އދ.މަންދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ މަސައްކަތުގެ %73 މިހާރު ނިމިފައިވާ ކަމަށް އެމްޓީސީސީން ބުނެފިއެވެ.
އެމްޓީސީސީން މިއަދު ބުނީ އެ މަޝްރޫޢުގެ ދަށުން ކުރިއަށް ގެންދިޔަ އެއްގަމު ތޮށިލުމުގެ މަސައްކަތް މިހާރު ނިމިފައިވާ ކަމަށެވެ. އަދި ހާބަރ ޕޭވްމެންޓް ހެދުމުގެ މަސައްކަތުގެ %44 ނިމިފައިވާ ކަމަށެވެ.
މަންދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ ދަށުން އެއްގަމު ތޮށިލާފައިވަނީ 266 މީޓަރުގެ ސަރަހައްދެއްގައެވެ.
29.3 މިލިއަން ރުފިޔާގެ މި މަޝްރޫޢުގެ ދަށުން 52,271 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކުރުމާއި، 35,849 ކިއުބިކް މީޓަރުގެ ނެރު ފުންކުރުމާއި، 40 މީޓަރުގެ ސަރަހައްދެއްގައި ބޭރުބތޮށިލުމާއި، 156 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖެހުމާއި، 186 މީޓަރުގެ ސަރަހައްދެއްގައި ގްރޮއިން ޖެހުމުގެ މަސައްކަތް ކުރާނެއެވެ.
އޭގެއިތުރުން މަގު ބައްތި ހަރުކުރުމާއި 1,275 އަކަ މީޓަރުގެ ސަރަހައްދެއްގައި ޕޭވްމަންޓް ހެދުމުގެ މަސައްކަތް ހިމެނެއެވެ.