ހޯމަ, ޖޫން 5, 2023
DhiDaily
  • ފުރަތަމަ ސަފުހާ
  • ޚަބަރު
  • ރިޕޯޓް
  • ދުނިޔެ
  • ދީން
  • ވިޔަފާރި
  • ކުޅިވަރު
  • ވާހަކަ
  • މުނިފޫހިފިލުވުން
  • ތަފާތް
  • ގެލެރީ
  • ENG
No Result
View All Result
  • ފުރަތަމަ ސަފުހާ
  • ޚަބަރު
  • ރިޕޯޓް
  • ދުނިޔެ
  • ދީން
  • ވިޔަފާރި
  • ކުޅިވަރު
  • ވާހަކަ
  • މުނިފޫހިފިލުވުން
  • ތަފާތް
  • ގެލެރީ
  • ENG
No Result
View All Result
DhiDaily
No Result
View All Result

އާސިރު ފެނުނީ އެއާޕޯޓު ޓާމިނަލްތެރެއިން: ގެއަށް އައިފަހުން މާ ގިނަ ވާހަކައެއް ނުދައްކާ

މުހައްމަދު އާސިފް ލިޔުނީ: މުހައްމަދު އާސިފް
ފެބްރުއަރީ 19, 2023
ފީޗަރ, ޚަބަރު
1
އާސިރު ފެނުނީ އެއާޕޯޓު ޓާމިނަލްތެރެއިން: ގެއަށް އައިފަހުން މާ ގިނަ ވާހަކައެއް ނުދައްކާ

ގެއްލިގެން ހޯދަމުން އަންނަތާ 13 ދުވަސްވީ ފަހުން މިދިޔަ ބުރާސްފަތި ދުވަހުގެރޭ މުޙައްމަދު އާސިރު އިސްމާޢީލް ފެނުނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ޓާމިނަލް ތެރެއިން ކަމަށް އޭނާގެ ޢާއިލާއިން މިއަދު ބުނެފިއެވެ.

ސ.މަރަދޫފޭދޫ /ގަސްކަރަ މުޙައްމަދު އާސިރު އިސްމާޢީލަށް ވީނުވީއެއް ނޭނގި ގެއްލުމުން ޢާއިލާގެ ފަރާތުން ފުލުހުންނަށް އެކަން ރިޕޯޓުކުރީ މި މަހުގެ 5 ވަނަ ދުވަހުގެ 16:30 ގައެވެ.

ފުލުހުން ބުނެފައިވަނީ އާސިރު ހޯދަން 150 ގަޑިއިރަށްވުރެ ގިނަ ސީސީޓީވީ ފުޓޭޖު ބަލާފައިވާ ކަމަށެވެ.

އެ ގޮތުން ބެލިބެލުމުން ފެބުރުއަރީ 04 ވަނަ ދުވަހުގެ 19:20 ހާއިރު ބޮޑުތަކުރުފާނުމަގު، ހުޅުމާލެ ފެރީ ޓާމިނަލް ކައިރިން ހުދުކުލައިގެ ޓެކްސީއެއްގައި އެއާޕޯޓަށް ގޮސް އެއާޕޯޓު ޓާމިނަލަށް އާސިރު ވަންނަކަން ފުލުހުންގެ ސީސީޓީވީއިން ލިބިފައިވާ ފުޓޭޖްތައް އެނަލައިޒް ކޮށްގެން ހޯދިފައިވާކަމަށް ފުލުހުން ބުނެފައިވެއެވެ. ނަމަވެސް އޭނާ އެއާޕޯޓަށް ވަންނަ ސަހަރަހައްދުގައި އިތުރު ކެމެރާއެއް ނެތުމުން ދެން ދިޔަ ހިސާބެއް ދެނެގަނެވިފައެއްނުވާ ކަމަށް ފުލުހުން ކުރިން ބުނެފައިވެއެވެ.

މިދިޔަ ބުރާސްފަތިރޭ އާސިރު ފެނުނުކަން ހާމަކުރެއްވީ ހޯމް މިނިސްޓަރު އިމްރާނެވެ. އިމްރާން ވިދާޅުވީ ފުލުހުން ކުރި މަސައްކަތުން އާސިރު ފެނިފައިވާ ކަމަށެވެ.

”ދިޑެއިލީ“ އަށް މަޢުލޫމާތު ދެއްވަމުން އާސިރުގެ ބޭބެއަކު މިއަދު ބުނުއްވީ އެއާޕޯޓު ޓާމިނަލް ތެރެއިން އާސިރު ފެނިގެން ފުލުހުންނަށް ރިޕޯޓުކުރީ އެއާޕޯޓުގައި ރެޕަކަށް އުޅޭ މީހެއް ކަމަށް އޭނާއަށް މަޢުލޫމާތު ލިބުނު ކަމަށެވެ.

އޭނާ ބުނުއްވި ގޮތުގައި އާސިރުގެ ގެއަށް އައިފަހުން މާގިނަ ވާހަކައެއް ނުދައްކައެވެ.

”އެކަމާ ގުޅިގެން އޭނައާ ސުވާލުކުރުމުން އެއްވެސް އެއްޗެއް ނުބުނޭ, އެއްވެސް ޖަވާބެއް ނުދޭ. އަނެއްހެން ނޯމަލްކޮށް ދައްކާ ވާހަކައަކަށް ނޫނީ އެއްޗެއް ނުބުނޭ. ދެން މި ވަގުތު ތަންކޮޅެއް އަވަސްވީމަ އޭނާގެ ސިކުނޑިއަށް ޕްރެޝަރ އައިސްދާނެކަމަށް ބަލާފައި އަޅުގަނޑުމެން މިތިބީ މާ ގިނަ ސުވާލުނުކޮށް.“

އޭނާ ބުނުއްވީ އާސިރު އިއްޔެ އައިޖީއެމްއެޗަށް ޑޮކްޓަރަށް ދައްކާފައިވާނެ ކަމަށާއި ޓެސްޓު ހެދުމަށްފަހު, ނަފްސާނީ ބަލިތަކާބެހޭ ޚާއްސަ ޑޮކްޓަރަކަށް ދައްކަން އެޕޮއިންޓްމެންޓް ދީފައިވާ ކަމަށެވެ. ޑޮކްޓަރު ވެސް ލަފާ ދެއްވަނީ އެކަމާ ގުޅިގެން އާސިރާ މާ ގިނައިން ސުވާލު ނުކުރުމަށް ކަމަށް އޭނާ ބުނުއްވިއެވެ.

އާސިރު ގެއްލުނު ހާދިސާއާ ގުޅޭ ގޮތުން އެހެން މީހެއްގެ ފަރާތުން ވެސް އަދި އެއްވެސް މަޢުލޫމާތެއް ނުލިބޭ ކަމަށް އޭނާ ބުނުއްވިއެވެ.

އާސިރަކީ ހުޅުމާލޭގައި ހުންނަ ގާމެންޓްސް ފިހާރައެއްގައި މަސައްކަތްކުރާ މީހެކެވެ. ހާދިސާގެ ފަހުން އާސިރު އަދި ވަޒީފާއަށް ނުނިކުންނަ ކަމަށް އާސިރުގެ ބޭބެ ބުނުއްވިއެވެ.

ފުލުހުން މިއަދު މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ އާސިރު ގެއްލުނު މައްސަލަ އިތުރަށް ބަލަމުންދާ ކަމަށެވެ.

ގުޅުންހުރި ލިޔުންތައް

18 ކިލޯއަށްވުރެ ގިނަ މަސްތުވާތަކެއްޗާއެކު ދެ މީހަކު އަތުލައިގެންފި

ރާއްޖެ އެތެރެކުރަން އުޅުނު 10 ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފި

ޖޫން 5, 2023
ގޭތެރޭގައި ގެންގުޅޭ ކަރަންޓު ސާމާނު މަރާމާތުކުރަން ދަސްކޮށްދޭ ކޯހެއް ފަށަނީ

ގޭތެރޭގައި ގެންގުޅޭ ކަރަންޓު ސާމާނު މަރާމާތުކުރަން ދަސްކޮށްދޭ ކޯހެއް ފަށަނީ

ޖޫން 5, 2023
ދެކުނުގެ އީއީޒެޑް މައްސަލާއާއި ރައީސްގެ ސިޓީއަކާ އެއްވެސް ގުޅުމެއް ނެތް: ރިފްޢަތު

ދެކުނުގެ އީއީޒެޑް މައްސަލާއާއި ރައީސްގެ ސިޓީއަކާ އެއްވެސް ގުޅުމެއް ނެތް: ރިފްޢަތު

ޖޫން 5, 2023
ހިތާމައަކީ ކަނު ލޯބީގައިޖެހި، ސަޕޯޓަރުންނަށް ކަންކަން ނުވިސްނޭތީ: ޒައިދު

ރައީސް ޞާލިޙަށް އެއްޗެތި ގޮވައި ހަދާފައިވާ ލަވަ ފެތުރުން އިސްލާމްދީނާ ޚިލާފު: ޒައިދު

ޖޫން 5, 2023

Comments 1

  1. ދިދަ ދިދަ says:
    4 months ago

    އަނގައިން ނުބުނެ ހުރީމަ ހުރިހާކަމެއް ނިމުނީ.. ފިލައިގެން ގޮސް އުޅޭނިހާ ތަނަކު ކުރާނެހާ ކަމެއްކޮށްފަ ރެޑްކޮށް ހިފީމަ މީހާ ގަބުވެފަ އަނގައިން ނުބުނެވިފަ… ހުސް ޑްރާމާ.. މިކަހަލަ ވާހަކަ ނޫހުގަ ނުޖަހަންވީ..

    Reply

Leave a Reply Cancel reply

ކިޔުންތެރިންގެ ހިޔާލު

ADVERTISEMENT

މަގުބޫލް ލިޔުންތައް

  • ދުނިޔޭގެ އެންމެ ފުރިހަމަ ހޮޓަލުގެ އެވޯޑު ރާއްޖޭގެ ރިސޯޓަކަށް ލިބިއްޖެ

    ދުނިޔޭގެ އެންމެ ފުރިހަމަ ހޮޓަލުގެ އެވޯޑު ރާއްޖޭގެ ރިސޯޓަކަށް ލިބިއްޖެ

    0 shares
    Share 0 Tweet 0
  • މާލެ ސިޓީ ކައުންސިލުން މާލެއާއި ހުޅުމާލޭގައި ބަހުގެ ޚިދުމަތް ފަށައިފި

    0 shares
    Share 0 Tweet 0
  • ރ. އަތޮޅު ކޮޓަފަރުގައި ސަނީ ލިއޯން ޗުއްޓީ ހެދަކޮށްލުމަށް ރާއްޖެ އައިސްފި

    0 shares
    Share 0 Tweet 0
  • ކަޅު ހެދުން ދޮންނަ އިރު އެލްމެނިޔުން ފޮއިލް އަޅަނީ ކީއްވެކަން އެނގޭތަ؟

    0 shares
    Share 0 Tweet 0

DhiDaily©2020

No Result
View All Result
  • ފުރަތަމަ ސަފުހާ
  • ޚަބަރު
  • ރިޕޯޓް
  • ދުނިޔެ
  • ދީން
  • ވިޔަފާރި
  • ކުޅިވަރު
  • ވާހަކަ
  • މުނިފޫހިފިލުވުން
  • ތަފާތް
  • ގެލެރީ
  • ENG

DhiDaily©2020

Login to your account below

Forgotten Password?

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In