އއ.މަތިވެރި ރަމްޒު ކޮށްދިނުމަށް އެ ރަށު ބަނދަރު ސަަރަހައްދުގައި ބިނާކުރި ރަމްޒު ހުޅުވައިފިއެވެ.
އެކަމަށްޓަކައި ޚާއްސަކޮށްގެން އިއްޔެ ބޭއްވި ރަސްމިއްޔާތެއްގައި ރަމްޒު ހުޅުވައިދެއްވީ އެމްޑަބްލިޔުއެސްސީގެ މެނޭޖިންގ ޑައިރެކްޓަރ ޙަސަން ޝާހްއެވެ.
އެ ރަސްމިއްޔާތުގައި ވަނީ ރަމްޒު ފަރުމާކޮށްދެއްވި ފަރާތަށާއި، ބިނާކޮށް ކަވިކަން ކޮށްދެއްވި ފަރާތަށާއި، ރަމްޒު ބިނާ ކުރުމުގައި އެހީތެރިވެދެއްވި އެމްޑަބްލިޔުއެސްސީގެ އަގު ވަޒަން ކުރުމުގެ ގޮތުން ހަނދާނީ ފިލާ ދީފައެވެ.
ރަސްމިއްޔާތު ނިންމައިލީ މަތިވެރީގެ ގޭބިސީތަކުން ތައްޔާރުކޮށް ރައްޔިތުންނަށް އެރުވި ހަވީރުގެ ސައިފޮދަކާއެކުއެވެ.
މަތިވެރީ ކައުންސިލުން ވަނީ ރަމްޒު ބިނާކުރުމުގެ މަސައްކަތުގައި އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދިން އެންމެހައި ފަރާތްތަކަށް ޝުކުރު އަދާކޮށްފައެވެ.