ސިންގަޕޫރަށް ކުރައްވާ ނުރަސްމީ ދަތުރުފުޅެއްގައި ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް މިއަދު ފުރާވަޑައިގަންނަވާނެ ކަމަށް ރައީސް އޮފީހުން ބުނެފިއެވެ.
މިކަން ހާމަކުރެއްވީ ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުޙައްމަދު މިއަދު ކުރެއްވި ޓުވީޓެއްގައެވެ.
ނަމަވެސް ދަތުރުފުޅާ ގުޅޭ އިތުރު މަޢުލޫމާތެއް ހިއްސާއެއް ނުކުރައްވައެވެ.
މިދިޔަ އަހަރު ތެރޭގައި ވެސް ރައީސް ވަނީ އެކި ފަހަރު މަތިން ބޭސްފަރުވާއަށް ސިންގަޕޫރަށް ވަޑައިގެންފައެވެ. އެންމެ ފަހުން ވަޑައިގަތީ މިދިޔަ އޮކްޓޫބަރު މަހު ފަހުކޮޅުގައެވެ.