ޖުޑީޝަލް ސަރވިސް ކޮމިޝަނުން ޖުޑީޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓް އަޙްމަދު އާމިރު ސަސްޕެންޑްކޮށްފިއެވެ.
އާމިރު ސަސްޕެންޑްކުރީ އޭނާ ދ.ކުޑަހުވަދުއަށް ރަށްވެހިކަން ބަދަލުކުރުމަށް އެދި އެ ރަށު ކައުންސިލު އިދާރާއަށް ހުށަހެޅުއްވިއިރު, ދޮގު މަޢުލޫމާތު ދެއްވާފައިވާތީއާއި, ބަޔަކު ލައްވައި ދޮގު ހެކިބަސް ދީފައިވާތީއެވެ.
ޖޭއެސްސީން މިއަދު ބުނީ ދައުލަތުގެ އިދާރާއަކަށް ދޮގު މަޢުލޫމާތު ދިނުމަކީ ކޮށްގެންވާނެ ޢަމަލެއް ކަމަށް ގަބޫލުނުކުރެވޭތީއާއި, ޢާމިރުގެ މި ޢަމަލަކީ ޤާނޫނުލް އުޤޫބާތުގެ 521 ވަނަ މާއްދާގެ ދަށުން ރަސްމީ އިދާރާއަކަށް ދޮގު މަޢުލޫމާތު ދިނުމުގެ ޢަމަލެއް ކަމަށެވެ.
އާމިރުގެ މި ޢަމަލަކީ ޤާނޫނުއަސާސީގެ 142 ވަނަ މާއްދާއާއި, ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނާއި, ފަނޑިޔާރުންގެ ސުލޫކީ މިންގަނޑާ ޚިލާފު ޢަމަލެއްކަމަށްވާތީ މި މަހުގެ 19 ވަނަ ދުވަހުން ފެށިގެން 2 ހަފުތާއަށް ވަޒީފާގެ މަސައްކަތަށް ނުކުތުން (މުސާރައާއި އިނާޔަތް ނުލިބޭ ގޮތަށް) މަނާކޮށްފައިވާ ކަމަށެވެ.
ދޮގު މަޢުލޫމާތު ދީފިނަމަ ވަޒީފާއިން ވަކިކުރަން ޖެހޭނެ….ހަމަ ވިސްނުމަކުން ވިސްނައިފިނަމަ އެކަން ކުރަން ޖެހޭނެ..ދޮގުހަދާ މީހުން ގާޒީންނަށް ބޭތިއްބުމަކީ ނުރައްކަލެއް.