އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ރައީސް މުޙައްމަދު ނަޝީދަށް ތާއީދުކުރެއްވި ސަރުކާރުގެ ބައެއް މުވައްޒަފުން ވަޒީފާއިން ވަކި ކުރަމުންދާ ކަމަށް އުނގޫފާރު ދާއިރާގެ މެންބަރު މުޙައްމަދު ވަޙީދު (ވައްޑެ) މިއަދު ވިދާޅުވެއްޖެއެވެ.
ވައްޑެ މިހެން ވިދާޅުވީ ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވި މަސައްކަތުގެ މާހައުލުގެ ސަލާމަތާއި ސިއްހީ ރައްކާތެރިކަމުގެ ބިލަށް ބަހުސްކުރައްވަމުންނެވެ.
އެއީ ވަރަށް ރަނގަޅު ބިލެއް ކަމަށާއި، ކިޔައިލާއިރުގައި ހަމަ ވަރަށް ރީތި އިބާރާތްތަކެއް، ވަރަށް ރީތި މާއްދާތަކެއް އެބަހުރި ކަމަށާއި އެހެންނަމަވެސް ބިލުގައިވާ ކަންކަން ޤާނޫނަކަށް ހަދައިގެން ފާސްކުރުމުން އެއާ އެއްގޮތަށް އަމަލުކުރެވޭނެތޯ ވައްޑެ ސުވާލު ކުރެއްވިއެވެ.
އެއަށްފަހު ވައްޑެ ވިދާޅުވީ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ރައީސް މުޙައްމަދު ނަޝީދަށް ތާއީދުކުރައްވައި އެމަނިކުފާނާއެކު މަސައްކަތް ކުރެއްވި އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުގެ ޑިރެކްޓަރު ޖެނެރަލް ޙުސައިން ޝިހާމް މަޤާމުން ވަކިކޮށްފައިވާ ކަަމަށެވެ.
ނުފޫޒ ފޯރުވާ މިންވަރު. މި ދެންނެވި މިނިވަން މުސްތަޤިއްލުކޮށް މި އޮތް ސިވިލް ސަރވިސްގެ ތެރެއަށް މިހާރު ނުފޫޒު ވަދެފައި އޮތް މިންވަރު. އެ ތަނުގައި ނުހުންނާނެ ވަކި އެއަކަށް ވުރެ ޤާބިލު އެއަކަށްވުރެ ތަޖުރިބާކާރު އަދި ޒުވާން ހުނަރުވެރި، މޮޅ ބޭފުޅެއް. ހަމަ ކަނޑާލައިފި އިއްޒަތްތެރި ރައީސް. އޭނައަށް އެކަށީގެންވާ ގޮތަށް ޖަވާބުދާރީވާނެ ފުރުސަތެއް ވެސް ނުދީ.
ވައްޑެ ވަނީ އުނގޫފާރާއި ޖެހިގެން އޮތް ދުވާފަރުގެ ހެލްތު ސެންޓަރުގެ މެނޭޖަރު ޢާމިރު އަޙްމަދު ވެސް މަޤާމުން ވަކިކޮށްފައިވާ ކަަމަށް ވެސް ވިދާޅުވެފައެވެ.
Keynvebaa vadde magaamun dhurunukuranee