މި މަހުގެ 14 ވަނަ ދުވަހު ހުޅުމާލޭގައި ހިނގި އެކްސިޑެންޓެއްގެ މަޢުލޫމާތު އެނގޭ ނުވަތަ މަންޒަރު ދުށް ބަޔަކުވޭތޯ ބަލަން ބޭނުންވާކަމަށް ފުލުހުން މިއަދު ބުނެފިއެވެ.
މި މަހުގެ 14 ވަނަ ދުވަހުގެ ހެނދުނު 08:25 ހާއިރު ހުޅުމާލެ ފޭސް 01 ގެ ހައިވަކަރު މަގާއި ސައިމާ ހިނގުން ގުޅޭ ކަންމަތީގައި ދެ ސައިކަލު ޖެހި އެކްސިޑެންޓެއް ހިނގާފައިވެއެވެ.
ފުލުހުން މިއަދު ބުނީ އެ އެކްސިޑެންޓުގެ މަޢުލޫމާތު އެނގޭ ނުވަތަ މަންޒަރު ދުށް ބަޔަކުވޭތޯ ބަލަން ބޭނުންވާ ކަމަށެވެ.
އެހެންކަމުން އެ އެކްސިޑެންޓުގެ މަންޒަރު ދުށް ނުވަތަ އެ އެކްސިޑެންޓާގުޅޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާ ފަރާތެއްވާނަމަ ހުޅުމާލެ ފޭސް 01 ގެ އިންވެސްޓިގޭޝަން ޑިއުޓީ ނަންބަރު 9980062 އަށް ގުޅުއްވައި ހިއްސާކުރެއްވުމަށް ފުލުުހުން ވަނީ އެދިފައެވެ.