ހުކުރު, މާރޗް 24, 2023
DhiDaily
  • ފުރަތަމަ ސަފުހާ
  • ޚަބަރު
  • ރިޕޯޓް
  • ދުނިޔެ
  • ދީން
  • ވިޔަފާރި
  • ކުޅިވަރު
  • ވާހަކަ
  • މުނިފޫހިފިލުވުން
  • ތަފާތް
  • ގެލެރީ
  • ENG
No Result
View All Result
  • ފުރަތަމަ ސަފުހާ
  • ޚަބަރު
  • ރިޕޯޓް
  • ދުނިޔެ
  • ދީން
  • ވިޔަފާރި
  • ކުޅިވަރު
  • ވާހަކަ
  • މުނިފޫހިފިލުވުން
  • ތަފާތް
  • ގެލެރީ
  • ENG
No Result
View All Result
DhiDaily
No Result
View All Result

ޝަހީދުންގެ ދުވަހުގެ އިރު އޮއްސިއްޖެ: ވަލިއްޔުލްޢަމްރުގެ ޝުޢޫރެއް، އިލްތިމާސެއް ނެތް

މުހައްމަދު އާސިފް ލިޔުނީ: މުހައްމަދު އާސިފް
ފެބްރުއަރީ 21, 2023
ރިޕޯޓް
2
ތާރީޚު ދިރާސާ ކުރައްވާ ބޭފުޅުންނަށް ރައީސް ދޫކޮށްލެއްވީ ބޮޑު ސުވާލެއް

މިއަދަކީ މި އަހަރުގެ ޝަހީދުންގެ ދުވަހެވެ.

ކޮންމެ އަހަރަކު ވެސް ޝަހީދުންގެ ދުވަސް ފާހަގަކުރަނީ ޝަޢުބާންމަހުގެ އެއްވަނަ ދުވަހުގައެވެ.

ޝަހީދުންގެ ދުވަސް ނިސްބަތްކުރެވިގެންވަނީ މާތްވެގެންވާ އިސްލާމްދީނާއި ދިވެހި ޤައުމަށްޓަކައި ހަނގުރާމަ ކުރައްވައި ޝަހީދުވެވަޑައިގެންނެވި އައްސުލްޠާނު ޢަލީ (6 ވަނަ) ސިރީ އައުދަ ސިއާކަ ކައްތިރި ބަވަނަ މަހާރަދުން ނުވަތަ އަލި ރަސްގެފާނަށެވެ.

ޕޯޗުގީޒުންނާ ހަނގުރާމަ ކުރައްވައި ކުރެއްވި ޖިހާދުގައި އަލި ރަސްގެފާނު ޝަހީދުވެވަޑައިގަތީ ހިޖުރައިން 965 ވަނަ އަހަރުގެ ޝަޢުބާން މަހުގެ އެއްވަނަ ދުވަހުއެވެ. އެއީ މީލާދީން 1558 ވަނަ އަހަރުގެ މެއިމަހުގެ 19 ވަނަ ދުވަހެވެ.

ދުނިޔޭގެ އެކި ޤައުމުތަކުގައި ވެސް ޝަހީދުންގެ ދުވަސް ފާހަގަ ކުރެއެވެ. އެ ޤައުމުތަކުގައި ޝަހީދުވެ ގޮސްފައިވާ ބަޠަލުންގެ ޒިކުރާތައް އާ ކުރެއެވެ. އޭގެ މައިގަނޑު ސަބަބަކީ ޤައުމަށްޓަކައި ޝަހީދުވާ މީހުންނަކީ ޤައުމީ އަބްޠާލުންގެ ތެރޭގައި ހިމެނޭ އެންމެ މުހިންމު އެއްބައެއް ކަމަށްވާތީއެވެ.

ރާއްޖޭގައި ޝަހީދުންގެ ދުވަސް ފުރަތަމަ ފާހަގަކުރީ 1980 ގައެވެ.

”ޤައުމަށްޓަކައި ޝަހީދުންވެގެން ގޮސްފައިވާ އަގުހުރި ދަރިންތަކަކީ ޤައުމަށް ލިބިފައިވާ ނަސްރާއި ނަސީބުގެ ވަރަށް މުހިންމު ބައެއް ކުޅެފައިވާ ބައެކެވެ. ޤައުމުގެ މިނިވަންކަމާއި އިސްތިގުލާލު ދެމެހެއްޓުމުގައި ވަރަށް މަތިވެރި ހިއްސާއެއް އަދާކޮށްފައިވާ ބައެއް މެއެވެ. އަދި ކީއްތޯއެވެ. ޤައުމުގެ ދެމި އޮތުން ވެސް ބިނާވެފައި އޮންނަނީ ޤައުމަށްޓަކައި ޝަހީދުވެގެން ގޮސްފައިވާ އަދި ޝަހީދުވަމުންދާ ދަރިންގެ ގުރުބާނީގެ މައްޗަށެވެ. އެހެންކަމުން ޝަހީދުންގެ ޒިކުރާ އައުކުރުމަކީ ޤައުމު ދެމިއޮތުމަށްޓަކައި ބޭނުންވާ ކަމެކެވެ. އާދެ! ޤައުމުގެ ދަރިން ޤައުމަށްޓަކައި ގުރުބާންވުމުގެ މަތިވެރި އިލްހާމު ލިބިގަތުމަށްޓަކައެވެ.“ ރާއްޖޭގައި ފުރަތަމަ ފާހަގަކުރި ޝަހީދުންގެ ދުވަހުގެ މުނާސަބާގައި ބޭއްވި ޖަލްސާއަށް އޭރުގެ ރައީސް އަލްއުސްތާޒު މައުމޫން ޢަބްދުލްޤައްޔޫމު ފޮނުއްވި ޚިޠާބުގައި ވިދާޅުވެފައިވެއެވެ.

ރައީސް މައުމޫން އޭރު ހުންނެވީ އިންޑިއާގައެވެ.

މި އަހަރުގެ މި ދުވަސް އައިއިރު މިހާރުގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ހުންނެވީ ސިންގަޕޫރުގައެވެ. ރައީސް އޮފީހުން ހާމަކުރެއްވި ގޮތުގައި އެމަނިކުފާނު އިއްޔެ ސިންގަޕޫރަށް ވަޑައިގަތީ ނުރަސްމީ ދަތުރުފުޅެއްގައެވެ. ނަމަވެސް އިތުރު ތަފުސީލެއް ހާމައެއް ނުކުރައްވައެވެ.

ކޮންމެއަކަސް ދުވަހުގެ އިރު ވެސް އޮއްސިއްޖެއެވެ. ޝަހީދުންގެ ދުވަހާ ގުޅިގެން ރައީސް ޞާލިޙްގެ ޝުޢޫރެއް ނުވަތަ އިލްތިމާސެއް ވެސް ނެތެވެ.

ރައީސް ޞާލިޙް ސިންގަޕޫރުގައި ހުންނެވުމަކީ މިއަދާ ގުޅިގެން އެއްޗެއް ވިދާޅުނުވެވެން ވީ ސަބަބެއް ނޫނެވެ. އަމުދުން ޓެކްނޮލޮޖީ ކުރިއަރައި, މުޅި ދުނިޔެ ”މުށުތެރޭގައި“ އޮތް މިފަދަ ޒަމާނެއްގައި އެއީ އެއްވެސް މީހަކު ގަބޫލު ކުރާނޭ ކަމެއް ވެސް ނޫނެވެ. އިންޑިއާގައި ހުންނަވައިގެން ރައީސް މައުމޫނު ޚިޠާބެއް ފޮނުއްވިއިރު، ރައީސް ޞާލިޙަށް ބަހެއް ވިދާޅުނުވެވެންވީ ހަމަ އެއްވެސް ސަބަބެއް ނެތެވެ.

އެއީ އާދައިގެ ރައްޔިތެއް ނޫނެވެ. ވަލިއްޔުލްޢަމްރެވެ. ވީމާ އެ މަނިކުފާނުގެ ހިތްޕުޅުގައި ޤައުމީ ޖޯޝް އުތުރިއަރަނީ ކިހާ މިންވަރަކަށް ކަމާމެދު މިއަދު ސުވާލު އުފެދެއެވެ.

ބައެއް މީހުން ބުނާ ގޮތުގައި ހަރުބީ ބޮޑު ކާފަރަކު މަރުވެއްޖެނަމަ ރައީސް ޞާލިޙް ވަގުތުން ޓްވީޓު ވެސް ކުރައްވައެވެ.

އެކަން ބާއްވަމާ ހެއްޔެވެ. އަދި އެއް ވާހަކަ އެބައޮތެވެ. މިއަދަކީ މާދަރީބަހުގެ ދުވަސް ވެސް މެއެވެ.

Tags: ރައީސް އިބްރާހިމް މުހައްމަދު ސޯލިހުޝަހީދުންގެ ދުވަސް

ގުޅުންހުރި ލިޔުންތައް

ފުރަތަމަ އިގުތިސާދު، އޭގެ ފަހުން ސިޔާސީ ބޭފުޅުން ސިޔާސީ ކުޅި ޖައްސަވާ!

ފުރަތަމަ އިގުތިސާދު، އޭގެ ފަހުން ސިޔާސީ ބޭފުޅުން ސިޔާސީ ކުޅި ޖައްސަވާ!

މާރޗް 13, 2023
އިންޑިއާގެ އަނިޔާ: ސަމަދު ބެއަކީ ޓެރަރިސްޓެއްނޫން! އެއީ ޙުއްބުލް ވަޠަނުން ފުރިފައިވާ ބަޠަލެއް

އިންޑިއާގެ އަނިޔާ: ސަމަދު ބެއަކީ ޓެރަރިސްޓެއްނޫން! އެއީ ޙުއްބުލް ވަޠަނުން ފުރިފައިވާ ބަޠަލެއް

ފެބްރުއަރީ 28, 2023
މިފަހަރު ކުރިމަތިމިލަނީ ދިވެހި އިސްލާމީ ވެރިކަމެއް ކުރުމުގެ ނިޔަތުގައި: ނަޝީދު

ފިކުރެއްގެ ނިމުން

ފެބްރުއަރީ 14, 2023
ރައިސް ނަޝީދުގެ އިސްތިއުފާ، ބަޣާވާތަކަށް ވާނީ ކިހިނެއް؟

ރައިސް ނަޝީދުގެ އިސްތިއުފާ، ބަޣާވާތަކަށް ވާނީ ކިހިނެއް؟

ފެބްރުއަރީ 7, 2023

Comments 2

  1. Shaheedhun says:
    1 month ago

    Migawumugaa mi hunnevee dhivehi raajjeah amilla gaumah kudavesq agaleh kuluneh huri verieh noon, ehen namathaa Shaheedhunge dhuvahuge zikuraa aakuraanee Shaheedhunge vaahaka dhakkaanee ves, meehama bagheenge sarukaareh laadheenee sarukaareh jaahilu verikameh migaumugaa miothee mi gaumuge lobuvethi 19 dheveheen maraa leyohuruvee ves hama mi makkaaru sarukaaru thereah nisbaiy vaa baigandeh beyruge faranjeen thakakaa gulhigen, mi makkaaru sarukaaruge dhaurugaa nasruge kithah dhuvas mibaigandaa badhdhalu koffi tho? Emme kudaminunq nasruge dhuvahey ves bunelan kerunuthoa?? Ekamaku ves beyru gaumakun Emme faranjeeaku maruvias thauziyaa fonuvaa roi heyri nuvithaakah vafudhu vafudhah furafuraigen ethanakah ves dhaane, adhi kobaithoa Indiaage gerieh maruvejje nama aruvaalaane varekeee!!!??

    Reply
  2. ވ says:
    1 month ago

    ސުއޫދާ އިލްތިމާސް ހުރީ އަށްނަދައުރުގެ.ވެރިކަމަ،ް.ފައިނެގުމުގާ

    Reply

Leave a Reply Cancel reply

ކިޔުންތެރިންގެ ހިޔާލު

ADVERTISEMENT

މަގުބޫލް ލިޔުންތައް

  • ޒޯޔާ ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ފުލުހުން ބުނެފި

    ޒޯޔާ ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ފުލުހުން ބުނެފި

    0 shares
    Share 0 Tweet 0
  • މިކަންކަން ދިމާވާނަމަ ތިޔައީ ލޯބިވެރިޔާ އަށް މުހިއްމު މީހެއް ނޫން

    0 shares
    Share 0 Tweet 0
  • ވިލިމާލެއިން ގެއްލިގެން ހޯދަމުން ދިޔަ ކުއްޖާ ފެނިއްޖެ

    0 shares
    Share 0 Tweet 0
  • މަރާލާފައިވާ އަންހެނެއްގެ ހަށިގަނޑު ރޭލު ސްޓޭޝަނެއްގައި ބަހައްޓާފައި ހުރި ކުނިއަޅާ އެއްޗެއްގެ ތެރެއިން ފެނިއްޖެ

    0 shares
    Share 0 Tweet 0

DhiDaily©2020

No Result
View All Result
  • ފުރަތަމަ ސަފުހާ
  • ޚަބަރު
  • ރިޕޯޓް
  • ދުނިޔެ
  • ދީން
  • ވިޔަފާރި
  • ކުޅިވަރު
  • ވާހަކަ
  • މުނިފޫހިފިލުވުން
  • ތަފާތް
  • ގެލެރީ
  • ENG

DhiDaily©2020

Login to your account below

Forgotten Password?

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In