވެ.
އެ ސިޓީގައި ވިދާޅުވެފައިވަނީ ބްރޯޑްކޮމްގެ މެންބަރު އަމްޖަދު ވަޙީދުގެ މެންބަރުކަމުގެ މުއްދަތު އަންނަ މަހުގެ 15 ވަނަ ދުވަހަށް ހަމަވާ ކަމަށެވެ. އެ ގޮތުން މެންބަރުކަމަށް ހުޅުވައިލުމުން ކުރިމަތިލި ފަރާތްތަކުގެ ތެރެއިން ރައީސް އިސްކަން ދެއްވާ ތަރުތީބުން ނަން ލިސްޓު ކުރައްވާފައިވާނެ ކަމަށެވެ.
ނަންތައް ތަރުތީބު ކުރައްވާފައިވާ ގޮތް:
1.ޝިހާމް މުޙައްމަދު ވަޙީދު, ދަފްތަރު ނަންބަރު ރސ 5143.
2.ޝާން ޞާލިޙް މުޙައްމަދު، ފިނިވާދީ/ދ.ކުޑަހުވަދޫ.
3.ޙުސައިން އަމްރު، ވ.ރޯޝަން.
4.ޝަފާ ޝަފީޤް, ބިއްލޫރިިވިލާ/ދ.މީދޫ
ދާދިފަހުން ރައީސް ވަނީ ބްރޯޑްކޮމްއަށް މެންބަރަކު އައްޔަން ކުރުމަށް 5 ނަމެއްް ފޮނުއްވައިފައެވެ.
އެއީ ބްރޯޑްކޮމްގެ ނައިބު ރައީސް އަޙްމަދު ގައިސް އިސްތިއުފާދެއްވުމާ ގުޅިގެން މެންބަރުކަމުގެ މަގާމު ހުސްވެފައިވާތީ އެ މަގާމަށް ކުރިމަތިލުމަށް ހުޅުވައިލި ފުރުސަތުގައި ކުރިމަތިލެއްވި ބޭފުޅުންގެ ތެރެއިން ރައީސް އިސްކަންދެއްވާ ތަރުތީބުން ފޮނުއްވި ލިސްޓެކެވެ. އެ ލިސްޓުގައި ވެސް ޝާން ޞާލިޙް މުޙައްމަދާއި ޙުސައިން އަމްރު ހިމެނެއެވެ.