ވެރިކަން ކުރާ މައި ޕާޓީ, އެމްޑީޕީގެ ޕާލިމެންޓްރީ ގުރޫޕުގެ ލީޑަރު، އައްޑޫ ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުޙައްމަދު އަސްލަމާއި ހުޅުމާލޭ ދާއިރާގެ މެންބަރު ޢަލީ ނިޔާޒު ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހިމާ ބައްދަލު ކުރައްވައިފިއެވެ.
އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙްގެ ކޮއްކޯފުޅު ޢަލީ ނިޔާޒާއި އަސްލަމް ޖޭޕީގެ ލީޑަރާ ބައްދަލުކުރެއްވީ ސަން އައިލެންޑް ރިސޯޓުގައެވެ.
ރޭ ބޭއްވި މި ބައްދަލުވުމުގެ ފޮޓޯއެއް މިހާރު ސޯޝަލް މީޑިއާގައި އަންނަނީ ދައުރުވަމުންނެވެ.
ނަމަވެސް އެ ބައްދަލުވުމުގެ ތަފްސީލެއް އެއިން އެއްވެސް ބޭފުޅަކު ހާމަކުރައްވައިފައެއް ނުވެއެވެ.
ބައެއް މަސްދަރުތަކުން ބުނާ ގޮތުން ނިޔާޒާއި އަސްލަމާ ދެބޭފުޅުން ޤާސިމާ މަޝްވަރާ ކުރެއްވީ ޖޭޕީއާއެކު ކޯލިޝަން ހެދުމުގެ ގޮތުންނެވެ.
މި ބައްދަލުވުން ބާއްވާފައި މިވަނީ، އަންނަ ރިޔާސީ އިންތިޚާބުގައި އެމްޑީޕީން ކޯލިޝަނެއް ހެދުމާ ގުޅޭ ގޮތުން އެހެން ޕާޓީތަކާ މަޝްވަރާކުރުމުގެ ބާރު އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓު ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙަށް ދިނުމަށް އެމްޑީޕީގެ ޤައުމީ މަޖިލީހުން ފާސްކޮށްފައިވަނިކޮށެވެ.