އެމްޑީޕީގެ މި ސަރުކާރުން ޒުވާނުންނަށް ވީ ވަޢުދަށް ބޭވަފާވެފައިވާ ކަމަށް ކުރީގެ ޚާރިޖީ ވަޒީރު ދުންޔާ މައުމޫން މިއަދު ވިދާޅުވެއްޖެއެވެ.
ސަރުކާރަށް ފާޑުވިދާޅުވެ ދުންޔާ ކުރެއްވި ޓުވީޓެއްގައި ވަނީ މި ސަރުކާރުން ޒުވާނުންނަށް ވީ ވައުދު ކޮބައިތޯ ސުއާލު ކުރައްވައިފައެވެ. އެއަށްފަހު ވިދާޅުވީ ސަރުކާރުން ޒުވާނުންނަށް ވީ ވަޢުދަށް ބޭވަފާވެފައިވާ ކަމަށެވެ.
ވަޒީފާ ނުލިބޭ ޒުވާނުންގެ ނިސްބަތް %25 އަށްވުރެ މަތިކަމަށް ވެސް ދުންޔާ ވިދާޅުވިއެވެ. ސްކޫލަކަށް ނުވަދެވި އަދި 18 އަހަރު ނުފުރޭތީ ވަޒީފާއަކަށް ނުވަދެވި 8000 އަށްވުރެ ގިނަ ކުދިން އެބަތިބި ކަމަށް ވެސް ދުންޔާ ވިދާޅުވިއެވެ.
”އެމްޑީޕީއިން ވައުދަށް ވީ ބޭވަފާ: ”އުފެއްދުންތެރި ޒުވާނުން“ ނަށް 2018ގައި ވީ ވައުދު ކޮބާ؟ ވަޒީފާ ނުލިބޭ ޒުވާނުންގެ ނިސްބަތް %25 އަށްވުރެ މަތި. ސްކޫލަކަށް ނުވަދެވި އަދި 18 އަހަރު ނުފުރޭތީ ވަޒީފާއަކަށް ނުވަދެވި 8 ހާހަށްވުރެ ގިނަ ކުދިން އެބަތިބި.“
ދުންޔާ ވިދާޅުވީ މި ސަރުކާރުން ދިވެހިންގެ ކުރިމަގަށް ވީ ބޭވަފާ ކަމަށެވެ.