ދިވެހިބަސް ކުރިއެރުވުމަށްޓަކައި އެކަމަށް ޚާއްސަ މަޝްރޫޢުއެއް ހިންގަންޖެހިފައިވާ ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ.ޢާއިޝަތު ޢަލީ މިއަދު ވިދާޅުވެއްޖެއެވެ.
މާދަރީ ބަހުގެ ދުވަހުގެ ތަހުނިޔާ ވިދާޅުވެ މިނިސްޓަރު ޢާންމުކުރެއްވި ކުރު ބަޔާނެއްގައި ވިދާޅުވީ އަހަަރަކު އެއްފަހަރު ފާހަގަކުރާ މާދަރީ ބަހުގެ ދުވަހުގެ އަސަރުން ދިވެހިބަސް ކުރިއަރާނެ ކަމަކަށް ގަބޫލެއް ނުކުރެއްވޭ ކަމަށެވެ. އެހެންކަމުން ދިވެހިބަސް ކުރިއެރުވުމަށްޓަކައި އެކަމަށް ޚާއްސަ މަޝްރޫޢުއެއް ހިންގަންޖެހިފައިވާ ކަމަށް ދެކެވަޑައިގަންނަވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
”އަޅުގަނޑުމެން ދެކެންވީ ދިވެހިބަހަކީ ދިވެހި ޤައުމިއްޔަތުގެ އެންމެ މުހިންމު ރުކުން ކަމަށް. ވަތަނިއްޔަތުގެ މައި ތަނބުކަމަށް. މިނިވަންކަމުގެ މުހިންމު އެއް ސަބަބެއް ކަމުގައި.“
އަދި މަދަރުސާތަކުން ނުކުންނާނޭ ޖީލުތައް ދިވެހިބަހަށް ދޭ ގަދަރު މަތިވެރި ކުރުމަށާއި، ދިވެހިބަހަށް ލޯބި ޖެއްސުމަށާއި، ދިވެހި ބަހަށާއި ދިވެހި ފަސްގަނޑަށް އޮންނަ ކުލުނު އިތުރުކުރުމަށްޓަކައި ކޮންމެ މަދަރުސާއަކުން ވެސް ކަމުގެ މުހިންމުކަމާއި ހައްސާސްކަމާމެދު ފިކުރު ހިންގައި ރިވެލިކޮށް، ޚާއްސަ ހަރަކާތްތަކެއް ރާވައި ދެމިގެންދާ ގޮތަށް މަދަރުސާތަކުގައި ތަންފީޒުކުރަމުން ގެންދިއުމަށް އެދިވަޑައިގަންނަވާކަމަށް ވެސް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ.
Komme meehakuves Tv ah araivarah baarah thiyahen buney ekamaku fennaneechokuhundhaathan