ލ.މާބައިދޫގައި އައިސް ޕްލާންޓެއް ގާއިމުކޮށް ހިންގުމަށް ފެނަކަ ކޯޕަރޭޝަން ލިމިޓެޑާ ހަވާލުކޮށްފިއެވެ.
މާބައިދޫގައި 25 ޓަނުގެ އައިސް ޕްލާންޓެއް ގާއިމުކޮށް ހިންގުމަށް ފެނަކައާ ހަވާލުކުރީ މިއަދުއެވެ.
އެކަމަށްޓަކައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ފެނަކައިގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރު މުޙައްމަދު ސަޢީދެވެ. މާބައިދޫ ކައުންސިލުގެ ފަރާތުން ސޮއިކުރެއްވީ ކައުންސިލުގެ ރައީސް އިބްރާހިމް ވިސާމެވެ.
މާބައިދޫގައި އައިސް ޕްލާންޓެއް ގާއިމުކުރަން ފެނަަކައާ ހަވާލުކުރީ 6 މަސް ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ.