ކ.ހިންމަފުށިން ގޯތި ދޫކުރަން ނިންމައި ގޯއްޗަށް ކުރިމަތިލުމަށް ހުޅުވާލައިފިއެވެ.
ހިންމަފުށީ ކައުންސިލްގެ އިދާރާއިން ހާމަކުރި ގޮތުގައި އެ ރަށުން މިހާރު ދޫކުރަން ނިންމާފައިވަނީ 1600 އަކަފޫޓުގެ 288 ގޯއްޗެވެ.
ގޯއްޗަށް އެދި ހުށަހަޅާ ފޯމު ބަލައިގަތުމަށް ހަމަޖެހިފައިވަނީ މާޗު މަހުގެ 06 ދުވަހުން ފެށިން 19 އޭޕްރީލުގެ ނިޔަލަށް ރަސްމީ ކޮންމެ ދުވަހެއްގެ ހެނދުނު 10:00 އިން 13:00 އަށް އަދި ރޭގަނޑު 21:00 އިން 22:00 އަށެވެ.
ހިންމަފުށިން ބަންޑާރަ ގޯތި ދޫކުރުމުގެ އުސޫލާއި, ގޯތި ދޫކުރާ ސަރަހައްދު ދައްކައިދޭ ޗާޓާއި ގޯއްޗަށް އެދި ހުށަހަޅާ ފޯމު މިހާރު ވަނީ ދިވެހި ސަރުކާރުގެ ގެޒެޓްގައި ޝާއިއުކޮށްފައެވެ.