ދޮޅުލައްކައަށްވުރެ ގިނަ ރުފިޔާ ވަގަށް ނެގި މީހަކަށް އެއް އަހަރު ދުވަހުގެ ޖަލު ޙުކުމެއް އިއްވައިފިއެވެ.
މިދިޔަ އަހަރުގެ ޖޫންމަހުގެ 29 ވަނަ ދުވަހު އޯކިޑް މަގުގައި ހުންނަ އޮޕްޓިކަލް ފިހާރަ ކައިރީގައި ޕާކުކޮށްފައި ހުރި ސައިކަލެއްގެ މަޑި ހުޅުވައި، މަޑިދަށުގައި އޮތް 160,000 ރ. ވަގަށް ނަގާފައިވާ މައްސަލައިގައި ވައްކަމުގެ ކުށުގެ ދަޢުވާ އުފުލީ ޅ.ހިންނަވަރަށް ނިސްބަތްވާ ފިރިހެނެއްގެ މައްޗަށެވެ.
އިބްތިދާއީ އަޑުއެހުމުގައި އޭނާ ވަނީ ދަޢުވާއަށް އިއުތިރާފުވެފައެވެ.
އެ ގޮތުން ބޭއްވި އަވަސް ނިޔާގެ އަޑުއެހުމުގައި އޭނާ ވަނީ އެ އިއުތިރާފު ދަމަހައްޓާފައެވެ.
ވައްކަން ކުރިކަމުގެ ކުށުން ކުށްވެރިވެއްޖެކަމަށް ކަނޑައަޅައި ކްރިމިނަލް ކޯޓުން އިއްޔެ އޭނާއަށް އިއްވީ އެއް އަހަރާއި 12 ދުވަހުގެ ޖަލު ޙުކުމެކެވެ. ނަމަވެސް ތަޙްޤީޤު މަރުހަލާގައި 30 ދުވަސް ހޭދަކޮށްފައިވާތީ ދެން އޭނާ ތަންފީޒުކުރަން ޖެހޭނީ 11 މަހާއި 12 ދުވަހުގެ ޖަލު ޙުކުމެކެވެ.