އިންޑިއާގައި އަންހެނަކު އޭނާގެ ފިރިމީހާ އާއި މައިދައިތަ މަރާލުމަށްފަހު، އެ މީހުންގެ ހަށިގަނޑު ކޮށާލަފައި، ފްރިޖެއްގެ ތެރެއަށް ލާފައި ބަހައްޓައިފިއެވެ.
ވަންދަނާ ކަލިތާ، ކިޔާ މި އަންހެން މީހާއަކީ އިތުރު ފިރިހެނަކާއި ގުޅުން ބާއްވަމުން ދިޔަ މީހެއްކަމަށް ބުނައެވެ.
މި ހާދިސާ ހިނގާފައި ވަނީ އިންޑިޔާގެ ގުވަހަޓީ ސިޓީގައެވެ.
ފުލުހުން ބުނީ އޭނާގެ ފިރިމީހާ އަމަރްޖޯތީ ޑޭ އާއި މައިދައިތަ ޝަންކަރީ ޑޭ މަރާލިތާ ތިން ދުވަސް ފަހުން، އެ އަންހެން މީހާ އާއި އޭނާގެ ލޯބިވެރިޔާ، އެ މީހުންގެ ހަށިގަނޑުގެ ބައިތައް ގެންދިޔައީ ގުވަހާޓީއާ ގާތްގަނޑަކަށް 150 ކިލޯމީޓަރު ދުރުގައި އޮންނަ އަވަށްޓެރި މެގަލަޔާގެ ޗެރަޕުންޖީއަށް ކަމަށެވެ.
އެތަނުގައި ދެމީހުން ހަށިގަނޑުގެ ބައިތައް އުކާލިއިރު، ފުލުހުންނަށް ވަނީ އެ މީހުންގެ ހަށިގަނޑުގެ ބައިތައް ފެނިފައެވެ.
”ވަންދަނާ އެ މީހުން މަރާލީ ހަށިގަނޑުތައް ކުދިކޮށް ކޮށާލުމުގެ ކުރިން. އެއަށްފަހު ހަށިގަނޑުގެ ބައިތައް ފްރިޖެއްގެ ތެރޭގައި ރައްކާކޮށްފައި ބެހެއްޓި“. ފުލުހުން ބުނެފައި ވެއެވެ.