މޯލްޑިވްސް މީޑިއާ ކައުންސިލުގެ މިހާރުގެ ލޯގޯ ރީޑިޒައިން ކުރުމާއި، ރީބްރޭންޑިންގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން އިއުލާނުކޮށްފިއެވެ.
މީޑިއާ ކައުންސިލުން މިއަދު ބުނީ އެ ކައުންސިލުގެ މިހާރުގެ ލޯގޯ ރީޑިޒައިން ކުރުމާއި، ރީބްރޭންޑިންގެ މަސައްކަތް ކުރުމަށް މި މަސައްކަތަށް ޝައުގުވެރިވާ ފަރާތްތަކުން މި މަހުގެ 22 ވާ ބުދަ ދުވަހުގެ ހެނދުނު 11:00 ގެ ކުރިން އެ ކައުންސިލުގެ އީމެއިލް މެދުވެރިކޮށް ރެޖިސްޓްރީ ކުރުމަށް އެދޭ ކަމަށެވެ.
ރެޖިސްޓަރ ކުރެވުނުތޯ ކަށަވަރުކުރުމަކީ އެ ފަރާތެއްގެ ޒިންމާއެއް ކަމަށާއި, ރެޖިސްޓަރ ނުކުރާ ފަރާތްތަކަށް މި ބިޑުގައި ބައިވެރި ނުވެވޭނެކަމަށް މީޑިއާ ކައުންސިލުން ބުންޏެވެ.
ރެޖިސްޓަރ ކުރަން ފޮނުވާ މެއިލްގައި އިއުލާން ނަންބަރާއި, ކުންފުނީގެ ނަމާއި، ގުޅޭނެ ފޯނު ނަންބަރާއި، އީމެއިލް އެޑްރެހާއި، މެއިލް ފޮނުވާ ފަރާތުގެ ނަން ހިމަނަން ޖެހޭނެއެވެ.
އަންދާސީ ހިސާބު ބަލައިގަތުމަށް ހަމަޖެހިފައިވަނީ މި މަހުގެ 28 ފެބުރުވަރީ ވާ އަންގާރަ ދުވަހުގެ ހެނދުނު 11:00 ގައި މޯލްޑިވްސް މީޑިއާ ކައުންސިލް، ގ. ބިއްލޫރިޖެހިގެ ދެވަނަ ފަންގިފިލާގައެވެ.
މިކަމާގުޅޭ އިތުރު މަޢުލޫމާތު 3003995 ނަންބަރަށް ގުޅުމުން ލިބޭނެއެވެ.