ތ.ތިމަރަފުށީ ކައުންސިލްގެ ނައިބު ރައީސް މުޙައްމަދު އަފުލަޙު މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) އަށް ސޮއިކުރައްވައިފިއެވެ.
އެމްއެންޕީގެ އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައި އަފުލަޙުގެ މެމްބަރޝިޕް ފޯމު ހަވާލުކުރެއްވީ އެ ޕާޓީގެ ރައީސް އަދި ދަނގެތީ ދާއިރާގެ މެންބަރު ކާނަލް ރިޓަޔާޑް މުޙައްމަދު ނާޒިމާއެވެ.
އަފުލަޙަކީ އެމްޑީޕީގެ ޓިކެޓުގައި ތިމަރަފުށީ ކައުންސިލަށް އިންތިޚާބުވެވަޑައިގެންނެވި ބޭފުޅެކެވެ.
އަފުލަޙުގެ އިތުރުން ތިމަރަފުށީ ކައުންސިލުގައި ތިއްބަވާ މެންބަރުންނަކީ އިސްމާޢީލް އިބްރާހީމް (ރައީސް) އާއި, މަރްޔަމް އިނާޝާއާއި, މަރްޔަމް ސަބާއާއި, ޢަލީ ޝާހް އެވެ. މި ހަތަރު މެންބަރުންނަކީ އެމްޑީޕީއަށް ނިސްބަތްވެވަޑައިގަންނަވާ މެންބަރުންނެވެ.