އައްޑުއަށް ވަޑައިގެން ކުރެއްވި މަސައްކަތުން މަޝްރޫޢުތަކުގެ ސްޕީޑް އަވަސް ކުރެވިއްޖެ ކަމަށް ހައުސިންގ މިނިސްޓަރު މުޙައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.
ސަރުކާރުން އައްޑޫގައި ހިންގަމުން އަންނަ މަޝްރޫޢުތަކާމެދު ޢާންމުންގެ ކަންބޮޑުވުން ހުރުމުން އެކަންކަން ހައްލު ކުރެއްވުމަށް މި މަހުގެ 11 ވަނަ ދުވަހު އެ ސިޓީއަށް ވަޑައިގަތެވެ.
އެ ދަތުރުފުޅާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މެންބަރަކު ކުރެއްވި ސުވާލަށް ޖަވާބުދެއްވަމުން އަސްލަމް ވިދާޅުވީ އައްޑުއަށް ވަޑައިގެން ކުރެއްވެވުނު މަސައްކަތުން ހައްލެއް ހޯދިފައިވާ ކަމަށެވެ.
“އަޅުގަނޑަށް އައްޑުއަށް ގޮސްގެން މަސައްކަތްތަކަކަށް ހައްލުތައް ހޯދައިދެވިއްޖެކަމަށް އަޅުގަނޑު ގަބޫލުކުރަން. މަސައްކަތްތަކުގެ ސްޕީޑް ވެސް ރަނގަޅުވަމުންދާ ކަމަށް ގަބޫލުކުރަން.“
އަސްލަމް ވިދާޅުވީ އައްޑޫގެ މަޝްރޫޢުތަކުގައި ހުރި މައްސަލަތައް ފާހަގަކުރެވިފައިވާ ކަމަށާއ ހައްލު ހޯދެން ހުރި ކަންކަމަށް ހައްލު ހޯދުމަށްމަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށެވެ.