މޫސުމާބެހޭ ގައުމީ އިދާރާއިން މާލެ އަތޮޅަށް ހުދު ސަމާލު ނެރެފިއެވެ.
ސަމާލު ނެރެފައިވަނީ މިރޭ 21:45 އިން 00:45 އަށެވެ.
މޫސުމާބެހޭ ގައުމީ އިދާރާއިން ބުނީ އެ ވަގުތުތަކުގައި އެ ސަރަހައްދަށް ބާރަށް ގުގުރާނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ.
މޫސުމާބެހޭ ގައުމީ އިދާރާއިން ހާމަކުރި ގޮތުގައި މެދު ރާއްޖެތެރެއާއި ދެކުނުގެ ބައެއް ސަރަަހައްދުތަކަށް މިރޭ ވިއްސާރަ ކުރާނެއެވެ. އަދި ރާއްޖޭގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވާނެ ކަމަށް ވެސް ލަފާކޮށްފައިވެއެވެ.