ރިޔާސީ އިންތިޚާބަށް ކުރިމަތިލުމަށް ކަނޑައަޅާފައި އޮންނަ މުއްދަތު އިތުރުކުރަން ޤާނޫނަށް އިސްލާހެއް ހުށަހަޅުއްވައިފިއެވެ.
ސަރުކާރުގެ ފަރާތުން ރިޔާސީ އިންތިޚާބުގެ ޤާނޫނަށް މި އިސްލާހު ހުށަހެޅުއްވީ ކެލާ ދާއިރާގެ މެންބަރު އިބްރާހީމް ޝަރީފެވެ.
ރިޔާސީ އިންތިޚާބުގެ ޤާނޫނުގައިވާ ގޮތުން ރިޔާސީ އިންތިޚާބަށް ކުރިމަތިލުމަށް އެދޭ މީހުންނަށް އިލެކްޝަން ކޮމިޝަނަށް ފޯމު ހުށަހަޅަން 10 ދުވަހުގެ މުއްދަތެއް ދޭން ޖެހެއެވެ.
ސަރުކާރުން ހުށަހެޅީ މުއްދަތު 14 ދުވަހަށް އިތުރުކުރުމެވެ.
އެ ބަދަލު ގެންނަން ނިންމީ މިހާރު އެކަމަށް 10 ދުވަހުގެ މުއްދަތެއް ކަނޑައަޅާފައި އޮތުމުން އެ މުއްދަތު ކުރުކަމުން އިންތިޚާބަށް ކުރިމަތިލައްވާ ފަރާތްތަކަށް ބޮޑެތި އުނދަގޫތަކެއް ކުރިމަތިވާތީއެވެ.
މި އަހަރުގެ ރިޔާސީ އިންތިޚާބު ބާއްވަން ތާވަލުކޮށްފައިވަނީ ސެޕްޓެމްބަރު 09 ގައެވެ. ދެވަނަ ބުރަކަށް ގޮސްފިނަމަ އެ ބުރުގެ ވޯޓުލުން ބާއްވަން ތާވަލުކޮށްފައިވަނީ ސެޕްޓެމްބަރު 30 ގައެވެ.