އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް ކޯލިޝަން ހެއްދެވުމުގެ މަސައްކަތް ފެށްޓެވުމުން އުނގޫފާރުދާއިރާގެ މެންބަރު މުޙައްމަދު ވަޙީދު (ވައްޑެ) ފާޑުވިދާޅުވެއްޖެއެވެ.
އަންނަ ރިޔާސީ އިންތިޚާބުގައި އެމަނިކުފާނަށް ތާއީދު ކުރުމަށް އެދި ރައީސް ޞާލިޙް ވަނީ ސަރުކާރު ކޯލިޝަނުގައި ހިމެނޭ ޢަދާލަތު ޕާޓީއާއި ޖުމްހޫރީ ޕާޓީއާއި މޯލްޑިވްސް ރިފޯމް މޫވްމަންޓަށް ސިޓީއެއް ފޮނުއްވައިފައެވެ.
ނަމަވެސް އެއިން އެއްވެސް ޕާޓީއަކުން އަދި ރައީސަށް ތާއީދުކުރުމާމެދު ގޮތެއް ނުނިންމައެވެ.
ރައީސް މުޙައްމަދު ނަޝީދަށް ތާއީދުކުރައްވާ ވައްޑެ މިއަދު ވިދާޅުވީ ކޯލިޝަނެއް އުފައްދަން އެހެންބަޔަކު އެއްބަސްކުރުވޭނީ ފުރަތަމަ އަމިއްލަ ޕާޓީގެ އެތެރެ އެއްބައި ކުރުމުގެ އުރައްޕެއް ހުރެގެން ކަމަށެވެ. އަދި މިހާރު ރައީސް ޞާލިޙް ފަހަތަށް ނޭރި ބަޔަކު އިތުރު ދުވަސް ވާވަރަކަށް ޖެހޭނީ އިތުރަށް ފެޔަށް ކަމަށް ވައްޑެ ވިދާޅުވިއެވެ.
ރައީސް ޞާލިޙް އެމްޑީޕީގެ ރިޔާސީ ޓިކެޓް ކަށަވަރު ކުރެއްވީ ޕްރައިމަރީގައި ނަޝީދާ ވާދަކުރައްވައެވެ. އެމަނިކުފާނު އިންތިޚާބު ކާމިޔާބު ކުރެއްވީ %22 ތަފާތަކުން ކުރި ހޯއްދަވައިގެންނެވެ.