ރައްޔިތުންނަށް ރަނގަޅު ޚިދުމަތެއް ދެއްވެވޭނީ ސިކުނޑީގެ މައްސަލައަށް ބޭސްކުރައްވައި އެ ކަންތައްތައް ރަނގަޅު ކުރައްވައިގެން ކަމަށް ވިދާޅުވެ، ސިކުނޑީގެ މައްސަލައަށް ފުރަތަމަ ބޭސްކުރެއްވުމަށް ނޮޅިވަރަމް ދާއިރާގެ މެންބަރު މުޙައްމަދު ނަޝީދު (މޮސްޓާ) ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ކިބައިން އެދިވަޑައިގެންފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މޮސްޓާ ވިދާޅުވީ ނަޝީދު އިންނަވަނީ މަޖިލީހުގައި ބޭނުންހާ ގޮތަކަށް ކަންތައްތައް ކުރަން ފުރުސަތު ދެއްވައިގެން ކަމަށާއި އެއްވެސް ކަމެއް ހައްލެއް ނުކުރެއްވޭ ކަމަށެވެ.
”ތިބޭފުޅާ ވެސް ނަފުސާނީވެފައި ކަންނޭނގެ ތި 6 މޭގެ ހަމަލައަކާ ގުޅިގެން ތި އިންނަނީ މިހާރު. އަޅުގަނޑަށް ފެންނަނީ އެކަހަލަ ގޮތަކަށް. ދެން ކުރިން ވެސް އަޅުގަނޑު ގަބޫލު ކުރަނީ ނަފުސާނީވެގެން ކަމަށް އިސްތިއުފާދިނީ ވެސް. ހަމައިގައި ހުރެގެން އިސްތިއުފާއެއް ނުދޭނެ މަންޑޭލާ ހެދިގެން އުޅޭ ބޭފުޅަކު އެއްވެސް ހާލެއްގައެއް. ހަމަ ޓީވީ ކުރިމަތީގައި ބުނަންވީތާ ތިމަންނައަށް ބިރުދެއްކީމައޭ. އޭގެ 24 ގަޑިއިރު ފަހަކުން ނޫން ކަންނޭނގެ އެނގޭނީ ބިރުދެއްކި ކަމެއް.“
މޮސްޓާ ވިދާޅުވީ އެއީ ވެސް ހަމަ ނަފުސާނީ ބަލިމަޑުކަމެއް ކަމަށް ބެލެވޭ ކަމަށެވެ. އެހެންވީމާ ފުރަތަމަ ބޭސްކުރައްވައި ރަނގަޅު ކުރައްވަންވީ ސިކުނޑީގެ މައްސަލަ ކަމަށް މޮސްޓާ ވިދާޅުވިއެވެ.
”އެކަންތައްތައް ކުރުމަށް ގޮވާލަމުން އަޅުގަނޑުގެ ވާހަކަކޮޅު ނިންމާލަން.“ މޮސްޓާ ވިދާޅުވިއެވެ.
މިސްޓާ ވިދާޅުވީ ރަނގަޅު ވާހަކައެއް
ގ.ކެނެރީގޭ ނަޝީދަކީ ހަމަ ސިކުނޑީގެ
މައްސަލައެއް އުޅޭމީހެއް ކުރެވޭ ނުކުރެވޭ ކަމެއް ދެކެވޭނުދެކެވޭ ވާހަކައެއް ނޭނގޭނެ!