ބުދަ, ޖޫން 7, 2023
DhiDaily
  • ފުރަތަމަ ސަފުހާ
  • ޚަބަރު
  • ރިޕޯޓް
  • ދުނިޔެ
  • ދީން
  • ވިޔަފާރި
  • ކުޅިވަރު
  • ވާހަކަ
  • މުނިފޫހިފިލުވުން
  • ތަފާތް
  • ގެލެރީ
  • ENG
No Result
View All Result
  • ފުރަތަމަ ސަފުހާ
  • ޚަބަރު
  • ރިޕޯޓް
  • ދުނިޔެ
  • ދީން
  • ވިޔަފާރި
  • ކުޅިވަރު
  • ވާހަކަ
  • މުނިފޫހިފިލުވުން
  • ތަފާތް
  • ގެލެރީ
  • ENG
No Result
View All Result
DhiDaily
No Result
View All Result

ރޯދަމަހަށް ޚާއްސަކޮށްގެން ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އެސްޓީއޯގެ ފިހާރައެއް ހުޅުވަނީ

މުހައްމަދު އާސިފް ލިޔުނީ: މުހައްމަދު އާސިފް
ފެބްރުއަރީ 21, 2023
ވިޔަފާރި
0
ރޯދަމަހަށް ޚާއްސަކޮށްގެން ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އެސްޓީއޯގެ ފިހާރައެއް ހުޅުވަނީ

ރޯދަމަހަށް ޚާއްސަކޮށްގެން ހުޅުމާލެ ދެވަނަ ފިޔަވަހީގައި އެސްޓީއޯއިން ފިހާރައެއް ހުޅުވަން ނިންމައިފިއެވެ.

އެސްޓީއޯއިން މިއަދު ބުނީ ރޯދަމަހަކީ އަބަދުވެސް ބާޒާރުގައި ކާބޯތަކެތީގެ އަގުތައް އުފުލި، އެ ތަކެތި ލިބުމުގެ ދަތިކަން އިންތިހާއަށް އިހްސާސް ކުރެވޭ ދަނޑިވަޅެއް ކަމަށާއި، އާންމުންގެ މިފަދަ ޝަކުވާތަކާއި ނުތަނަވަސްކަމަށް ހައްލު ހޯދައިދިނުމަކީ 1964 ވަނަ އަހަރު ”އަތިރީ މާފަންނު“ ނަމުން އެސްޓީއޯ އުފެދުމުގެ މައިގަނޑު އެއް އަސްލު ކަމަށެވެ.

މިއަދާ ހަމައަށްވެސް އެސްޓީއޯ ހިންގަމުން އަންނަނީ މި އަސްލުގެ މަތީގައި ކަމަށާއި، އެއިރެއްގައި އާންމުންނަށް ދިމާވެފައިވާ ދަތިތަކަށް ޒަމާނީ ހައްލު ހޯދައިދިނުމަކީ އަމާޒެއް ކަމަށް އެ ކުންފުނިން ބުންޏެވެ. އަދި މާކެޓް ޓްރެންޑްތަކަށް އަންނަ ބަދަލުތަކާއި އެކު ދިމާވެދާނެ ކަންކަމަށް ތައްޔާރުވުމަކީ ވެސް އެހާމެ މުހިންމުކަމެއްކަން އެސްޓީއޯއިން ފާހަގަކުރިއެވެ.

”މި އަހަރުގެ ރޯދަމަސް ކައިރިވަމުން އައުމާއެކު އެސްޓީއޯއަށް ލިބެމުން އަންނަ އެންމެ ބޮޑު އެއް ޝަކުވާއަކީ ފިޔާ، އަލުވި އަދި ބިސް ފަދަތަކެތީގެ އަގުތައް އަރައިގެން ގޮސްފާނެކަމުގެ ޝަކުވާ. އަދި ހުޅުމާލޭގައި މިވަގުތު އެސްޓީއޯގެ ފިހާރަ މަރާމާތުކުރުމަށް ބަންދު ކޮއްފައި ހުރުމާއެކު އެސްޓީއޯއިން ޒަރޫރީ ބޭނުމަށް އެތެރެކުރާ ކާބޯތަކެތި ލިބޭނޭ އެސްޓީއޯގެ ފިހާރައެއް ނެތްކަމުގެ ޝަކުވާ. އެއީ ހުޅުމާލޭ ފަދަ ބޮޑު އާބާދީއެއްގައި އެސްޓީއޯގެ ފިހާރައެއް ނެތުމުން ތަކެތީގެ އަގު ބޮޑުވެގެން ގޮސްދާނޭކަމުގެ ޝަކުވާ.“

އެއާއެކު މާލެއަށް ދަތުރުކޮށް ކިއުގައި ޖެހެން ޖެހިދާނޭކަމުގެ ބިރު ވެސް އެބައޮތް ކަމަށާއި ރަނގަޅު ރޭޓެއްގައި ތަކެތިހޯދުމަށް ބާޒާރުމަތީ އެއްތަނުން އަނެއްތަނަށް ދުވަންޖެހިދާނޭ ކަމުގެ ނުތަނަވަސްކަން ވެސް އެބައޮޮތް ކަމަށެވެ.

މިފަދަ މުހިންމު ޝަކުވާތައް ދެނެގަނެ ޒަމާނީ ހައްލު ހޯދައިދިނުމުގެ ގޮތުން ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ވިނަރެސް ފްލެޓް ތިރީގައި ރޯދަމަހަށް ޚާއްސަ ކޮށްގެން ފިހާރައެއް ހުޅުވުމުގެ މަސައްކަތް ފަށާފައިވާ ކަމަށް އެސްޓީއޯއިން ބުންޏެވެ.

”ބޭނުމަކީ އެސްޓީއޯގެ މުދާ ރަނގަޅު ރޭޓެއްގައި ރައްޔިތުންނަށް ފަސޭހަކަމާއެކު ފޯރުކޮށްދިނުން.“

ފިހާރަ ހުޅުވުމުގެ މަސައްކަތް ބާރު ދުވެލީގައި ކުރެވެމުން އަންނަ ކަމަށާއި، އަންނަ މާޗުމަހުގެ ނިޔަލަށް ފިހާރަ ހުޅުވޭނެ ކަމަށް ލަފާކުރެވޭ ކަމަށް އެސްޓީއޯއިން ބުންޏެވެ.

އެސްޓީއޯއިން ބުނި ގޮތުގައި ފިހާރައިން ރީޓެއިލް އަދި ހޯލްސޭލްގެ ޚިދުމަތް ވެސް ލިބިގެންދާނެއެވެ. އަދި އެސްޓީއޯއިން އާންމުކޮށް އެތެރެކުރެވޭ ބާވަތްތައް ފިހާރައިން ލިބޭނެ ކަމަށާއި، މީގެ އިތުރުން ރޯދަމަހަށް ޚާއްސަކޮށްގެން އެތެރެކުރެވޭ ފިޔާ, އަލުވި އަދި ބިސް ވެސް ލިބޭނެ ކަމަށެވެ.

އެސްޓީއޯއިން ބުނީ އަންނަ މަހުގެ ކުރީކޮޅުގައި އެސްޓީއޯއަށް ފިޔާ، އަލުވި އަދި ބިހުގެ ސްޓޮކް ލިބިގެންދާނެ ކަމަށެވެ. އެ އަގުތައް ހިފެހެއްޓުމުގެ ގޮތުން ހުސްވިޔަ ނުދީ އާންމުންނާ ހަމައަށް ފޯރުކޮށްދިނުމަށް މިހާރު ތައްޔާރުވެފައިވާ ކަމަށް ވެސް އެސްޓީއޯއިން ބުންޏެވެ.

Tags: އެސްޓީއޯ

ގުޅުންހުރި ލިޔުންތައް

އެޕަލް ވިޝަން ޕްރޯ އާންމުންނަށް، އަގަކީ 3،499 ޑޮލަރު!

އެޕަލް ވިޝަން ޕްރޯ އާންމުންނަށް، އަގަކީ 3،499 ޑޮލަރު!

ޖޫން 7, 2023
ބޭންކުތައް ބޮޑު އީދު ބަންދުގައި ހުޅުވާނީ މި މަހު 26 ގައި އެކަނި- އެމްއެމްއޭ

ބޭންކުތައް ބޮޑު އީދު ބަންދުގައި ހުޅުވާނީ މި މަހު 26 ގައި އެކަނި- އެމްއެމްއޭ

ޖޫން 6, 2023
އެސްޓީއޯ ”މަގޭ ހިޔާ“ ޕްރޮމޯޝަން ފަށައިފި

އެސްޓީއޯ ”މަގޭ ހިޔާ“ ޕްރޮމޯޝަން ފަށައިފި

ޖޫން 6, 2023
ސިންގަޕޯ އެއާރލައިންގެ ދަތުރުވެރިންނަށް ފުލައިޓުގައި ވައިފައި ދޭން ފަށައިފި

ސިންގަޕޯ އެއާރލައިންގެ ދަތުރުވެރިންނަށް ފުލައިޓުގައި ވައިފައި ދޭން ފަށައިފި

ޖޫން 6, 2023

Leave a Reply Cancel reply

ކިޔުންތެރިންގެ ހިޔާލު

ADVERTISEMENT

މަގުބޫލް ލިޔުންތައް

  • މާލެ ސިޓީ ކައުންސިލުން މާލެއާއި ހުޅުމާލޭގައި ބަހުގެ ޚިދުމަތް ފަށައިފި

    މާލެ ސިޓީ ކައުންސިލުން މާލެއާއި ހުޅުމާލޭގައި ބަހުގެ ޚިދުމަތް ފަށައިފި

    0 shares
    Share 0 Tweet 0
  • ދުނިޔޭގެ އެންމެ ފުރިހަމަ ހޮޓަލުގެ އެވޯޑު ރާއްޖޭގެ ރިސޯޓަކަށް ލިބިއްޖެ

    0 shares
    Share 0 Tweet 0
  • ރ. އަތޮޅު ކޮޓަފަރުގައި ސަނީ ލިއޯން ޗުއްޓީ ހެދަކޮށްލުމަށް ރާއްޖެ އައިސްފި

    0 shares
    Share 0 Tweet 0
  • ކަޅު ހެދުން ދޮންނަ އިރު އެލްމެނިޔުން ފޮއިލް އަޅަނީ ކީއްވެކަން އެނގޭތަ؟

    0 shares
    Share 0 Tweet 0

DhiDaily©2020

No Result
View All Result
  • ފުރަތަމަ ސަފުހާ
  • ޚަބަރު
  • ރިޕޯޓް
  • ދުނިޔެ
  • ދީން
  • ވިޔަފާރި
  • ކުޅިވަރު
  • ވާހަކަ
  • މުނިފޫހިފިލުވުން
  • ތަފާތް
  • ގެލެރީ
  • ENG

DhiDaily©2020

Login to your account below

Forgotten Password?

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In