ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން، ކިއުއާރް ކޯޑް ބޭނުންކޮށްގެން ހިންގާ މުއާމަލާތްތައް 750 ރުފިޔާއަށް ލިމިޓްކޮށްފިއެވެ.
ބީއެމްއެލްގެ ކިއުއާރް ކޯޑް ބޭނުންކޮށްގެން ހިންގާ މުއާމަލާތްތަކަށް މީގެކުރިން ވަކި ލިމިޓެއް ކަނޑައަޅާފައެއް ނޯވެއެވެ.
ބީއެމްއެލްއިން މިއަދި ބުނީ ކިއުއާރް ބޭނުންކޮށްގެން މޯބައިލް ވޮލެޓުން ކުރެވޭ ކޮންމެ މުއާމަލާތެއްގެ އެންމެ މަތީ އަދަދަކީ 750 ރުފިޔާ ކަމަށެވެ.
އަދި ކިއުއާރް ބޭނުންކޮށްގެން މޯބައިލް ވޮލެޓުން ދުވާލެއްގެ މައްޗަށް ކޮންމެ ކަސްޓަމަރަކަށް ކުރެވޭނީ 10 މުއާމަލާތްކަމަށް ވެސް ބީއެމްއެލްއިން ބުންޏެވެ. މި ލިމިޓްތަކަށްވުރެ އިތުރަށް ބޭނުންވާ ކަސްޓަމަރުންނަށް ކާޑު ބޭނުންކޮށްގެން މުއާމަލާތް ކުރުމުގެ ފުރުސަތު ލިބޭނެކަމަށް ވެސް ބީއެމްއެލްއިން ބުންޏެވެ.
ބީއެމްއެލްއިން މި ބަދަލު ގެނައީ މަކަރާއި ހީލަތުން ހިންގާ ސްކޭމް ޓްރާންސެކްޝަންތަކުުން ކަސްޓަމަރުންނަށް ލިބޭ ގެއްލުން ކުޑަކުރުމަށްޓަކައެވެ.
ބެއްކުގެ އިތުބާރުގެއްލިއްޖެ އަބުރާ ދެއްނުލިބޭނެ