ހޯމަ, ޖޫން 5, 2023
DhiDaily
  • ފުރަތަމަ ސަފުހާ
  • ޚަބަރު
  • ރިޕޯޓް
  • ދުނިޔެ
  • ދީން
  • ވިޔަފާރި
  • ކުޅިވަރު
  • ވާހަކަ
  • މުނިފޫހިފިލުވުން
  • ތަފާތް
  • ގެލެރީ
  • ENG
No Result
View All Result
  • ފުރަތަމަ ސަފުހާ
  • ޚަބަރު
  • ރިޕޯޓް
  • ދުނިޔެ
  • ދީން
  • ވިޔަފާރި
  • ކުޅިވަރު
  • ވާހަކަ
  • މުނިފޫހިފިލުވުން
  • ތަފާތް
  • ގެލެރީ
  • ENG
No Result
View All Result
DhiDaily
No Result
View All Result

ޑްރަގް އެޑިކްޓުންނަށް ފަރުވާ ދިނުމުގެ ނިޒާމް ހަރުދަނާކުރަން ގޮވާލައްވައި ގަރާރެއް

މުހައްމަދު އާސިފް ލިޔުނީ: މުހައްމަދު އާސިފް
ފެބްރުއަރީ 19, 2023
ޚަބަރު
0

ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ޙަސަން ލަޠީފް

މަސްތުވާތަކެއްޗަށް ދެވިހިފާފައިވާ މީހުންނަށް ފަރުވާ ދިނުމުގެ ސިޔާސަތަށާއި ނިޒާމަށް ބަދަލު ގެނެސް، އެ މައްސަލައަށް ހައްލު ގެނެވޭނޭ ނިޒާމެއް ތަންފީޒު ކުރުމަށް ސަރުކާރަށް ގޮވާލައްވައި ރައްޔިތުންގެ މަޖިލީހަށް ގަރާރެއް ހުށަހަޅުއްވައިފިއެވެ.

މި ގަރާރު ހުށަހަޅުއްވާފައިވަނީ ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ޙަސަން ލަޠީފެވެ.

އެމްޑީޕީގެ 2018 ވަނަ އަހަރުގެ ރިޔާސީ މެނިފެސްޓޯގައި ބުނެފައިވަނީ ޑްރަގަށް ދެވިހިފާފައިވާ މީހުންނަކީ މުޖުތަމަޢުއަށް ފައިދާހުރި ހެޔޮލަފާ ބައެއްގެ ގޮތުގައި އަނބުރާ ގެނައުމަށް ބޭނުންވާ އެންމެ ފެންވަރު ރަނގަޅު ފަރުވާ ލަސްނުވެ ލިބޭނޭ ގައުމީ ރިހެބިލިޓޭޝަން ޕްރޮގްރާމްތައް ހިންގޭނެ ކަމަށެވެ.

މިއީ ސާފުކޮށް ބަޔާންކޮށްފައިވާ ވަޢުދެއް ކަމުގައިވީ ނަމަވެސް، ސަރުކާރުން މި ވަޢުދު ފުއްދުމަށް ގެންގުޅޭ ސިޔާސަތާއި ނިޒާމާއި އޮނިގަނޑު ރާވާފައިވާ ގޮތުން މެނިފެސްޓޯގެ އެ ލަނޑުދަނޑި ހާސިލުކުރެވެން ނެތް ކަމަށް ޙަސަންގެ މައްސަލައިގައި ވިދާޅުވެފައިވެއެވެ. އަދި މަސްތުވާތަކެއްޗަށް ދެވިހިފާފައިވާ މީހުންނަށް މީހުނަށް ފަރުވާދިނުމަށް އެމްޑީޕީގެ މެނިފެސްޓޯގައިވާ ތަސައްވުރާ އެއްގޮތަށް ފަރުވާ ދެވޭނޭ ގާބިލުކަން ސަރުކާރުގެ އިންސާނީ ވަސީލަތުގެ ތެރެއަކު ނެތްކަމަށް ވެސް ވިދާޅުވެފައިވެއެވެ.

”ދިގުމުއްދަތަކަށް ބައިތިއްބައިގެން ދޭންޖެހޭ ފަރުވާ ދިނުމަށް މިވަގުތު ރާއްޖޭގައި ހުރި 2 މަރުކަޒުގައިވެސް ފަރުވާދޭނޭ މީހުން ނެތުމުގެ ސަބަބުން އެތަންތަނުގެ ޖާގައިގެ %50 ވެސް ފާއިތުވީ އަހަރު ބޭނުންކުރެވިފައި ނުވާކަން ފާހަގަކުރެވެއެވެ. އެހެންކަމުން އިތުބާރު ހިފޭނޭ ގޮތަކަށް ފަރުވާ ދެވޭނޭ ނިޒާމެއް, ދިގު ނުދަންމައި ސަރުކާރުން އަވަހަށް ގާއިމު ކުރާންޖެހެއެވެ.“

ޙަސަން ވިދާޅުވެފައިވަނީ ސަރުކާރުގެ އިތުރުން އަމިއްލަ ފަރާތްތަކަށް އެ ފުރުސަތު ހުޅުވައިލަންޖެހޭ ކަމަށާއި، ވަކން ޚާއްސަކޮށް ރާއްޖެއިން ބޭރުގެ ތަޖުރިބާކާރު ފަރާތްތަކަށް ރާއްޖޭގައި ފަރުވާދިނުމުގެ ފުރުސަތު ހުޅުވައިލަން ޖެހޭ ކަމަށެވެ.

މީގެއިތުރުން ނޭޝަނަލް ޑްރަގް އޭޖެންސީ (އެންޑީއޭ) އިން އެކުލަވައިލާ ޑްރަގް ޓްރީޓްމަންޓް ޕްރޮގްރާމްތަކުގެ ގައިޑުލައިންތަކާ އެއްގޮތަށް ފަރުވާދޭ ފަރާތްތަކުން ފަރުވާދޭކަން ކަށަވަރު ކުރާންޖެހޭ ކަމަށާއި، އެ ގައިޑުލައިންތަކުގައި އިސްލާމް ދީނުގެ ސައްހަ އަޤީދާއާއި، އިޖުތިމާއީ އަދި އިގުތިސާދީ ދާއިރާއާއި މަސައްކަތްތެރިކަމުގެ ދާއިރާތަކުން ތައުލީމާއި ތަމްރީނާއި ހުނަރު އަށަގެންނުވޭނޭ އުސޫލުތައް ހިމަނާންޖެހޭ ކަމަށް ވެސް ޙަސަންގެ ގަރާރުގައި ވިދާޅުވެފައިވެއެވެ.

ޙަސަންގެ ފާހަގަ ކުރެއްވި ބައެއް ނުކުތާތައް:

މަސްތުވާތަކެއްޗަށް ދެވިހިފާފައިވާ މީހުން ބޭނުންކުރާންޖެހޭ ބޭސް ވަކި ޚާއްސަ އުސޫލުތަކެއްގެ ތެރެއިން ރާއްޖޭގެ ގިނަ ސަރަހައްދުތަކަކުން ލިބޭން ހުންނާނެ ޖެހޭ.

އެ ބޭސް ދޫކުރާ ފާމަސީތަކުގައާއި ފާމަސިސްޓުންގެ ހުންނާންޖެހޭ ޝަރުތުތަކާއި އެމީހުން ޢަމަލުކުރާންޖެހޭ އެސްއޯޕީތަކާއި މިންގަނޑުތައް ކަނޑައަޅަންޖެހޭ.

މަސްތުވާތަކެއްޗަށް ދެވިހިފާފައިވާ މީހުން އަނބުރާ މުޖުތަމަޢުއަށް ނެރެވެން އޮތީ އެ މީހުންގެ ތެރެއިން“ރިކަވަރިންގ އެޑިކްޓްސް“ގެ ގޮތުގައި ފާހަގަކުރެވޭ މީސްމީހުން އަނބުރާ މުޖްތަމައަށް ވެއްދުމަށް ހިންގާ ޚާއްސަ “ ކޮމިޔުނިޓީ ރީ-އިންޓަރގްރޭޝަން“ ޕްރޮގްރާމްތައް އެކުލަވާލައި އެ ޕްރޮގްރާމްތައް ކާމިޔާބުކަމާއެކު ހިންގައިގެން.

މަސްތުވާތަކެއްޗަށް ދެވިހިފާފައިވާ މީހުންނަށް ފެންވަރު ރަނގަޅު ކައުންސެލިންގ ގެ ޚިދުމަތް ދެވޭނޭ ޤައުމީ އޮނިގަނޑެއް އެކުލަވާލައި ރާއްޖޭގެ ކޮންމެ ސަރަހައްދެއްގައި ވެސް ކައުންސެލިންގ ގެ ޚިދުމަތް ދެވޭނެ އިންތިޒާމު ހަމަޖެހިފައި
އޮންނަންޖެހޭ.

ކައުންސިލަރުން ނެތް ރަށްރަށުގައި ވެސް އޮންލައިންކޮށް އެ ޚިދުމަތް ދެވޭނޭ އިންތިޒާމު ހަމަޖައްސައިދޭން އެބަޖެހޭ.

މަސްތުވާތަކެއްޗަށް ދެވިހިފާފައިވާ މީހުނަށް ދެވޭ ކައުންސެލިންގ އަކީ ޤައުމީ އިންޝުއަރަންސް ސްކީމް (އާސަންދަ) އިން ކަވަރުކުރާ ފަރުވާއަކަށް ވާންޖެހޭ.

ޙަސަން ވިދާޅުވީ އެ ކަންކަން ބަދަލުވެގެން ނޫނީ އެކަށީގެންވާ ފަރުވާއެއް ހޯދައިދެވޭނޭ ކަމަށް ގަބޫލުނުކުރެއްވޭ ކަމަށެވެ.

”މަސްތުވާތަކެއްޗަށް ދެވިހިފާފައިވާ މީހުންނަށް ފަރުވާ ދިނުމަށް މިހާރު ސަރުކާރުން ގެންގުޅޭ ސިޔާސަތާއި ނިޒާމަށް މިހިނދުން މިހިނދަށް ބަދަލު ގެނެސް ފަރުވާ ލިބެންޖެހޭ އެތައް ބަޔަކަށް ފަރުވާ ނުލިބުމުގެ ސަބަބުން އެމީހުން މުޖުތަމަޢުން ބާކީވަމުންދާ ދިއުން ހުއްޓުވުމަށްޓަކައި ސަރުކާރުން އަޅަންޖެހޭ ފިޔަވަޅުތައް ލަސްނުކޮށް އެޅުމަށް ސަރުކާރަށް ގޮވާލައި ރައްޔިތުންގެ މަޖިލީހުގެ ގަވާއިދު 167 ވަނަ މާއްދާގެ ދަށުން މި ޤަރާރު ހުށަހަޅަމެވެ.“ ޙަަސަންގެ ގަރާރު ނިންމަވައިލައްވަމުން ގޮވާލައްވައިފައިވެއެވެ.

މާދަމާ އޮންނަ ޖަލްސާގައި ޙަސަންގެ ޤަރާރުގެ ފުރަތަކަ ކިޔުން އިއްވަން ވަނީ ތާވަލުކޮށްފައެވެ.

ގުޅުންހުރި ލިޔުންތައް

18 ކިލޯއަށްވުރެ ގިނަ މަސްތުވާތަކެއްޗާއެކު ދެ މީހަކު އަތުލައިގެންފި

ރާއްޖެ އެތެރެކުރަން އުޅުނު 10 ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފި

ޖޫން 5, 2023
ގޭތެރޭގައި ގެންގުޅޭ ކަރަންޓު ސާމާނު މަރާމާތުކުރަން ދަސްކޮށްދޭ ކޯހެއް ފަށަނީ

ގޭތެރޭގައި ގެންގުޅޭ ކަރަންޓު ސާމާނު މަރާމާތުކުރަން ދަސްކޮށްދޭ ކޯހެއް ފަށަނީ

ޖޫން 5, 2023
ދެކުނުގެ އީއީޒެޑް މައްސަލާއާއި ރައީސްގެ ސިޓީއަކާ އެއްވެސް ގުޅުމެއް ނެތް: ރިފްޢަތު

ދެކުނުގެ އީއީޒެޑް މައްސަލާއާއި ރައީސްގެ ސިޓީއަކާ އެއްވެސް ގުޅުމެއް ނެތް: ރިފްޢަތު

ޖޫން 5, 2023
ހިތާމައަކީ ކަނު ލޯބީގައިޖެހި، ސަޕޯޓަރުންނަށް ކަންކަން ނުވިސްނޭތީ: ޒައިދު

ރައީސް ޞާލިޙަށް އެއްޗެތި ގޮވައި ހަދާފައިވާ ލަވަ ފެތުރުން އިސްލާމްދީނާ ޚިލާފު: ޒައިދު

ޖޫން 5, 2023

Leave a Reply Cancel reply

ކިޔުންތެރިންގެ ހިޔާލު

ADVERTISEMENT

މަގުބޫލް ލިޔުންތައް

  • ދުނިޔޭގެ އެންމެ ފުރިހަމަ ހޮޓަލުގެ އެވޯޑު ރާއްޖޭގެ ރިސޯޓަކަށް ލިބިއްޖެ

    ދުނިޔޭގެ އެންމެ ފުރިހަމަ ހޮޓަލުގެ އެވޯޑު ރާއްޖޭގެ ރިސޯޓަކަށް ލިބިއްޖެ

    0 shares
    Share 0 Tweet 0
  • މާލެ ސިޓީ ކައުންސިލުން މާލެއާއި ހުޅުމާލޭގައި ބަހުގެ ޚިދުމަތް ފަށައިފި

    0 shares
    Share 0 Tweet 0
  • ރ. އަތޮޅު ކޮޓަފަރުގައި ސަނީ ލިއޯން ޗުއްޓީ ހެދަކޮށްލުމަށް ރާއްޖެ އައިސްފި

    0 shares
    Share 0 Tweet 0
  • ކަޅު ހެދުން ދޮންނަ އިރު އެލްމެނިޔުން ފޮއިލް އަޅަނީ ކީއްވެކަން އެނގޭތަ؟

    0 shares
    Share 0 Tweet 0

DhiDaily©2020

No Result
View All Result
  • ފުރަތަމަ ސަފުހާ
  • ޚަބަރު
  • ރިޕޯޓް
  • ދުނިޔެ
  • ދީން
  • ވިޔަފާރި
  • ކުޅިވަރު
  • ވާހަކަ
  • މުނިފޫހިފިލުވުން
  • ތަފާތް
  • ގެލެރީ
  • ENG

DhiDaily©2020

Login to your account below

Forgotten Password?

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In