ރަސްމީ ދަތުރުފުޅެއްގައި ދިފާޢީ ވަޒީރު މާރިޔާ އަޙްމަދުދީދީ މިއަދު ޔޫއޭއީއަށް ފުރާވަޑައިގެންފިއެވެ.
ދިފާޢީ ވަޒީރު މާރިޔާގެ މި ދަތުރުފުޅަކީ މިއަދުން ފެށިގެން މި މަހުގެ 24 ވަނަ ދުވަހުގެ ނިޔަލަށް އަބޫދާބީގައި ކުރިއަށް ގެންދާ އިންޓަނޭޝަނަލް ޑިފެންސް އެގްޒިބިޝަން އެންޑް ކޮންފަރެންސްގައި ބައިވެރިވެވަޑައިގަތުމަށް ކުރައްވާ ދަތުރުފުޅެކެވެ.
މި ދަތުރުފުޅުގައި ވަޒީރުގެ އަރިހުގައި ސިފައިންގެ ބައެއް އިސް ބޭފުޅުން ވެސް ބައިވެރިވެވަޑައިގަންނަވައެވެ.
އޭގެތެރޭގައި ޗީފް އޮފް ޑިފެންސް ފޯސް ޝަމާލް ވެސް ހިމެނިވަޑައިގަންނަވައެވެ.