ދިވެހި ބަސް ދިރުވައި އާލާ ކުރުމުގައި އެންމެން ވެސް ޝާމިލުވުމަށް ޚާރިޖީ ވަޒީރު ޝާހިދު އިލްތިމާސް ކުރައްވައިފިއެވެ.
މިއަދު ފާހަގަކުރާ ބައިނަލްއަގުވާމީ މާދަރީބަހުގެ ދުވަހާ ގުޅިގެން ޝާހިދު ދެއްވި ވީޑިއޯ މެސެޖެއްގައި ވިދާޅުވީ އަމިއްލަ މާދަރީ ބަހެއް ލިބުމަކީ ވަރަށް ބޮޑު ޝަރަފެއް ކަމަށާއި ދުނިޔޭގައި އުޅޭ ވަރަށް މަދު ބަޔަކަށް ނޫނީ އެފަދަ ޝަރަފެއް ނުވަތަ ނަސީބެއް ލިބިފައިނުވާ ކަމަށެވެ.
”އަޅުގަނޑުމެންނަކީ ނަސީބުވެރިން,“
ރާއްޖޭގެ ބަހާތަކުގެ ތެރެއިން އެންމެ އަގުހުރި އެއް ތަނބަކީ ދިވެހި ބަސް ކަމަށާއި އަމިއްލަ ބަހެއް އޮތުމަކީ އެންމެން ވެސް ފަޚުރުވެރިވާންޖެހޭ ކަމެއް ކަމަށް ޝާހިދު ވިދާޅުވިއެވެ.
އަދި ދިވެހިބަހަކީ ވަރަށް މުހިންމު ބަހެއް ކަމަށާއި ދިވެހި ބަސް ދިރުވައި އާލާ ކުރުމުގައި އެންމެން ވެސް ޝާމިލުވުމަށް ޝާހިދު އިލްތިމާސް ކުރެއްވިއެވެ.
ޝާހިދު ވަނީ އަންނަ އޮތް ޖީލުތަކަށް މި އަގުހުރި ނަސީބު ރައްދު ކުރުމަށް މަސައްކަތް ކުރުމަށް ވެސް ގޮވައިލައްވައިފައެވެ.